Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ކަލިއަރީ ބަލިކޮށް އިންޓަ އެއްވަނައަށް

ތާވަލުގެ އެއްވަނައަށް އިންޓަ ޖެހިލީ 40 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޑިސެމްބަރު 2021 | ހޯމަ 08:32
އިންޓަ އާއި ކަލިއަރީ ބައްދަލުކުރި މެޗުގެ ތެރެއިން

އިންޓަ އާއި ކަލިއަރީ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ކަލިއަރީ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ކަލިއަރީ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް އިންޓަ ޖެހިލިއިރު، ލީގުގައި ހޮނިހިރު ދުވަުގެރޭ ކުޅުނު މެޗުން މީގެ ކުރިން ތާވަލުގެ އެއްވަނައިގައި އޮތް އޭސީ މިލާން ވަނީ އުދިނޭޒީއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައަށް އަރަން ފުރުސަތު ލިބުނު ނާޕޮލީ ވަނީ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެމްޕޯލީ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އާދީއްތަ ދުވަހުގެރޭ އިންޓަގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ހަކަން ޗަޅަނޯލޫ ނެގި ކޯނަަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ލީޑުފުޅާކުރަން އިންޓައަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، މާޓީނޭޒް ފޮނުވާލި ޕެނަލްޓީ ކަލިއަރީގެ ގޯލްކީޕަރު އަލެސިއޯ ކްރާނޯ ވަނީ މަތަކޮށްފައެވެ.

މި މެޗުގައި އިންޓައިން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. ނިކޯލޯ ބަރެއްލާ ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސިސް ސަންޗޭޒެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޗަޅަނޯލޫ ވަނީ އިންޓަގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ދެ މިނެޓު ފަހުން ބަރެއްލާ ހުރަސްކޮށްލި ބޯޅައަކުން އިންޓަގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާޓިނޭޒެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް އިންޓަ ޖެހިލީ ކުޅުނު 17 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މިލާނަށް 17 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލަންޓާއަށް ވަނީ 17 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި ނާޕޮލީ އޮތީ 17 މެޗުން 36 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ތާވަލުގެ ފަސްވަނައިގައި އޮތް ފިއޮރެންޓީނާއަށް 17 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް އޮތީ ތާވަލުގެ ހަވަނައިގައި 17 މެޗުން 28 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު