Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީކުއޭޓަރ ވިލެޖް ގާލާ ނައިޓް

އީކުއޭޓަރ ވިލެޖް ގާލާ ޑިނަރގައި މިފަހަރު އާއްމުންނަށް ވެސް ބައިވެރިވެވޭނެ

22 ޑިސެމްބަރު 2021 | ބުދަ 05:54

މި އިވެންޓްގެ ތެރޭގައި އަގުހުރި އިނާމުތައް ލިބުމުގެ ފުރުސަތާއި މިސްޓަރ އެންޑް މިސް އައްޑޫ، ކިންގް އެންޑް ކުއީން ހޮވުން ފަދަ ކަންކަން ހިމެނޭ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 22 ޑިސެމްބަރު 2021 | ބުދަ 05:54
އީކުއޭޓަރ ވިލެޖް ގާލާ ނައިޓް

އީކުއޭޓަރ ވިލެޖް ގާލާ ނައިޓް

އާ އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖުން ބާއްވަމުން އަންނަ ގާލާ ޑިނަރ މި ފަހަރު ތަފާތު ގޮތަކަށް އިންތިޒާމްކޮށް، އެ އިވެންޓްގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އީކުއޭޓަރ ވިލެޖް ގާލާ ޑިނަރ" އާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ހޮޓަލުގެ މެނޭޖަރ މުޙައްމަދު ވަހީދު ވިދާޅުވީ މި އިވެންޓަކީ ކޮންމެ އަހަރަކު ވެސް އެ ހޮޓަލުގެ ގެސްޓުންނަށް ޚާއްޞަކޮށްގެން ބާއްވާ އިވެންޓެއް ކަމަށެވެ. އެހެންނަމަވެސް މިފަހަރު އައްޑޫސިޓީގެ ރައްޔިތުންނާއި އައްޑޫ ސިޓީއަށް ޒިޔާރަތް ކުރާ މެހްމާނުންނަށް ވެސް އިވެންޓުގައި ބައިވެރިވެވޭނެއެވެ.

ރާއްޖޭގެ ލީޑިން އެއަރޕޯޓް ހޮޓަލްގެ ގޮތުގައި ދުނިޔޭގެ އެތައް ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އީކުއޭޓަރ ވިލެޖްގައި ބާއްވާ މި އިވެންޓް އިންތިޒާމު ކުރަނީ އީކުއޭޓަރ ވިލެޖާއި ޓައިޓޭން  މޯލްޑިވްސް ގުޅިގެންނެވެ. ޓައިޓޭން މޯލްޑިވްސްއަކީ ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

މި އިވެންޓާ ބެހޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޓައިޓޭން މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މިއީ ކޮވިޑް-19 އާއެކު އުޅެންޖެހިފައިވުމުގެ ސަބަބުން ލިބިފައިވާ ހިތްނުތަނަވަސްކަން ފިލުވާލައި، އާއިލާއާއި ރައްޓެހިން އެއްތަނެއްގައި ތިބެ ހިތްއުފާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ އިވެންޓެއް ކަމަށެވެ.

ޑިސެމްބަރ 31 ވާ ހުކުރު ދުވަހުގެ ރޭ 8:00ން 12:30ށް އޮންނަ މި އިވެންޓްގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންނަށް ޓިކެޓް ގަނެވޭނެ އިންތިޒާމް ޓައިޓޭން މޯލްޑިވްސްގެވެބްސައިޓުގައި ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން އަބްހަރީ ގްރޭންޑާއި، ޕެބްލްސް އަދި ސައުތު މޯލްޑިވްސްއިން ވެސް ޓިކެޓް ލިބެން ހުންނާނެއެވެ. ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ބޮޑެތި އިނާމްތައް ހިމެނޭ ގޮތަށް ބާއްވާ މި ޑިނަރ ނައިޓުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ސްރީލަންކާ 2 ކޮޅު ޓިކެޓާއި ގެސްޓްހައުސް ސްޓޭތަކާއި ކެންޑްލް ލައިޓް ޑިނަރ ފަދަ އެތައް އިނާމެއް ހުށަހެޅިފައިވެއެވެ.

ޓައިޓޭން މޯލްޑިވްސްއީކުއޭޓަރ ވިލެޖްއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް