Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސެންޓްރަލް އޭޝިއަން ވޮލީބޯޅަ ޗެލެންޖް ކަޕް

ފުރަތަމަ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ ޗެލެންޖް ކަޕް ރާއްޖޭގައި

2022 ވަނަ އަހަރު ކާވާއިން ބާއްވާނެ މުބާރާތްތައް ހިމެނޭ ކަލަންޑަރު ވަނީ ފާސްކޮށްފައި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2021 | ހޯމަ 14:47
ސެންޓަރަލް ޒޯންގެ ގައުމުތައް ތަމްސީލްކުރާ ކާވާގެ އަހަރީ އާއްމު ޖަލްސާގައި ވީއޭމްގެ ރައީސް މުޙައްމަދު ރަނޭޝް އަދި ކާވާގެ ރައީސް މުޙައްމަދު ލަތީފް

ސެންޓަރަލް ޒޯންގެ ގައުމުތައް ތަމްސީލްކުރާ ކާވާގެ އަހަރީ އާއްމު ޖަލްސާގައި ވީއޭމްގެ ރައީސް މުޙައްމަދު ރަނޭޝް އަދި ކާވާގެ ރައީސް މުޙައްމަދު ލަތީފް

ސަރަހައްދީ ވޮލިބޯޅައިގެ މައި ޖަމިއްޔާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އިން ފުރަތަމަ ފަހަރަށް ބާއްވަން އިއުލާން ކުރި ސެންޓްރަލް އޭޝިއަން ވޮލީބޯޅަ ޗެލެންޖް ކަޕްގެ ފިރިހެން އަދި އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން ދިވެހިރާއްޖެއިން ބިޑްކޮށްފިއެވެ.

މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބަންގްލަދޭޝްގައި ބޭއްވި ކާވާގެ އަހަރީ އާއްމު ޖަލްސާގައެވެ.

މި ޖަލްސާގައި 2022 ވަނަ އަހަރު ކާވާ އިން ބާއްވާނެ މުބާރާތްތައް ހިމެނޭ ކަލަންޑަރު މެންބަރު ގައުމުތަކުން ފާސްކޮށްފައިވާއިރު ސެންޓްރަލް އޭޝިއަން ވޮލީބޯޅަ ޗެލެންޖް ކަޕަކީ އަލަށް ކާވާއިން ތައާރަފްކުރި މުބާރާތެކެވެ.

މުބާރާތްތަކަށް އަލަށް ގެނައި ބަދަލުތަކާއެކު ކާވާގެ މެންބަރު 14 ގައުމުގެ ތެެރެއިން އެންމެ ވަރުގަދަ 8 ގައުމު ވާދަކާރާނީ ކާވާ ނޭޝަންސް ލީގުގައެވެ. އެހެން ގައުމުތައް ވާދަކުރާނީ ކާވާ ސުޕަކަޕްގައެވެ. އެގޮތުން ރާއްޖެ ހިމެނޭ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެެެންމެ މޮޅު 3 ޓީމު އަދި ސެންޓްރަލް އެޝިއާގެ ގައުމުތަކުން ހަތަރު ޓީމު ކާވާ ނޭޝަންސް ލީގަށް ކޮލިފައިވާނެ އެވެ.

އަހަރީ ޖަލްސާއަށް ފަހު ކާވާގެ ރައީސް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އަންނަ އަހަރަކީ ކާވާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ އަހަރަކަށް ވެގެންދާނެ ކަމަށާއި އެގޮތުން ކާވާގެ ގައުމުތަކަށް ހަމަހަމަކަމާއެކު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އަންނަ އަހަރު މުބާރާތްތަކަށް ބޮޑެތި ބަދަލުތަކެއް މެެންބަރު ގައުމުތަކުން މި ވަނީ ގެނެސްފަ. މި ބަދަލުތަކާއެކު ހަމަހަމަކަމާއެކު މުބާރާތްތަކުގައި ގައުމުތަކަށް ވާދަކުރުމަށް ފުރުސަތު ލިބިގެންދާނެ. އެންމެ ވަރުގަދަ ގައުމުތަކަށް ވަކި މުބާރާތެއް އޮތުމުން މުބާރާތްތަކުގެ ފޯރި ވެސް ގަދަވެގެން ދާނެ" މުހައްމަދު ލަތީފު ވިދާޅުވިއެވެ.

އަންނަ އަހަރުގެ މުބާރާތްތަކުގެ ތެރެއިން ސެންޓްރަލް އޭޝިއަން ވޮލީބޯޅަ ޗެލެންޖް ކަޕްގެ ފިރިހެން އަދި އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން ނިންމުމުން އެކަމަށް އުފާކުރާ ކަމަށާއި މިއީ ރަނގަޅަށް ތައްޔާރު ވެވިއްޖެނަމަ ރާއްޖެއަށް ހޯދޭނެ މުބާރާތެއް ކަމަށް ލަތީފު ވިދާޅުވިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރަނޭޝް ވޮލީބޯޅަ ކުރިޔަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި މިފަހަރުގެ މުބާރާތުންވެސް އެކަން ފެނިގެންދިޔަ ކަމަށް ލަތީފު ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖޭގައި މުބާރާތް ބާއްވާއިރު އިތުރު ފުރިހަމަ ކަމެއް އަންނާނެެ ކަމަށް ޔަގީން ކުރާކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު