Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާ

ރާއްޖެ ފުރޮޅިގެން މިދަނީ ތަރައްގީގެ މުޅިން އައު މަރުހަލާއަކަށް - ރައީސް

29 ޑިސެމްބަރު 2021 | ބުދަ 07:29

މިހާރުވަނީ 16 ރަށެއްގެ ނަރުދަމާއާއި 23 ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަވާލު ކުރެވިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ޑިސެމްބަރު 2021 | ބުދަ 07:29
23 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

23 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ރާއްޖެ ފުރޮޅި އިންގިލާބުވެގެން މިދަނީ ތަރައްގީގެ މުޅިން އައު މަރުހަލާއަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުނުވެ އޮތް ރަށްރަށުގެ މަސައްކަތް އެވޯޑްކުރުމަށް ބޭއްވި ހަފްލާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިހާރުވަނީ 16 ރަށެއްގެ ނަރުދަމާއާއި 23 ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަވާލު ކުރެވިފައެވެ.

ރައީސް ވިދާޅުވީ ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް ސަރުކާރުން އެއްވެސް ރަށެއް، ކުރި ފަރަގެއް، ތަފާތެއް، ނޯންނާނެ ކަމަށެވެ. މިއަދަށް ފަހު ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖެއަކު ނޯންނާނެކަން ރައީސް ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދެންވާން އޮންނާނީ ހަމަ އެންމެ ގޮތެއް ކަމަށާއި، އެއީ އެކަމަށް ބޭނުންވާ އިމާރާތްތައް އުފުލި, މެޝިނަރީ ގެނެވި, ހޮޅިތައް ވަޅުލެވި, ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅިރާއްޖެ، އެކުއެކީ ހިނގާން ފެށުން ކަމުގައެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ އަދި ވެވަޑައިގެންނެވި ވައުދުފުޅަކީ ވެސް އެއީ ކަމަށެވެ. މިއަދަކީ އެ ވައުދު ފުއްދުމުގެ މަންޒިލަށް ބަނދަރު ކުރުމަށްޓަކާ މިގައުމުގެ ރިޔާ ތަންމިނަށް ހުޅުވާލާ، ކަންކަށިން ފޮނުފޮޅާލާ ދުވެލި ހަރުކުރި ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ކަމުގައި ބުނެލަން ފަސޭހަޔަސް ހަގީގަތުގައި އެއީ ނުހަނު ބުރަ، އަދި އެހާމެ ބޮޑު ކަމެއް ކަމަށެވެ. ސަރުކާރުން ފައިސާ ޚަރަދު ކުރާން ޖެހޭ ކަމެއް ކަމަށެވެ.

ވޭތުވެ ދިޔަތަނުގައި އައި ސަރުކާރުތަކަށް ނިންމިފައިވަނީ 69 ރަށުގެ ނަރުދަމާ އާއި 37 ރަށެއްގެ ފެނުގެ ނިޒާމްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާނެ ކަމުގެ ވައުދުވެވަޑައިގަތީ ވެސް އެމަނިކުފާނު ކަމަށާއި، ސާފުތާހިރު ކަމަކީ އީމާން ކަމުގެ އެއްބައިކަމުގައި ބުނާ ދުރޫސުލް އަހްލާގްގެ ފިލާވަޅު އަދިވެސް ހަނދާނުގައި ހުންނަ ކަމަށް ވިދާޅުވިއެވެ.

ތަރައްގީގެ ވާހަކަ ދައްކަން ވާނީ ގައިންތާހިރުވެގެން ކަމަށް ވިދާޅުވީ އެމަނިކުފާނު ކަމަށާއި، މި ފަސް އަހަރަކީ އެންމެ ތާހިރު ފަސް އަހަރު ކަމަށް ވިދާޅުވީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް