Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ 60 ބިން ހަމައެކަނި މާލޭ މީހުންނަށް ޚާއްސަކޮށްފި

1 ޖެނުއަރީ 2022 | ހޮނިހިރު 18:56

60 ގޯތި ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން ހުޅުވާލީ ނިމިގެންދިޔަ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖެނުއަރީ 2022 | ހޮނިހިރު 18:56
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން މީހުން ދިރިއުޅުމަށް 60 ގޯތި ވިއްކުމަށް ހައުސިންގެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލި ފުރުސަތަށް ކުރިމަތިލެވޭނީ ހަމައެކަނި މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެހިންނަށް ކަމަށް ބަޔާންކޮށް އުސޫލު ބަދަލުކޮށްފިއެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހިން 60 ގޯތި ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން ހުޅުވާލީ ނިމިގެންދިޔަ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރަށް އެސިޔާސަތު ބަދަލުކުރުމަށް ގޮވާލައްވާފައެވެ. އަދި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުން ތިއްބާ ބީލަމުގެ އުސޫލުން ބޮޑު އަގުގައި ބިން ވިއްކާތީ ގިނަ ބަޔެއްގެ ފާޑުކިޔުންވެސް ވަނީ އެކަމަށް އަމާޒުވެފައެވެ.

Advertisement - newsAdvertisement

އޭގެފަހުން އުސޫލަށް ބަދަލުގެނެސްފައި މިވަނީ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު އުސޫލަށް ބަދަލު ގެނެސް ކޮށްފައިވާ އިއުލާންގައި ވަނީ ގޯތި ގަތުމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ގެނެސްފައިވާ ބަދަލަކީ:

- މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުން

- މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން.

- މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ނުވުން.

- މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކެއްގެ ނަންމައްޗަށް ރަޖިސްޓްރީ ކުރެވިފައިވާނަމަ، 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވުން. މިހާލަތުގައި މައިންބަފައިންގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ވާރުތަވާންހުރި ބިންތަކެއް ނުހިމެނޭނެ.

ބީލަން ފޯމު ހުޅުވުން އޮންނާނީ އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް"ގެ ގޯތިތަކަށް ފެބްރުއަރީ 9 ވަނަ ދުވަހުގެ 13:00ގައެވެ. އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" ނަމަ 16 ފެބްރުއަރީގެ 13:00ގައެވެ.

އެޗްޑީސީން ބުނީ ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ހިމެނެނީ އަތިރިމައްޗާ ދިމާއިން ބީޗް ފްރަންޓްގެ 26 ބިން އަދި އަތިރިމައްޗާ ކައިރިން ބީޗް ސައިޑްގެ 34 ބިމެވެ. އެޗްޑީސީން ބުނީ ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެއް ޕްލޮޓް ކަމަށެވެ.

ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގުކަމަށް އެޗްޑީސީން ކަނޑައަޅާފައިވަނީ ބީޗް ފްރަންޓުން ނަމަ އަކަފޫޓަކަށް 3،900 ރުފިޔާއެވެ. ބީޗް ސައިޑުން ނަމަ އަކަފޫޓަކަށް 3،500 ރުފިޔާއެވެ.

ބީލަށް ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާއަށެވެ. ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ފޯމަކީ ވަކި ދެ ފޯމް ކަމަށް އެޗްޑީސީން ބުނެއެވެ.

ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ނެގޭނީ 320،000(ތިންލައްކަ ވިހިހާސް) ރުފިޔާކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް