Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

"ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖައްސަވައިގެން ބޭރަށް ނިކުމެ ގޮވަމަކުންނެއް ނުހިންގެވޭނެ"

މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިން އިރުވެސް ތިބެވުނީ ހިމޭނުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ޑިސެމްބަރު 2021 | ބުދަ 08:08
އިންޑިޔާ އައުޓް ކެމްޕެއިންގެ ތެރެއިން ރައީސް ޔާމީން މާލެއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އިންޑިޔާ އައުޓް ކެމްޕެއިންގެ ތެރެއިން ރައީސް ޔާމީން މާލެއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

"ރައީސް ޔާމީނަށް އިންޑިއާ އައުޓު ޖައްސަވައިގެން ބޭރަށް ނިކުމެ ގޮވަމަކުންނެއް ނުހިންގެވޭނެ" މިއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާލެ ސިޓީ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވި އެއް ޖުމްލައެވެ. އިންޑިއާ އައުޓު ހަރަކާތާއި ދެކޮޅަށް އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ އެކަމަކީ ދިވެހި ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާ މުޅިން ޚިލާފު ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިސްވެ ހުންނަވައި އެ ހަރަކާތް ނުހިންގެވޭނެ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ރާއްޖެއާ އެންމެ ގާތް އެއް ގައުމާ ދެކޮޅަށް މި ހަރަކާތް ހިންގަން ފަށައި މުޅި ސޯޝަލް މީޑިއާގައި އެ ގައުމާ ދެކޮޅަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައްކަމުންދާއިރު ދިވެހި ސަރުކާރު އޮތީ މަޑު ނިންޖަކުން ނިދާފައެވެ. މިކަމާ ސަރުކާރުން އެއްޗެއް ބުނެ ނުލާއިރު، ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީންވެސް ބަހެއް ނުބުނެއެވެ. އިދިކޮޅު ކޯލިޝަނުން އެމީހުންނަށް ތާއީދުކުރާ ބައެއްގެ ބޮލަށް ވަރަށް ނުބައި ދަރަޖައަކަށް މިކަން ވައްދައި މަގުމައްޗަށް ބެނާތަކާއެކު ނުކުންނަން ފެށި އިރުވެސް މިކަމާ ސަރުކާރުގެ ބަހެއް ނެތެވެ. އިންޑިއާގެ ބޮޑު ވަޒީރަށް "ހިންދީ" ބަހުން މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިން އިރުވެސް ފުލުހުންގެ މުއައްސަސާ އާއި ސަރުކާރުވެސް އޮތީ ހިމޭނުންނެވެ.

އެހެންނަމަވެސް މިހާރު ނިދިން ހޭލެވި، މަޑު ރާގަކަށް މިކަމާ ދެކޮޅަށް ސަރުކާރުންވެސް ބަސް ބުނަން ފަށައިފިއެވެ. މިއީ މިހަރަކާތުގެ ގިޔަރު އިތުރަށް ކުރިޔަށް ޖެއްސުމަށް ކުރީގެ ރައީސް ޔާމީން ނިކުމެވަޑައި ގެންނެވުމުން ބޭރުގެ ޖަމްއިއްޔާ ޖަމާއްޔަތަކުންވެސް މިހަރަކާތް ބަލައިގަންނަ ގޮތާއި، އަދި ހައިސިއްތަވެސް މުޅިން ތަފާތުވެދާނެ ކަމަށް ބަލައި އައި ބަދަލަކަށް ވެދާނެވެ. ރައީސް ޔާމީން ޖަލު ހުކުމުގައި އޮންނެވި އިރު މިހަރަކާތް ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކުރިއަށް ގެންގޮސް ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުޚީއަށް އެރި އިރުވެސް މިކަމާ ދެކޮޅަށް ސަރުކާރުން ޗުއްޕު ވެސް ބުނެފައެއް ނެތެވެ.

ރައީސް ނަޝީދު މިހަރަކާތް ކުށްވެރިކުރައްވައި ހަރުކަށި އިބާރަތުން ވާހަކަފުޅު ދެއްކެވިފަހުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ވަނީ މި ހަރަކާތް ކުށްވެރިކުރައްވައި މިކަމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ވިދާޅުވެފައެވެ. ސަރުކާރުން މި ހަރަކާތާ ދެކޮޅަށް ފިޔަވަޅު އަޅަން މިހާރު މާ ލަސްވެއްޖެއެވެ. މިކަމުން ދިވެހި ގައުމާއި ދިވެހިންނަށް ނުބައި އަސަރެއް ކުރުމުގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހެއެވެ. އިދިކޮޅުން ހަރަކާތް ހިންގަންވެސް ވަކި ހުދޫދެއް އޮންނަން ވާނެއެވެ. ހަމައެކަނި ނެރެލާ ނޫސް ބަޔާނަކުން އަދި ކޮށްލާ ޓުވީޓަކުން މިކަން ނިންމާލައިގެން ނުވާނެއެވެ.

ދެން އުފެދޭ ސުވާލަކީ މިހާރު މިހަރަކާތް އެހާ ފަސޭހައިން ހުއްޓުވިދާނެތޯއެވެ. މި ހަރަކާތަށް ޖާގަދީ ހަނު އޮތުމަށްފަހު ކުއްލިއަކަށް ހުއްޓުވަން މަސައްކަތްކުރުމުން ހުއްޓުވިދާނެތޯއެވެ. މިހާރު ކުރަން ޖެހޭ މަސައްކަތްވެސް ދެގުނަ އިތުރުވާނެއެވެ. މިހަރަކާތް ހިންގާ މީހުން މިއީ ވަތަނީ ހަރަކާތެއްގެ ގޮތުގައި ސިފަ ކުރާއިރު މިކަމަށް އެމީހުންވަނީ ވަޖިދުވެފައެވެ. މުޅި މުޖުތަމައު ސިޔާސީ ވެފައި އޮތް އިރު އެއްބަޔަކު މިއަދު ތިބީ އިންޑިއާއިން ރާއްޖެއަށް އަރާ ރާއްޖެ ހިފައިގެން ތިބިކަމަށް ގަބޫލu ކޮށްގެންނެވެ.

މިކަމުގައި ސަރުކާރުން އިންޒާރުދީ ފިޔަވަޅު އަޅަން މިހާރު މާ ލަސްވެސް ވެއްޖެއެވެ.

އިންޑިއާކުރީގެ ރައީސް ޢަބްދުﷲ ޔާމީންކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު