Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށި ޕިކްނިކް އައިލެންޑް

މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކާ ނިމިއްޖެ

މި މަޝްރޫޢަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 20 ޑިސެމްބަރު 2021 | ހޯމަ 13:19
މާފުށި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ

މާފުށި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކާ ނިމިއްޖެއެވެ.

މާފުށީ ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން, ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއެވެ.

Advertisement - newsAdvertisement

އާރޓިފިޝަލް ރަށެއްގެ ގޮތުގައި ހަދާ ކ. މާފުށީ ޕިކްނިކް އައިލެންޑަކީ، އެ ރަށް ކައިރި ފަޅުތެރެއިން 2 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ ރަށެކެވެ. އެގޮތުން ޕިކްނިކް އައިލެންޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ.

އެމް.ޓީ.ސީ.ސީން ބުނީ މި މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްކަމަށާއި، އެކަމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި މަޝްރޫޢަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މިމަޝްރޫޢުގައި އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ، ހިއްކި ސަރަޙައްދު މާފުއްޓާ ކޯޒްވޭއަކުން ގުޅާލާގޮތަށެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ 3 މަޝްރޫޢެއް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. މި 3 މަޝްރޫޢުގެ މަސައްކަތްވެސް ހަވާލުކޮށް ކުރިއަށް ގެންދަނީ އެމް.ޓީ.ސީ.ސީންނެވެ.

ކ. މާފުށި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ

21 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ
06 އޮކްޓޯބަރު 2025

ކައުންސިލް ރައީސްގެ ބަންދާ ގުޅިގެން ރަށުގެ ތަރައްގީއަށް އަސަރުކުރާނެ ކަމަށް މާފުށި ކައުންސިލުން ބުނެފި

06 އޮކްޓޯބަރު 2025
ކައުންސިލް ރައީސްގެ ބަންދާ ގުޅިގެން ރަށުގެ ތަރައްގީއަށް އަސަރުކުރާނެ ކަމަށް މާފުށި ކައުންސިލުން ބުނެފި
16 އެޕްރީލު 2025

ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަނީ

16 އެޕްރީލު 2025
ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަނީ
15 އެޕްރީލު 2025

ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި

15 އެޕްރީލު 2025
ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި
01 ޖޫން 2023

ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވާ - ނާއިބު ރައީސް

01 ޖޫން 2023
ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވާ - ނާއިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު