Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިޔާ އައުޓް ކެމްޕެއިން

ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާގުޅޭގޮތުން ފިތުނަ އުފައްދައި ގޯސް ތުހުމަތުކުރުމުން، ގުޅުމަށް އަސަރުކުރޭ: ސަރުކާރު

19 ޑިސެމްބަރު 2021 | އާދީއްތަ 14:34

ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމަށް ނުރައްކަލެއް ނުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޑިސެމްބަރު 2021 | އާދީއްތަ 14:34
އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިޔާ އައުޓް" ކެމްޕެއިންގެ ތެރެއިން

އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިޔާ އައުޓް" ކެމްޕެއިންގެ ތެރެއިން

ރާއްޖެއާ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާ ގުޅޭގޮތުން ފިތުނަ އުފައްދައި ގޯސް ތުހުމަތުތަކެއް ފެތުރުމަކީ، ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ އަވަށްޓެރި ގާތް އެކުވެރި ގައުމުތަކާމެދު އޮންނަ ބަދަހި ގުޅުންތަކަށް ނޭދެވޭ އަސަރުކުރުވާ ކަމެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން އިސްނަގައިގެން ކުރިޔަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށް، ވަނީ ބަޔާނެއް ނެރެފައެވެ. ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައި ވަނީ ސިޔާސީ ހަރަކާތްތައް ޒިންމާދާރުކަމާއެކު ކުރިޔަށް ގެންދިޔުމަށް ގޮވާލާފައެވެ. ބަޔާނުގައި ވަނީ ރާއްޖެއާ އެންމެ ގާތްގުޅުން އޮންނަ ގައުމުތަކުގެ ތެރެއިން އެއް ގައުމުކަމުގައިވާ އިންޑިޔާއާ ދެކޮޅަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މަދު ބަޔަކު، އޮޅުވާލައިގެން ފަތުރަމުންދާ އަސާސެއް ނެތް މައުލޫމާތުތަކާ ގުޅިގެން ސަރުކާރުން ނުހަނު ކަންބޮޑުވާކަމަށެވެ.

މީގެއިތުރުން މި ސަރުކާރަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަންފަދަ މުހިންމު ހައްގުތަކަށް ވަކާލާތުކޮށް، އެފަދަ ހައްގުތަކަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކެއްކަމަށް ފުރިހަމައަށް ގަބޫލުކޮށް ތާއީދުކުރާ ސަރުކާރެއް ކަމުގައިވާއިރު، އެފަދަ ހައްގުތައް ބޭނުންކުރުމުގައި ޒިންމާދާރު އަދި ޑިމޮކްރެޓިކް އުސޫލުތައް އިޚްތިޔާރުކުރުމަށް ސަރުކާރުން ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ގާތް ރަހުމަތްތެރި ގައުމުތަކާ ގުޅޭގޮތުން ނަފުރަތު އުފެދޭ ގޮތަށް ނުރަނގަޅު ތުހުމަތުތަކެއް ކުރުމުން އެކަމުގެ އަސަރު ކުރަނީ ހަމައެކަނި ދެ ގައުމުގެ ގުޅުމަށް ނޫންކަމަށާއި، ރާއްޖޭގައި ދިރިއުޅޭ އެގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެކަމުގެ އަސަރުކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެކަމުގެ އަސަރުކުރާކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނީ، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ޒަމާންވީ ބަދަހި ގުޅުންތައް ބާއްވަމުން އަންނަ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަކީ ގައުމުތަކުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ރާއްޖޭގެ ދާޚިލީ ގާނޫނުތަކާއި އެއްގޮތަށް މި ސަރުކާރުން ނަގަހައްޓާނޭ ގުޅުންތަކެއްކަމަށެވެ. އަދި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމަށް ނުރައްކަލެއް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް ފައިދާވެ، އެ ފައިދާތައް ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެކަމަށް ބަޔާނުގައި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ލީޑަރުންނަށް ވެސް ޒިންމާދާރުކަމާއެކު ހަަރަކާތްތެރިވުމަށް ގޮވާލައި، ރާއްޖެއާ ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ ގާތް ގުޅުންތަކަށް ބުރޫއަރާހެން ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލައި އެކަމަށް އިލްތިމާސްކޮށްފައެވެ.

ޚާރިޖީ ވުޒާރާއިންޑިއާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް