Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަގޭ ރާއްޖެ ކަލަންޑަރު

އުރީދޫގެ 2022 ވަނަ އަހަރުގެ ކަލަންޑަރު، ފަތުރުވެރިކަމާ ގުޅުވާފައި!

16 ޑިސެމްބަރު 2021 | ބުރާސްފަތި 13:20

ކަލަންޑަރުން، ރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ދައްކުވައިދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 13:20
އުރީދޫގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗްކުރުން

އުރީދޫގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗްކުރުން

އުރީދޫ މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ "މަގޭ ރާއްޖެ" ކަލަންޑަރު ލޯންޗުކޮށްފިއެވެ.

މަގޭ ރާއްޖެ ކަލަންޑަރު ލޯންޗުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ. މި ކަލަންޑަރު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ވަރަށް ބޮޑަށް ގުޅުވައިގެންނެވެ. އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަށްވާއިރު، މިކަން ކަލަންޑަރުން ވަރަށް ބޮޑަށް ދައްކުވައިދެއެވެ. "ސްނެޕްޗެޓް" އެޕް ބޭނުންކޮށްގެން ކަލަންޑަރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެތައް މަންޒަރެއް ފެންނާނެއެވެ.

އުރީދޫ މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރާއިރު މިކަމުގައި ކޮންމެވެސް ގޮތަކުން ބައިވެރިވެވޭތީ އުފާކުރައްވާކަމަށެވެ. ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު މަންޒިލެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް އެކި ކަންކަމަށް އެހީވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގައިވެސް ބައިވެރިވެފައިވާނެ ކަމަށް ނަޖީބް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ތައްޔާރުކޮށްފައިވާނީ އެއިން ރާއްޖޭގެ ރީތިކަން ވަރަށް ބޮޑަށް ދައްކުވައިދޭނެފަދަ ގޮތަކަށް ކަމަށް ނަޖީބް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، އުރީދޫއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް، އަދި ފަތުރުވެރިކަމުގެ ރިކަވަރީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދެމުން އަންނަ ކުންފުންޏެއް ކަމަށެވެ. ފަތުރުވެރިކަމުގެ ރަން އަހަރާ ދިމާކޮށް ލޯންޗުކުރެވިފައިވާ މި ކަލަންޑަރުންވެސް އުރީދޫގެ ހިއްސާ ދައްކުވައިދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާ ކުރިމަތިލަމުންދާއިރު، މިއަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެއަމާޒަށް ވާސިލްވުމަށް މަސައްކަތްކުރަމުންދާއިރު، މިއަހަރުގެ މިހާތަނަށް 1,223,117 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި ހިނގާ ޑިސެމްބަރު މަހުގެ މިހާތަނަށް 65،464 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ ރަން އަހަރާ ކުރިމަތިލާއިރު، އަންނަ އަހަރު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަން، ކޮވިޑް-19ގެ ކުރިން އޮތް ހާލަތަށް ރުޖޫއަވާނެ އަހަރަށް ކަމުގައި ސަރުކާރުން ގެންދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް