Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަންތާ ވިންގްސް އިފްތިތާޙްކުރުން

"މަންތާ ވިންގްސް" އިފްތިތާޙްކޮށްދެއްވައިފި

28 ޑިސެމްބަރު 2021 | އަންގާރަ 17:25

ވައިގެ ދަތުރު ފަތުރުގެ ޞިނާޢަތުގައި ހިމެނޭ، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޑިސެމްބަރު 2021 | އަންގާރަ 17:25
"މަންތާ ވިންގްސް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"މަންތާ ވިންގްސް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މަންތާ އެއަރ އެޕްރެންޓިސްޝިޕް ޕްރޮގްރާމް "މަންތާ ވިންގްސް" އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ "މަންތާ ވިންގްސް"ގެ ބައިވެރިންނަށް ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވައިގެ ދަތުރު ފަތުރުގެ ޞިނާޢަތުގައި ހިމެނޭ އިންސާނީ ވަޞީލަތްތައް ތަރައްގީކުރުމަށާއި، ޒުވާނުން މި ދާއިރާއަށް ތަޢާރަފްކުރުމުގެ މަޤުޞަދުގައި، 18-25 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން މަންތާ އެއަރއިން އަލަށް ފަށާ ތަމްރީން ޕްރޮގްރާމެކެވެ. އަހަރަކު ދެ ފަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 10 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި، މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

އަންގާރަ ދުވަހުގެ މެންދުރުކުރިން، މީރުމާ އިވެންޓްސްގައި ކުރިޔަށްދިޔަ މި ޙަފްލާގައި ނައިބު ރައީސް ވަނީ، ވޭތުވެދިޔަ ތިން އަހަރު މަންތާ އެއަރއިން ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިވަނީ ވަރަށް ބޮޑު އިންޤިލާބީ ކުރިއެރުމެއް އައިސްފައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ޞިނާޢަތް ފުޅާވަމުންދާ ވަރަކަށް މި ޞިނާޢަތަށް ބޭނުންވާނެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ނައިބު ރައީސް ވަނީ، ދިވެހިންނަކީ ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ދެވޭ ފަދަ ޤާބިލް މަސައްކަތްތެރި ބަޔަކަށް ވުމަށް ޢަޒުމް ކަނޑައަޅައިގެން، އެ އަމާޒުގައި މަސައްކަތްކުރާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ. އަދި، ދުނިޔޭގެ އެހެން ޤައުމުތަކުން އެ ދާއިރާއެއްގެ މަސައްކަތް ކުރާ މީހުންގެ އާ ހޯދުންތަކުގެ މަޢުލޫމާތު ހޯދައި އަބަދުވެސް އާ ކަންކަން ދަސްކުރުމަށް އެމަނިކުފާނު ވަނީ ބާރު އަޅުއްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 އޯގަސްޓު 2022

ބަލިމީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާއާއި ފްލައިމީއަށް އަންގައިފި

04 އޯގަސްޓު 2022
ބަލިމީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާއާއި ފްލައިމީއަށް އަންގައިފި
02 އޯގަސްޓު 2022

ކުޑަހުވަދޫގެ މުޒާހަރާގައި ވަނީ ފަތުރުވެރިން ހައިޖެކްކޮށްފައި: މަންތާ

02 އޯގަސްޓު 2022
ކުޑަހުވަދޫގެ މުޒާހަރާގައި ވަނީ ފަތުރުވެރިން ހައިޖެކްކޮށްފައި: މަންތާ
01 އޯގަސްޓު 2022

މަންތާގެ ފުލައިޓަކަށް ބަލި މީހަކު ނާރުވައިގެން ކުޑަހުވަދޫ އެއަޕޯޓްގައި މުޒާހަރާކުރަނީ

01 އޯގަސްޓު 2022
މަންތާގެ ފުލައިޓަކަށް ބަލި މީހަކު ނާރުވައިގެން ކުޑަހުވަދޫ އެއަޕޯޓްގައި މުޒާހަރާކުރަނީ
18 ޖުލައި 2022

"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" އިފްތިތާޙްކޮށްދެއްވައިފި

18 ޖުލައި 2022
"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" އިފްތިތާޙްކޮށްދެއްވައިފި
27 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މަރަދޫ ސްކޫލްގައި އަލަށް ޢިމާރާތްކުރި 12 ކްލާސްރޫމްގެ ޢިމާރާތް އިފްތިތާޙްކޮށްދެއްވައިފި

27 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މަރަދޫ ސްކޫލްގައި އަލަށް ޢިމާރާތްކުރި 12 ކްލާސްރޫމްގެ ޢިމާރާތް އިފްތިތާޙްކޮށްދެއްވައިފި
18 ފެބުރުއަރީ 2021

މަންތާ ސީޕްލޭން ވެއްޓުނު ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށް

18 ފެބުރުއަރީ 2021
މަންތާ ސީޕްލޭން ވެއްޓުނު ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށް
14 ފެބުރުއަރީ 2021

މަންތާގެ ސީޕްލޭން ވެއްޓުނު ހާދިސާ ތަހުގީގުކުރަން ފަށައިފި

14 ފެބުރުއަރީ 2021
މަންތާގެ ސީޕްލޭން ވެއްޓުނު ހާދިސާ ތަހުގީގުކުރަން ފަށައިފި
14 ފެބުރުއަރީ 2021

މަންތާ އެއަރގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިފި

14 ފެބުރުއަރީ 2021
މަންތާ އެއަރގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިފި
24 ނޮވެމްބަރު 2018

ރާއްޖޭގެ ފުރަތަމަ މަންތާ ފެސްޓިވަލް ރައީސް ނަޝީދު އިފްތިތާހު ކޮށްދެއްވައިފި

24 ނޮވެމްބަރު 2018
ރާއްޖޭގެ ފުރަތަމަ މަންތާ ފެސްޓިވަލް ރައީސް ނަޝީދު އިފްތިތާހު ކޮށްދެއްވައިފި
25 ސެޕްޓެމްބަރު 2017

‏ކޫއްޑޫ އެއާޕޯޓް އަލުން ރައީސް އިފްތިތާޙްކޮށްދެއްވައިފި

25 ސެޕްޓެމްބަރު 2017
 ‏ކޫއްޑޫ އެއާޕޯޓް އަލުން ރައީސް އިފްތިތާޙްކޮށްދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް