Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބޮޑު މޮޅަކާއެކު ސިޓީއަށް ހަތަރު ޕޮއިންޓުގެ ލީޑެއް

15 ޑިސެމްބަރު 2021 | ބުދަ 05:57

ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 41 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޑިސެމްބަރު 2021 | ބުދަ 05:57
ސިޓީ އާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން

ސިޓީ އާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު ލީޑްސް ޔުނައިޓެޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ ލީޑްސް އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ލީޑްސްގެ ތާރީޚުގައި އެންމެ ތަފާތު ބޮޑުކޮށް އެ ޓީމު ބަލިވި އެއް މެޗެވެ.

މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ފިލް ފޯޑެން ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ރިޔާދު މާރޭޒް ނަގައިދިން ހުރަހަކުން ޖެކް ގްރީލިޝް ސިޓީގެ ލީޑު ފުޅާކޮށްދިންއިރު، މިއީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ފަހުން ގްރީލިޝް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ދެން މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ރޮޑްރީ ދިން ބޯޅައަކުން ޖަހައިދިނީ ކެވިން ޑި ބްރޭނާއެވެ. މި މެޗުގައި ޑި ބްރޭނާ ލަނޑު ޖެހިއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ޑި ބްރޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި މާރޭޒް ސިޓީގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑި ބްރޭނާއެވެ. އޭގެ ފަހުން ސިޓީގެ ދެ ޑިފެންޑަރުން ކަމަށްވާ ޖޯން ސްޓޯންސާއި ނޭތަން އަކޭ ވަނީ އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ސިޓީން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުން 17 މެޗުން 41 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް ވަނީ 16 މެޗުން 36 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި ބުރާސްފަތި ދުވަހުގެރޭ ލިވަޕޫލާއި ޗެލްސީން ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ސިޓީގެ ލީޑު ހަނިވުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް