Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހުމޫދުގެ މަރުގެ ޝަރީއަތް

މަހުމޫދުގެ މަރުގެ ޝަރީއަތް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ފަށަނީ

25 ޑިސެމްބަރު 2021 | ހޮނިހިރު 17:43

މަހުމޫދު މަރާލާފައި ވަނީ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ޑިސެމްބަރު 2021 | ހޮނިހިރު 17:43
ހްމޫދު މަރާލި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ޝާ އާލޮމް

ހްމޫދު މަރާލި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ޝާ އާލޮމް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.

މިމައްސަލާގައި ދައުވާ އުފުލާފައިވަނީ މަހުމޫދު މަރާލި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށެވެ. އޮކްޓޯބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމަށްފަހު އދ. ދަނގެތީ ފަޅުގޯއްޗެއްގެ ފެންވަޅަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި، ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް 2 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީން ހުށަހަޅާފައިވަނީ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ޝާ އަލޮމް މިއާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 623 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ 10:30އަށެވެ. ޝާ އަލޮމް މިއާ ވަނީ ތަހުގީގުގައި މަހުމޫދު މަރާލިކަމަށް އެއްބަސްވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ފުރަތަމަ ހަމަލާ ދީފައިވަނީ ނެދުން ގޭގައި ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ހަމަލާ ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހޯދިފައިވާ ފޫޓޭޖްތަކުން އެކަން ސާފުވާ ކަމަށާއި، ފަސްގަޑިއިރު ފަހުން ކޮނޑުމައްޗަށް މީހެއްގެ ހަށިގަނޑުލައިގެން ދާތަން ފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެގޭގައި ވަޅުލާފައިވާ މަހުމޫދުގެ ހުރިހާ ސާމާނެއް ހޯދިފައިވާ ކަމަށާއި، މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ނެދުން ގެއިން ދެތިން ހަތިޔާރު ފެނިފައިވާ ކަމަށާއި، ހެކީގެ ގޮތުގައި އެހަތިޔާރު ބޭނުން ކުރާނެ ކަމަށެވެ.

މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށްވާއިރު، 500ގެ ގާތްގަނޑަކަށް 20 ނޫޓް ފެނިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދަށް ހަމަލާދީފައިވަނީ ކުރިއާލައި ރާވައިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

މަހުމޫދުގެ ބޮލުގެ ތިން 3 ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާއިރު ހަށިގަނޑުން 30ށް ވުރެ ގިނަ ޒަޚަމް ފެންނަން ހުރި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދަށް ހަމަލާ ދިނުމުގައި ތޫނު ހަތިޔާރު ބޭނުންކޮށްފައިވާއިރު މަހުމޫދުގެ ބައެއް ތަކެތި ޝާ އަލޮމް ދިރިއުޅުނު ގެއިން ވެސް ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ 14ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި, 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ، ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް