Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާފުށީ ޕިކްނިކް އައިލެންޑް

ޕިކްނިކް އައިލެންޑާއި މާފުށި ގުޅާލުމުގެ ބުރިޖްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

28 ޑިސެމްބަރު 2021 | އަންގާރަ 18:46

މި މަޝްރޫއުގެ ދަށުން، 80 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ޑިސެމްބަރު 2021 | އަންގާރަ 18:46
ޕިކްނިކް އައިލެންޑާއި މާފުއްޓާ ގުޅާލާ ބްރިޖްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ޕިކްނިކް އައިލެންޑާއި މާފުއްޓާ ގުޅާލާ ބްރިޖްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ކ. މާފުށި ކައިރިން ހިއްކި ބިމާއި ޕިކްނިކް އައިލެންޑް، ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ކ. މާފުށީގައި އަލަށް އިތުރުކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް މާފުށި ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސޮއިކުރެވުނު މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީީީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން، 80 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ. އަދި 20 މީޓަރު ފުޅާ، 137.64 މީޓަރު ދިގު ބްރިޖެއް ގާއިމުކުރުމާއި، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޕޭވިންގް މަސައްކަތް ކުރުމާއި، ޑްރެއިނޭޖް މަސައްކަތާއި، މެޓަލް މަސައްކަތާއި، ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއަކީ 35.41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރުދުވަހުގެ ތެރޭގައެވެ.

ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު އެމްޓީސީސީން ވަނީ ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި 1،100 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިއީ 118.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޕިކްނިކް އައިލެންޑުގެ މަސައްކަތް މިމަހުގެ 26 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން، 2 ހެކްޓަރުގެ ބިން ހިއްކުމާއި 250 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިއީ 10.98 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

02 ޖޫން 2024

ބީއެމްއެލްގެ މާފުށި ބްރާންޗުން ދޭ ޚިދުމަތްތައް ފުޅާކޮށްފި

02 ޖޫން 2024
ބީއެމްއެލްގެ މާފުށި ބްރާންޗުން ދޭ ޚިދުމަތްތައް ފުޅާކޮށްފި
03 މާރިޗު 2022

އެއްވެސް ޚަރަދަކާއި ނުލާ ދިރާގު ޓީވީ ގުޅާލުމުގެ ފުރުސަތު

03 މާރިޗު 2022
އެއްވެސް ޚަރަދަކާއި ނުލާ ދިރާގު ޓީވީ ގުޅާލުމުގެ ފުރުސަތު
30 ޑިސެމްބަރު 2021

މާފުށިވަރު ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގައިފި

30 ޑިސެމްބަރު 2021
މާފުށިވަރު ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގައިފި
27 އޮކްޓޯބަރު 2021

އެއްވެސް ޚަރަދަކާ ނުލާ ދިރާގު ޓީވީ ގުޅާލުމުގެ ފުރުސަތު!

27 އޮކްޓޯބަރު 2021
އެއްވެސް ޚަރަދަކާ ނުލާ ދިރާގު ޓީވީ ގުޅާލުމުގެ ފުރުސަތު!
12 ޑިސެމްބަރު 2020

ބީއެމްއެލްގެ އެހީގައި ކަނޑޫދޫ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ގާއިމްކޮށްފި

12 ޑިސެމްބަރު 2020
ބީއެމްއެލްގެ އެހީގައި ކަނޑޫދޫ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ގާއިމްކޮށްފި
12 ޑިސެމްބަރު 2018

އުރީދޫ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ މަސްވެރިންގެ މެދުގައި ހިލޭ ގުޅާލުމުގެ ފުރުސަތު!

12 ޑިސެމްބަރު 2018
އުރީދޫ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ މަސްވެރިންގެ މެދުގައި ހިލޭ ގުޅާލުމުގެ ފުރުސަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް