Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލީބިޔާގެ ރިޔާސީ އިންތިޚާބު

ލީބިޔާގެ ރިޔާސީ އިންތިޚާބު ޖެނުއަރީ މަަހަށް ފަސްކޮށްފި

24 ޑިސެމްބަރު 2021 | ހުކުރު 03:07

ކުރިން މި މަހުގެ 24 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ވަނީ ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޑިސެމްބަރު 2021 | ހުކުރު 03:07
ދެ ދުވަސްކުރިން އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ވަނީ ވޯޓުގެ ކަންތައް ބެލެހެއްޓުމަށް އެކުލަވާލާފައި އޮތް އިންތިހާބާ ބެހޭ ކޮމިޓީތައް ވެސް އުވާލާފައިވޭ

ދެ ދުވަސްކުރިން އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ވަނީ ވޯޓުގެ ކަންތައް ބެލެހެއްޓުމަށް އެކުލަވާލާފައި އޮތް އިންތިހާބާ ބެހޭ ކޮމިޓީތައް ވެސް އުވާލާފައިވޭ

ލީބިޔާގައި ބާއްވަން ތާވަލުކޮށްފައި އޮތް ރިޔާސީ އިންތިޚާބު އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ނިންމައިފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ކުރިން ބޭއްވުމަށް ނިންމާފައިވާއިރު ދެ ދުވަސްކުރިން އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ވަނީ ވޯޓުގެ ކަންތައް ބެލެހެއްޓުމަށް އެކުލަވާލާފައި އޮތް އިންތިޚާބާ ބެހޭ ކޮމިޓީތައް ވެސް އުވާލާފައެވެ.

އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރި އިރު އިންތިޚާބަށް ކުރިމަތިލާވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވަނީ ކޮން ބޭފުޅުންނެއް ކަމެއް، އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިއުލާނެއް ނުކުރެއެވެ. އިންތިޚާބު ފަސްކުރިކަން އެ ކޮމިޝަނުން އިއުލާންކުރީ، ކަނޑައެޅިފައިވާ ތާރީޚްގައި އިންތިޚާބު ބޭއްވުމަކީ މުސްތަހީލު ކަމެއް ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ އިންތިޚާބުގެ ކަންތައް ބަލަހައްޓާ ކޮމިޓީން ބަޔާނެއް ނެރެފައިވަނިކޮށެވެ.

ރިޔާސީ އިންތިޚާބު ފަސްކުރުމާ ގުޅިގެން އާންމު އިންތިޚާބު ވެސް ފަސްވެގެންދާނެއެވެ. ކުރިން ކަނޑައަޅާފައި އޮތީ ރިޔާސީ އިންތިޚާބު ބާއްވައި ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ފަހު އާންމު އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ.

އިންތިޚާބު ކައިރިވަމުން އަންނަވަރަކަށް ލީބިޔާގެ މަސްރަހު އަންނަނީ ހޫނުވަމުންނެވެ. ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ނުބޭއްވުމާ ދެކޮޅަށް ސައިފުލް އިސްލާމު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް ކުރިޔަށް ގެންދެވޭ ގޮތެއް ނުވެއެވެ. އެއީ ހަނގުރާމަވެރިން ކޯޓު ހިމެނޭ ސަރަހައްދު ހިސާރުކޮށްފައިވާތީއެވެ.

މިއާއެކު ލީބިޔާގެ އިންތިޚާބާ ދިމާކޮށް އެތައް ބަޔަކު ހައްޔަރުކުރާނެކަމަށް ވަނީ މިހާރުވެސް ބެލެވިފައެވެ. މީގެއިތުރުން ލީބިޔާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ލީބިޔާގެ ހުޅަނގު ސަރަހައްދުގައިވާ އިލެކްޝަންގެ ފަސް ސެންޓަރަކަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ވަދެ ވޯޓު ކަރުދާސްތައް ވަގަށް ނަގާފައިވާކަމަށެވެ.

މިއާއެކު މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލީބިޔާގައި ސުލްހަވެރި އިންތިޚާބެއް ބާއްވާ އެންމެން ގުޅިގެން އުފައްދާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު އުފައްދަމުންނެވެ. ވަކިން ޚާއްސަކޮށް ލީބިޔާގެ ހުޅަނގާއި އިރުމަތީގައި އުފެދިފައިވާ ފެކްޝަންތަކުގެ މެދުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް 98 މީހުން ރަޖިސްޓްރީކުރިއިރު ލީބިޔާގެ އިލެކްޝަން ކޮމިޝަނުން ވަނީ 25 މީހުންގެ ނަން ޑިސްކޮލިފައިކޮށްފައެވެ. އަދި މިހާތަނަށް އައިއިރުވެސް ލީބިޔާގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައެއްނުވެއެވެ.

ބައްޕާފުޅު ޤައްޒާފީގެ ވެރިކަން ދިފާއުކުރެއްވުމަށް ހިންގެވި ޖަރީމާތަކާ ގުޅިގެން ސައިފުލްއިސްލާމުގެ ޣައިރު ހާޒިރުގައި 2015 ވަނަ އަހަރު ވަނީ އޭނާ މެރުމަށް ޓްރިޕޮލީގެ ކޯޓަކުން ހުކުމްކޮށްފައެވެ. ލީބިޔާގެ ކުރީގެ ސަރުކާރަށް ތާއީދުކުރާ މީހުންގެ މެދުގައި އެންމެ އިސް މީހެއްގެ ގޮތުގައި ދެކެމުން އަންނަ މީހަކީ ސައިފުލް އިސްލާމެވެ. އެހެންކަމުން އިންތިޚާބުގައި ސައިފުލް އިސްލާމަށް ވާދަކުރެވޭނެކަމަށް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފައެވެ.

އެހެންނަމަވެސް ލީބިޔާގައި ހަރަކާތްތެރިވާ އަސްކަރީ ގްރޫޕްތަކާއި އެހެންވެސް ބާރުތައް ހަމަހަމަކަމާއެކު ދެމެހެއްޓެންޖެހޭކަމަށް ގަބޫލުކުރާ މީހުން ދެކޭ ގޮތުގައި ސައިފުލް އިސްލާމުގެ ނަން ވޯޓު ކަރުދާހުގައި އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް ބައްޕާފުޅު ޤައްޒާފީގެ ލޭއޮހޮރުވުން ބޮޑު ވެރިކަމަށް ފަހު އޭނާގެ ދަރިކަލުންނަށް ވެރިކަމަށް އާދެވުމުގެ ފުރުސަތު ލިބިގެންނުވާނެކަމަށް އަންނަނީ ދެކެވެމުންނެވެ.

އިރުމަތީގައި ހަރަކާތްތެރިވާ ކޮމާންޑަރ ޚަލީފާ ހަފްތާރުގެ ބެލުމުގެ ދަށުން ސެބާގެ ކޯޓު ބަންދުކޮށްފައި ހަނގުރާމަވެރިން ބެހެއްޓުމަކީ އިދިކޮޅު ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ހިންގާ ކަންތައްތަކެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ލީބިޔާގެ ދެކުނާއި އިރުމަތީގެ ބޮޑު ބަޔެއް ކޮންޓްރޯލްކުރަމުން އަންނަ ލީބިއަން ނޭޝަނަލް އާރމީގެ ކޮމާންޑަރ ހަފްތާރަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްވެސްމެއެވެ. ލީބިޔަން ނޭޝަނަލް އަރމީ ބުނަމުން އަންނަނީ ކޯޓުތައް ބްލޮކް ކުރަނީ ނޫންކަމަށާއި އެތަން ހިމާޔަތްކުރަނީކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް