Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ހަންނަގެ ލަނޑުން އީގަލްސްއަށް މޮޅެއް

ޔޫވީގެ މައްޗަށް އީގަލްސްއިން ކުރިހޯދީ 3-2 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 3 ޖެނުއަރީ 2022 | ހޯމަ 13:49
އީގަލްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

އީގަލްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ފަހު ވަގުތު ހަސަން ރާއިފް އަޙްމަދު (ހަންނަ) ކާމިޔާބުކޮށްދިން ލަނޑާއެކު ކުލަބު އީގަލްސްއިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ޔޫވީގެ މައްޗަށް އީގަލްސްއިން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އީގަލްސްއިން ޔޫވީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކޮށްފައިވެއެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި އީގަލްސްގެ ފޯވާޑް ހަންނައަށް ވަނީ މުޅިން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެރީއާ ތެރެއިން މުޅިން ހުހަށްހުރެ ހަންނަ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ އަރިމަތީ ދަނޑިއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އީގަލްސްގެ އަލީ އަޒުވާން އަބްދުލް އަޒީޒަށް ވެސް އޭރިޔާ ތެރެއިން ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަސަން (އައްމަޑޭ)އެވެ.

މި ލަނޑާއެކު ޔޫވީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އީގަލްސްގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި އަޙްމަދު ބައްސާމް މުޙައްމަދު ނާއިމް (ބައްކު)އަށް ވަނީ ލަނޑުޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގެ ތެރޭގައި ބައްކު ވަނީ ލަނޑު ޖަހާ ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުންވެސް ބައްކުއަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ނަގައިފައެވެ. ޔޫވީގެ މިޑްފިލްޑަރު މުޙައްމަދު އާރިފް (ބަކާ)އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޒުވާންއެވެ. އެކަމަކު މެޗުގެ 80 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ޔޫވީން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އޭރިޔާ ތެރެއިން އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ޔޫވީގެ އަރީން އަބްދުﷲއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ބަކާ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ.

އީގަލްސް މޮޅުކޮށްދިން ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހަންނައެވެ.

މި މޮޅާއެކު އީގަލްސްއިން ވަނީ ލީގު ބުރުގެ ހަވަނައަށް ޖެހިލާފައެވެ. އެއީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ޔޫވީން އޮތީ ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގު ބުރުގެ ފުލުގައެވެ.

ޕްރެޒިޑެންޓްސް ކަޕްކުލަބު އީގަލްސްޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު