Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުމޫދުގެ މަރު

މަހުމޫދުގެ މަރުގެ މައްސަލައިގެ ފުރަތަމަ އަޑު އެހުން ކެންސަލް

ޝާ އަލޮމް މިއާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2021 | އާދީއްތަ 05:27
މަހުމޫދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާ އާލޮމް

މަހުމޫދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާ އާލޮމް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކުރި އަޑު އެހުން ކެންސަލް ވެއްޖެއެވެ.

ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި އޮތީ އާދިއްތަ ދުވަހުގެ 10:30އަށެވެ. އަޑުއެހުން ކެންސަލްވި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަހުމޫދު މަރާލި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށެވެ. އޮކްޓޯބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމަށްފަހު އދ. ދަނގެތީ ފަޅުގޯއްޗެއްގެ ފެންވަޅަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި، ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް 2 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީން ހުށަހަޅާފައިވަނީ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ޝާ އަލޮމް މިއާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 623 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

ޝާ އަލޮމް މިއާ ވަނީ ތަހުގީގުގައި މަހުމޫދު މަރާލިކަމަށް އެއްބަސްވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ފުރަތަމަ ހަމަލާ ދީފައިވަނީ ނެދުން ގޭގައި ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ހަމަލާ ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހޯދިފައިވާ ފޫޓޭޖްތަކުން އެކަން ސާފުވާ ކަމަށާއި، ފަސްގަޑިއިރު ފަހުން ކޮނޑުމައްޗަށް މީހެއްގެ ހަށިގަނޑުލައިގެން ދާތަން ފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެގޭގައި ވަޅުލާފައިވާ މަހުމޫދުގެ ހުރިހާ ސާމާނެއް ހޯދިފައިވާ ކަމަށާއި، މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ނެދުން ގެއިން ދެތިން ހަތިޔާރު ފެނިފައިވާ ކަމަށާއި، ހެކީގެ ގޮތުގައި އެހަތިޔާރު ބޭނުން ކުރާނެ ކަމަށެވެ.

މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށްވާއިރު، 500ގެ ގާތްގަނޑަކަށް 20 ނޫޓް ފެނިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދަށް ހަމަލާދީފައިވަނީ ކުރިއާލައި ރާވައިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

މަހުމޫދުގެ ބޮލުގެ ތިން 3 ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާއިރު ހަށިގަނޑުން 30ށް ވުރެ ގިނަ ޒަޚަމް ފެންނަން ހުރި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދަށް ހަމަލާ ދިނުމުގައި ތޫނު ހަތިޔާރު ބޭނުންކޮށްފައިވާއިރު މަހުމޫދުގެ ބައެއް ތަކެތި ޝާ އަލޮމް ދިރިއުޅުނު ގެއިން ވެސް ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ 14ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި, 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ، ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު