Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ ސަރަހައްދުގެ ޖައްވު ނުސާފުވުން

މިދުވަސްވަރު ރާއްޖެ ސަރަހައްދުން ޖައްވު ނުސާފުކޮށް ފެންނަނީ އިރުވައި މޫސުމާ ދިމާކޮށް ވައި ބަދަލުވާތީ: މެޓް އޮފީސް

މިކަން ބޮޑަށް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2021 | އަންގާރަ 13:02
ހދ ހަނިމާދޫގެ ހުޅަނގު ފަރާތް

ހދ ހަނިމާދޫގެ ހުޅަނގު ފަރާތް

މިދުވަސްވަރު ރާއްޖެ ސަރަހައްދުން ޖައްވު ނުސާފުކޮށް ފެންނަނީ ކޮންމެ އަހަރެއްގައިވެސް އިރުވައި މޫސުމާ ދިމާކޮށް، ވައި ބަދަލުވާތީކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މިދުވަސްވަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެ ސަރަހައްދަށް ފޯރާކަމަށެވެ. މިއީ ކޮންމެ އަހަރެއްގައިވެސް ވާކަމެއްކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

މީގެ ސަބަބުން ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ ދުރު ފެންނަވަރު ދަށްވާކަމަށް މެޓް އޮފީހުން ބުނެއެވެ. މިކަން ބޮޑަށް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނީ އާއްމުކޮށް މޫސުން ރަގަޅު ދުވަސްވަރު، ދުރު ފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4-5 ކިލޯމީޓަރަށް ދަށްވެފައިކަމަށެވެ.

މެޓް އޮފީހުން ބުނީ، މި ހިރަފުހުގެ ސަބަބުން ޚާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތްކަމަށެވެ. އަދި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމަށް މެޓް އޮފީހުން ބުނެއެވެ.

މިދުވަސްވަރު ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެފައިވަނީ އިންޑިޔާގައި ވަކިން ޚާއްސަކޮށް ނިއުދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުންކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން "ރާއްޖެއެމްވީ"ން ކުރި ސުވާލު ޖަވާބުގައި މެޓް އޮފީހުން ބުނީ، ފިނިމޫސުމުގައި އާންމުކޮށްވެސް އިންޑިޔާގައި ވައި ނުސާފުވާނެކަމަށެވެ. އެއީ ފިނިމޫސުމާ ދިމާކޮށް އެސަރަހައްދުގައި ދިރިއުޅޭ ދަނޑުވެރިންގެ ދަނޑުތައް އަންދާތީކަމަށެވެ.

ފިނިމޫސުމާ ދިމާކޮށް ނިއުދިއްލީއާއި އެސިޓީގެ ކައިރި ހިސާބުތަކުގައި، ދަނޑުބިންތައް އެންދުމާ ގުޅިގެން، މިދިޔަ މަހުގެ ތެރޭގައި ނިއުދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ސްކޫލްތަކާއި އޮފީސްތައް ބަންދުކުރިއެވެ. އެސަރަހައްދުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ކޮންމެ އަހަރަކުވެސް މިދުވަސްވަރާ ދިމާކޮށް ދަނޑުބިންތައް އަންދަނީ ދަނޑުވެރިކަމުގެ އައު މޫސުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ދަނޑުތަކުން ބާކީވާ ބައި އެންދުމަކީ އިންޑިޔާގެ ވައި ނުސާފުވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަށްވާއިރު، އެކަން ހުއްޓުވުމަށް މިހާތަނަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. ފިނި މޫސުމުގައި އެގައުމުގެ ވައި މިކަމުގެ ސަބަބުން އަންނަނީ ތަޣައްޔަރުވަމުންނެވެ.

މެޓް އޮފީސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
18 ނޮވެމްބަރު 2024

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ

18 ނޮވެމްބަރު 2024
ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ
10 އޮކްޓޯބަރު 2024

ވަރަށް ގަދައަށް ވައިޖެހޭނެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވޭ: މޫސުމާބެހޭ ގައުމީ އިދާރާ

10 އޮކްޓޯބަރު 2024
ވަރަށް ގަދައަށް ވައިޖެހޭނެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވޭ: މޫސުމާބެހޭ ގައުމީ އިދާރާ
07 އޮކްޓޯބަރު 2024

ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި

07 އޮކްޓޯބަރު 2024
ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު