Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިމާބެހޭ ގާނޫނު

ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންބިމުން ވިޔަފާރި ކުރެވޭ ގޮތް ހަދައިފި

13 ޑިސެމްބަރު 2021 | ހޯމަ 09:34

ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިންތައް ބޭނުންކުރަންވާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ޑިސެމްބަރު 2021 | ހޯމަ 09:34
ބިން ދޫކުރަން ވާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން

ބިން ދޫކުރަން ވާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން

ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން ވިޔަފާރި ކުރެވޭ ގޮތް ހަދައިފިއެވެ.

ބިމާބެހޭ ގާނޫނަށް ގެނައި 8 ވަނަ އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ހޯމަ ދުވަހު ތަސްދީގުކުރެއްވުމާއެކު ކައުންސިލްތަކަށް އެ ކައުންސިލެއްގެ މިލކުވެރިކަމުގެ ދަށުގައިވާ ބިމުން ވިޔަފާރި ކުރެވޭ ގޮތް މިވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

ގާނޫނުގައިވާ ގޮތުން އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށަައަޅާ ބިންތައް ކަމާބެހޭ މިނިސްޓްރީ ތަކާއި ދައުލަތުގެ އިދާރާތަކާއި ހަވާލުކުރާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިނިސްޓްރީ ތަކާއި ދައުލަތުގެ އިދާރާތަކާ ބިންތައް ހަވާލުކުރުމާއި ވަކިކުރުމާއި ގުޅޭ އުސޫލުތައް މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މިގަވާއިދު ހަދަން ވާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މީގެއިތުރުން ބިމާބެހޭ މުއާމަލާތްކުރާނެ ގޮތް ކަމަށް ބުނެފައިވަނީ ބިން ހަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން ބިން ދޫކޮށް ކުއްޔަށްދީ ބިމާބެހޭ އެހެނިހެން މުއާމަލާތްކުރަންވާނީ މިގާނޫނާއި އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

އިޞްލާޙްކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާއި، ދައުލަތުގެ އިދާރާތަކާ ޙަވާލުކުރާނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބިން ޙަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުޢާމަލާތުކުރަންވާނީ، މި ޤާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އިގްތިޞާދީ ބޭނުމަކަށް އެކަށައަޅައި ކަމާބެހޭ މިނިސްޓްރީތަކާއި ނުވަތަ ދައުލަތުގެ އިދާރާތަކާއި ހަވާލުކުރާ ބިމުން ނުވަތަ ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރި އުސޫލުން މުއާމަލާތްކުރެވޭއިރު ކަމާބެހޭ މިނިސްޓްރީތަކާއި ނުވަތަ ދައުލަތުގެ އިދާރާތަކާއި ހަވާލުކުރެވޭ ބިން ނުވަތަ ކައުންސިލްގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ފަރާތްތަކުން ގާނޫނުއަސާސީ އާއި މިގާނޫނާއި ޚިލާފުނުވާ ގޮތުގެމަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދެވިދާނެކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.

އެއްވެސް މީހަކު ނުވަތަ ބަޔަކު އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ ބިމެއްގައި ނުވަތަ ބަންޑާރަ ގޯއްޗެއްގައި ހަދާފައިވާ އިމާރާތް އެއްމެދު އިމާރާތަކަށް ބަދަލުކުރުމަށް ބޭނުންނަމަ މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ އިމާރާތެއް އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްކުރަންވާނެކަމަށްވެސް ފާސްކުރި ބިލްގައި ބުނެފައިވެއެވެ.

ބިމާ ބެހޭ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ބިމުގެ ދަފުތަރު ހޯމް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީން ބަލަހައްޓަން ޖެހެއެވެ. އަދި ގާނޫނަށް އަލަށް ހުށަހެޅި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތަކުގެ މައުލޫމާތު ބިމުގެ ދަފްތަރުގައި ހިމަނަން ޖެހެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 މެއި 2017

ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަނީ

09 މެއި 2017
ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަނީ
05 މެއި 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް

05 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް
05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް