Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ ކުންފުންޏަށް 10 އަހަރު

މިއަހަރު ބޭސްފަރުވާއަށް ދިޔަ ގިނަ މީހުންނަކީ ކެންސަރު ބަލީގެ މީހުން: ނާއިބުރައީސް

24 ޑިސެމްބަރު 2021 | ހުކުރު 18:15

އަހަރެއްގެ ތެރޭގައި 340،000 މީހުންނަށް އާސަންދައިން ޚިދުމަތް ފޯރުކޮށްދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ޑިސެމްބަރު 2021 | ހުކުރު 18:15
އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތު

އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތު

މިއަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކެންސަރު ބަލީގެ މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބުރައީސް ވަނީ އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުމުގެ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވާފައެވެ. ނާއިބުރައީސްގެ ވާހަކަފުޅުގައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

Advertisement - newsAdvertisement

ނާއިބުރައީސް ވިދާޅުވީ އާސަންދަ ކުންފުނީގެ ރިޕޯޓުތަކަށް ބަލާއިރު އަހަރެއްގެ ތެރޭގައި 340،000 މީހުންނަށް އާސަންދަ މެދުވެރިކޮށް އެކި އެކި ފަރުވާ ފޯރުކޮށްދޭކަން ހާމަވާ ކަމަށެވެ. މިއީ ކަންބޮޑުވާހާ ބޮޑު އަދަދެއް ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. މިއިން އެނގޭ އެއް ކަމަކީ ގާތްގަނޑަކަށް ހަމަ ކޮންމެ މީހަކީވެސް ބަލިވެގެން ޑޮކްޓަރަށް ދައްކާ މީހެއްކަން ކަމަށެވެ. މިއަދު އެންމެންގެ އުޅުމާއި، ވިސްނުމާއި ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ނާއިބުރައީސް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކެންސަރު ބަލީގެ މީހުން ކަމަށްވާއިރު، މިކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޚިދުމަތް ދިނުމުގައި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ޚިދުމަތް ދޭންޖެހޭ ކަމަށް ނާއިބުރައީސް ވިދާޅުވެފައިވެއެވެ. އަދި ޚިދުމަތް ދިނުމުގައި ވިހާވެސް ލުއި ފަސޭހަކޮށް ޚިދުމަތް ދިނުމަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އަވަހަށް ކޮށްދޭންޖެހޭ މަސައްކަތެއް ނަމަ އަވަހަށް ކޮށްދޭންޖެހޭ ކަމަށާއި، ކަމެއް ކޮށްދޭންޖެހެނީ މީހުން ރުޅިއައިސް އެއްޗެހި ކިޔާ ހިސާބަށް ދިޔައީމަ ނޫން ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ބޭސްފަރުވާ ދިނުމުގައިވެސް މީހުންނަށް ރަނގަޅަށް އަޅާލައި، ރަނގަޅަށް ވާހަކަދެއްކުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. ހޭލުންތެރިކަމުގެ ގޮތުން އެންމެން އެއްވަރެއް ނުވާނެ ކަމަށާއި، އެންމެންނަކީވެސް އެހީތެރިކަން ބެނުންވާ ބައެއް ކަމަށް ނާއިބުރައީސް ވަނީ ވިދާޅުވެފައެވެ. ހޮސްޕިޓަލުތައް ގާއިމްކުރެވި ގައުމު ތަރައްގީވެގެންދާއިރު ޚިދުމަތް އަވަހަށް ނުދެވޭނަމަ ރައްޔިތުން އެކަންކަން ބަލައި ނުގަންނާނެ ކަމަށް ވެސް ނާއިބުރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް