Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިސްކިތަށް ބޮޑުކަމުދިޔަ މީހާ

މިސްކިތަށް ބޮޑުކަމުދިޔަ މީހާ ދޫކޮށްލީ ޖަލުގައި ނުބެހެއްޓޭނެތީ

ހައްޔަރުކުރި މީހާ ވަނީ ހަމަ އެދުވަހު ދޫކޮށްލާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 04:39
އައްޑޫސިޓީ ފޭދޫ، މަސްޖިދުލް އަމާން

އައްޑޫސިޓީ ފޭދޫ، މަސްޖިދުލް އަމާން

އައްޑޫސިޓީގެ މިސްކިތަކަށް ބޮޑުކަމުދިޔަ މީހާ ދޫކޮށްލީ އޭނާގެ ހާލަތު ހުރިގޮތުން ޖަލުގައި ނުބެހެއްޓޭނެތީކަމަށް ފުލުހުން ބުނެފިއެވެ.

ފޭދޫގެ މަސްޖިދުލް އަމާން މިސްކިތުގެ ތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އޭނާގެ ހާލަތު ހުރިގޮތް ބެލުމަށް އެދުވަހު ޑޮކްޓަރަށް ދެއްކުމަށްފަހު ފުލުހުން ވަނީ އޭނާގެ އާއިލާއާ އޭނާ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އުމުރުން 46 އަހަރުގެ އެ ފިރިހެންމީހާ ދޫކޮށްލީ އޭނާގެ ހާލަތު ހުރިގޮތުން ޖަލުގައި ބަހައްޓައިފިނަމަ އޭނާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި އާއިލާއާ ހަވާލުކުރުމަށްފަހު އޭނާއަށް ރަނގަޅަށް ބެލުމަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

މަސްޖިދުލް އަމާން މިސްކިތުގެ ތެރެއަށް ބޮޑުކަމު ދިއުމުގެ އިތުރުން އޭނާ ވަނީ އައްޑޫސިޓީގެ މިސްކިތެއްގެ ތަކެއްޗަށް ގެއްލުންދީފައެވެ. މިސްކިތުގެ ތެރެއަށް ބޮޑުކަމު ގޮސްފައިވާކަން އެނގުނީ ފަތިސް ނަމާދަށް އިމާމު މިސްކިތަށް ދިޔަ ފަހުންނެވެ.

އައްޑޫސިޓީގެ މިސްކިތަކަށް ބޮޑުކަމުގޮސް، މިސްކިތެއްގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެފައި ވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ރައީސް އޮފީހުގެ ދޮރުމައްޗަށާއި، ހުކުރު މިސްކިތަށާއި، އިސްލާމީ މަރުކަޒަށާއި، ޖުމްހޫރީ މައިދާނަށް ގަސްތުގައި ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާ ވެސް ވަނީ ދޫކޮށްލާފައެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި މިސްކިތްތަކަށް މިފަދަ ގެއްލުންދިނުން ވަނީ ވަރަށް ގިނަވެފައެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ފަރާތްތަކުގެ ކޮންމެވެސް މައްސަލައެއް ހުންނަކަމަށް ބުނެ މިފަދަ ފަރާތްތައް އަންނަނީ ދޫކޮށްލަމުންނެވެ.

އައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު