Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮމިކްރޯން ވޭރިއަންޓްގެ ހާލަތު

މޮޑާނާގެ ބޫސްޓަރ ޑޯޒުން، އޮމިކްރޯން ވޭރިއަންޓުން ދިފާއުކޮށްދޭ

މޮޑާނާއިން އަންނަނީ އޮމިކްރޯން ވޭރިއަންޓަށް ޚާއްސަކޮށް ވަކި ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 17:56
މޮޑާނާ ވެކްސިން

މޮޑާނާ ވެކްސިން

މޮޑާނާގެ ބޫސްޓަރ ޑޯޒްއިން މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓުން ދިފާއުކޮށްދޭކަމަށް މިހާތަނަށް ކުރިޔަށް ގެންދިޔަ ލެބޯޓްރީ ޓެސްޓްތަކުން ހާމަވާކަމަށް އެކުންފުނިން ބުނެފިއެވެ.

މިހާރު މޮޑާނާއިން އުފައްދާފައިވާ ވެކްސިންގެ ޑޯޒް އޮމިކްރޯން ވޭރިއަންޓަށް ޓެސްޓްކޮށްފައިވާއިރު އިތުރު ޑޯޒެއް ޓެސްޓްކުރުމުގެ ކުރިން، އެކުންފުނިން ޓެސްޓްކުރަމުން އަންނަނީ މިހާރު ޖަހަމުން އަންނަ ޑޯޒްތަކެވެ. އެހެންނަމަވެސް އެކުންފުނިން އަންނަނީ އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ވަކި ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ ކުރީކޮޅު އެވެކްސިންގެ ކްލިނިކަލް ޓްރެއަލްތައް ފަށާނެކަމަށް މޮޑާނާއިން ބުނެއެވެ.

މޮޑާނާގެ ޗީފް މެޑިކަލް އޮފިސަރ ޑރ ޕައުލް ބޯޓަން ވިދާޅުވީ މޮޑާނާގެ ޑޯޒުން އޮމިކްރޯން ވޭރިއަންޓުން ދިފާއުކޮށްދޭ މިންވަރު ހުރީ މަތީގައިކަމަށެވެ. އަދި ކުރިޔަށް އޮތް ބަންދު ދުވަސްތަކާ ދިމާކޮށް، އޮމިކްރޯން ވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް ބެލެވޭކަމަށް ޑރ ޕައުލް ވިދާޅުވިއެވެ.

މޮޑާނާއިން ބުނީ މޮޑާނާ ވެކްސިންގެ ދެ ޑޯޒުން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދައިދޭ މިންވަރު ދަށްކަމަށެވެ. ނަމަވެސް 50 މައިކްރޯ ގްރާމްގެ ބޫސްޓަރ ޑޯޒާއެކު އެންޓިބޮޑީސް އުފައްދައިދޭ މިންވަރު 37 ގުނަ އިތުރުވާކަމަށް މޮޑާނާއިން ބުނެއެވެ. އަދި 100 މައިކްރޯ ގްރާމްގެ ބޫސްޓަރ ޑޯޒާއެކު 80 ގުނައަށް އެންޓިބޮޑީސް އުފައްދައިދޭ މިންވަރު އިތުރުވާކަމަށް އެކުންފުނިން ބުނެއެވެ.

ނަމަވެސް 100 މައިކްރޯގްރާމަށް ހުއްދަހޯދުމުގެ ވިސްނުމެއް އަދި ކުންފުނިން ނުގެންގުޅޭކަމަށް މޮޑާނާގެ ރައީސް ސްޓެފަން ހޯގާ ވިދާޅުވިއެވެ. ހޯގާ ވިދާޅުވީ ބޫސްޓަރ ޑޯޒްގެ 50 މައިކްރޯގްރާމުން އެންޓިބޮޑީ އުފައްދައިދޭ މިންވަރަކީ، ވޭރިއަންޓް އޮފް ކޮންސަރންއިން ދިފާއުވުމަށް ރަނގަޅު މިންވަރެއްކަމަށެވެ.

އެމެރިކާއިން ވަނީ އޮކްޓޯބަރ މަހު 50 މައިކްރޯގްރާމްގެ މޮޑާނާގެ ބޫސްޓަރ ޑޯޒް ޖެހުމަށް ހުއްދަދީފައެވެ. މޮޑާނާއިން ކޮވިޑަށް އުފެއްދި ދެ ޑޯޒުގެ ތެރެއިން ކޮންމެ ޑޯޒަކީވެސް 100 މައިކްރޯގްރާމްގެ ޑޯޒެކެވެ.

މިދިޔަ މަހު ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޯން ވޭރިއަންޓް މިހާތަނަށް އައިއިރު 89 ގައުމަކުން ވަނީ ފެނިފައެވެ.

އޮމިކްރޯން ވޭރިއަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮމިކްރޯން ވޭރިއަންޓްގެ އައު 2 ސަބް ވޭރިއަންޓެއް ފެނިގެން ދިރާސާކުރަނީ

އޮމިކްރޯން ވޭރިއަންޓްގެ އައު 2 ސަބް ވޭރިއަންޓެއް ފެނިގެން ދިރާސާކުރަނީ

11 އެޕްރީލު 2022
އޮމިކްރޯންގެ ސަބް ވޭރިއެންޓް އޮމިކްރޯންއަށްވުރެ ނުރައްކާކަމަކަށް ނުފެނޭ: ޑަބްލިޔުއެޗްއޯ

އޮމިކްރޯންގެ ސަބް ވޭރިއެންޓް އޮމިކްރޯންއަށްވުރެ ނުރައްކާކަމަކަށް ނުފެނޭ: ޑަބްލިޔުއެޗްއޯ

02 ފެބުރުއަރީ 2022
އޮމިކްރޯން އާއެކު އެރި ރާޅުގެ ޕީކަށް އަދި ގިނަ ގައުމުތަކުގައި ނުދޭ، ލުއިދިނުމުގައި ސަމާލުވޭ: ޑަބްލިޔުއެޗްއޯ

އޮމިކްރޯން އާއެކު އެރި ރާޅުގެ ޕީކަށް އަދި ގިނަ ގައުމުތަކުގައި ނުދޭ، ލުއިދިނުމުގައި ސަމާލުވޭ: ޑަބްލިޔުއެޗްއޯ

02 ފެބުރުއަރީ 2022
އޮމިކްރޯންގެ ސަބް ވޭރިއެންޓް މާއަވަހަށް ފެތުރޭ

އޮމިކްރޯންގެ ސަބް ވޭރިއެންޓް މާއަވަހަށް ފެތުރޭ

29 ޖެނުއަރީ 2022
ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމުން 95 އިންސައްތަ ސަލާމަތްކޮށްދޭ

ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމުން 95 އިންސައްތަ ސަލާމަތްކޮށްދޭ

28 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު