Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ޒުވާން ޓީމަކާ އަޅާބަލާއިރު ވަރަށް ރަނގަޅަށް ތައްޔާރުވެވިއްޖެ: މުންތޭ

ފަރިތަކުރުންތަކުގައި އިސްކަންދީފައިވާނީ ޓީމު ރޭވުމަށް ކަމަށް ބުނެފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 22 ޑިސެމްބަރު 2021 | ބުދަ 17:56
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު މުންތާޒް އަލީ (މުންތޭ)

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު މުންތާޒް އަލީ (މުންތޭ)

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މި ފަހަރު ވާދަކުރާ ގައުމީ ސީނިއާ އަންހެން ވޮލީބޯޅަ ޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، އެކަމަކު ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ގައުމީ ޓީމުގެ ކޯޗު މުންތާޒް އަލީ (މުންތޭ) ބުނެފިއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް އަންހެން ޓީމު ބަންގްލަދޭޝްއަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މި ފަހަރުގެ މުބާރާތަށް އަންހެން ޓީމު ނުކުންނައިރު، އަންހެން ވޮލީބޯޅަ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން ގައުމީ ސީނިއާ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރުގެ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިއެކެވެ. ދެން މި ޓީމުގައި ހިމެނޭނީ މުޅިން އަލަށް ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިންނެވެ.

ބަންގްލަދޭޝްގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި މުންތޭ ބުނީ ކުރީގައި އޮތް ސީނިއާ ޓީމުގެ ބަދަލުގައި މި މުބާރާތަށް ނުކުންނާނީ މުޅިން އައު ޓީމެއް ކަމަށެވެ. އެހެންކަމުން ކުޅުންތެރިންގެ މެޗުގެ ތަޖުރިބާ މަދުވާނެ ކަމަށާއި، އެހެންކަމުން ފަރިތަކުރުންތަކުގައި އިސްކަންދީފައިވާނީ ޓީމު ރޭވުމަށް ކަމަށްވެސް ބުންޏެވެ.

މުންތޭ ބުނީ މި ޓީމާއެކު މި މުބާރާތުގައި އެއް ގައުމެއް ނުވަތަ ދެ ގައުމެއް ބަލިކުރެވުނު ކަމުގައިވީ ނަމަވެސް އެއީ ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މުންތޭ އިތުރަށް ބުނީ މި މުބާރާތަށް ޓީމު ބޮޑަށް ބައްޓަންކުރީ ރިސީވަށާއި ސާވިސްއަށް ބަލައިގެން ކަމަށެވެ. އަދި އިދިކޮޅުގައި އޮތް ފަސް ޓީމަކީ ވަރަށް ވަރުގަދަ ފަސް ޓީމު ކަމަށާއި، މި މުބާރާތުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްކޮޅު ކަމަށްވެސް މުންތޭ ވަނީ ބުނެފައެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ބަންގްލަދޭޝް އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، ކިރްގިސްތާން އަދި އުޒްބެކިސްތާނެވެ. މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

އަދި ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނައިރު، ހަތަރުވަނަ މެޗުގައި އާދީއްތަ ދުވަހު ރާއްޖެ ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މުބާރާތް ރާވާފައިވާ ގޮތުން ހަ ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، ފައިނަލުގައި ކުޅޭނީ ރޭންކިންގެ ކުރީގައި އޮންނަ ދެ ޓީމެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމު ރޭންކިން މެޗެއް ކުޅޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު