Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތައުރީފު ކުރުމުގައި ހައްދުން ނެއްޓުން

ބަދަލުވެގެން އެދިޔައީ ފިނިފެންމަލުން ރާނީއަކަށް!

29 ޑިސެމްބަރު 2021 | ބުދަ 08:05

ހިތްތަކުގެ ރާނީ ކަމަށާއި ތަރައްގީގެ ބާނީ ކަމަށް ޝަރީފު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2021 | ބުދަ 08:05
ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކުރައްވައި، އާދަމް ޝަރީފް އަދި މުހައްމަދު ސައީދު ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވޭ،

ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކުރައްވައި، އާދަމް ޝަރީފް އަދި މުހައްމަދު ސައީދު ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވޭ،

ޒަމާނުއްސުރެ ދިވެހިންނަކީ މީހުންނަށް ތައުރީފު ކުރުމުގައި ކުޅަދާނަ ބައެކެވެ. ހެއްވާ މަޖާ ގޮތަށް ތައުރީފު ކުރަމުންދާއިރު، ލަދު ގަންނަވާލައި ދެރަވާ ގޮތަށް ވެސް ތައުރީފު ކުރަން ފަހަތަށް ނުޖެހޭނެއެވެ. އެކަން ދިވެހި ލަވަތަކުން ވެސް ސާބިތުވެގެންދާނެއެވެ.

މީހެއްގެ ހިތް އަތުލަން ނުވަތަ މިޒަމާނުގެ ބަހުރުވައިން ބުނާނަމަ މީހަކު 'ސެޓް ކުރަން' ވެސް އެންމެ ގިނަ މީހުން ބޭނުން ކުރާ އެއް އުކުޅަކީ ތައުރީފު ކުރުމެވެ. ބައެއް މީހުން ބުނާތީ އަޑު އިވެއެވެ. ލޯބިވާ މީހަކު ކާމިޔާބު ކުރުމަށް ދެއިރު ދެދަޅައަށް ތައުރީފުގެ ބަސްތަކުން އެމީހަކު އުފާކޮށްދޭށެވެ. އާއްމު ގޮތެއްގައި ރާނީ، ސާހިބާ މިފަދަ ބަސްތަކުން ފިރިހެންވެރިން އަންހެނުންނަށް ތައުރީފުކޮށް އުޅެއެވެ. ނަމަވެސް ފިރިހެނަކު ފިރިހެނަކާ ދިމާލަށް ''ހިތްތަކުގެ ރާނީއޭ'' ބުނުމުން އެކަން ޖޯކަކަށް ނުވެ ނުދާނެއެވެ.

ނަމަވެސް "ހިބަރު ވަދު" ގެ ނަމުގައި އިދިކޮޅް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި އެބޭފުޅުން ތާއީދު ކުރައްވާ، ލޯބިވާ ރައީސަށް ތައުރީފުކޮށްފައި މިވަނީ ވަކި މިންގަނޑެއް، ހަމައެއް ލަމައެއް ނެތިއެވެ. އެޖަލްސާގައި ވަރަށް ޖޯޝާއި ފޯރީގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި މިހާރު މަޑުއްވަރި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެއީ ހިތްތަކުގެ ރާނީ ކަމަށާއި މިގައުމުގެ ތަރައްގީގެ ބާނީ ކަމަށެވެ.

ހިތްތަކުގެ ރާނީއަކީ ރައީސް ޔާމީނޭ ވިދާޅުވެ ތައުރީފު ކުރެއްވުމުން ހަނދާނަށް އަންނަނީ މީގެ ދުވަސްކޮޅެއް ކުރިން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް އެމަނިކުފާނަކީ ފިނިފެންމަލެއް ކަމަށް ވިދާޅުވެ ކުރެއްވި ތައުރީފުގެ މަތިންނެވެ. އެދުވަހު ވެސް ސައީދު ތައުރީފު ކުރެއްވި ކުރެއްވީނުން އޮތީ އަޑު އަހަން ތިބި މީހުން ވެސް ލަދު ގެންފައެވެ. ވާނީވެސް އެހެންނޫންތޯއެވެ. ޒަމާނުއްސުރެ ފިނިފެންމަލާއި ރާނީ ފަދަ ބަސްތަކުން ތައުރީފު ކުރަމުންދަނީ ލޯބިވެރިންނަށެވެ. ޝަޚުސު ވަރުގަދަ ފިރިހެނުން، ފިރިހެނުންނަށް އެފަދަ ހަންހާރަވެތި ބަސްތަކުން ތައުރީފު ކުރުމަކީ ހަމަ ގައިމުވެސް ދިވެހި މުޖުތަމައުގައި ލަދުވެތި ކަމެކެވެ.

ޕީޕީއެމް-ޕީއެންސީ ޖަލްސާތަކުގައި ރައީސް ޔާމީނު ފިނިފެންމަލާއި ރާނީއަށް ބަދަލުވުމަކީ އެބޭފުޅުންގެ ތެރޭގައި ތައުރީފުކުރުމުގެ ވައްޓަފާޅި އޮތް ގޮތް ކަމަކަށް ވެދާނެއެވެ. ތައުރީފު ކުރުމުގައި ޒަމާނުއްސުރެ ދިވެހިން ބޭނުންކުރަމުން އައި ލަފުޒުތަކާއި ހާލަތު އެބޭފުޅުންގެ މެދުގައި ބަދަލުވީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެގޮތަށް ތައުރީފު ކުރާ ކަމަށްވާނަމަ ތާއީދު ފުރޮޅުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެބޭފުޅުންނާމެދު ރައްޔިތުން ދެކޭ ގޮތްވެސް ބަދަލު ވެގެން ހިނގައިދާނެއެވެ. ތައުރީފު ކުރަނީ ކޮންމެވެސް އެދުމެއް ނުވަތަ ކަމެއް ހާސިލް ކުރުމަށް ކަމަށްވާއިރު، މީހާގެ އަގު ނުވެއްޓޭވަރަށް ތައުރީފު ކުރުން ބުއްދިވެރިއެވެ. އެވަރަށް ތައުރީފުކޮށް ޚުޝާމަދު ނުކުރި ނަމަވެސް އެބޭފުޅުން ބޭނުންފުޅުވާ ކަމެއް ރައީސް ޔާމީނުގެ އަރިހުގައި ދަންނަވައިގެން ހާސިލް ވެދާނެ ނޫންތޯއެވެ. ހައްގު ތައުރީފެއް ނުކުރެވޭނަމަ ހަނު ހުރުންވެސް ބުއްދިވެރިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

15 އޮކްޓޯބަރު 2025
ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.
19 ޖެނުއަރީ 2023

ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކީ ރަތް ކުލައިގެ ފިނިފެންމަލުން!

19 ޖެނުއަރީ 2023
ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކީ ރަތް ކުލައިގެ ފިނިފެންމަލުން!
11 އޮކްޓޯބަރު 2017

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް