Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދީނަށް ފުރައްސާރަ ކުރުން

ފިޔަވަޅުނޭޅި ދޫވަނީ ސާވާތައް ޖޭމްވާތީތޯއެވެ؟

11 ޑިސެމްބަރު 2021 | ހޮނިހިރު 17:39

މިފަދަ އަމަލުތައް ކުރާ މީހުންނަށް ފިޔަވަޅެއް ނޭޅޭކަމުގެ ޝަކުވާ އާއްމުން ކުރޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 ޑިސެމްބަރު 2021 | ހޮނިހިރު 17:39
ކުށްތަކަށް އަރައިގަންނަ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި ދޫވުމުގެ ޝަކުވާ ވަރަށް ބޮޑު

ކުށްތަކަށް އަރައިގަންނަ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި ދޫވުމުގެ ޝަކުވާ ވަރަށް ބޮޑު

އޮފީސްތަކާއި އެކިއެކި އިދާރާތަކުގައި ޓެކްނިކަލް މައްސަލަތަކާއި، ސާވާތައް ޖޭމްވުމުގެ އިތުރުން މުއާސަލާތީ މައްސަލަތައް ދިމާވުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. މީގެ ސަބަބުން އެ އިދާރާތަކުން ދެމުން އަންނަ ޚިދުމަތްތަކަށް ބުރޫއަރައި ބައެއް ފަހަރު ލަދެއްގައި ބެދެންޖެހޭ ފަހަރުވެސް އާދެއެވެ. ނަމަވެސް މިފަދަ މައްސަލަތައް ދިމާވުމާއެކު އެކަންތައް ރަނގަޅު ކުރުމަށް އެފަރާތްތަކުން އަވަސްވެގަނެއެވެ. އަދި ވަކިން ޚާއްސަކޮށް ސަރުކާރުގެ މައި އިދާރާއަކަށް މިފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ މުޅި ދައުލަތް "އެލާޓަށް" އަންނަތަންވެސް ފެނެއެވެ.

ނަމަވެސް މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވެ، ސާވާތައް ޖޭމްވުމުގެ ސަބަބުން އޮފީސްތަކާއި އިދާރާތަކުގެ އިތުރުން މިސްކިތްތަކުގެ ދޮރާށްޓަށް ކުޑަކަމުދިއުން މިއީ އެއްވެސް މީހަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު މިއަދު މިވާހަކަ ދެއްކުމުން ހައިރާންވާނެ މީހަކު ނުހުންނާނެއެވެ. ރައީސް އޮފީހުގެ ކުރިމައްޗަށާއި، ހުކުރު މިސްކިތުގެ ދޮރާށީގެ އިތުރުން ޖުމްހޫރީ މައިދާނުގެ ހެލިޕޭޑަށް ކުޑަކަމުގޮސް، 'ހެޓްރިކް' ހެދިމީހާގެ ވާހަކައަކީ މިހާރު ދިވެހީންނަށް އައު ވާހަކައެއް ނޫނެވެ. މިސްކިތުގައި އޮތް ޚަތިމަކަށް ކުޅުޖެހި ވާހަކައަކީވެސް ދިވެހީން ދަންނަ ވާކައެކެވެ.

މިކަންކުރި މީހާއަކީ މޮޔައަކަށް ހެދުމުގެ އިތުރުން ޑުރަގު ބޭނުން ކުރާތީ ފަރުވާއަށް ބޭނުންވެފައިވާ މީހަކަށް ހަދައި އެވާހަކަ މިހާރު އޮތީ ހިނދިފައެވެ. އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވަނީސް ސޯޝަލް މީޑިއާގައި މިހާރު ވަނީ ދިވެހި އަންހެނަކު ދީނަށް ފުރައްސާރަކޮށް މާތް ﷲ ސުބްހާނަހޫ ވަތައާލާއަށް ބޭއަދަބީ ބަހުން މުޚާތަބު ކޮށްފައިވާ ވީޑިއޯއެއް އާންމުވެފައެވެ. މިފަހަރުވެސް ވާހަކަތައް ފެތުރުނީ އޭނާއަކީ މަސްތުގެ ހާލުގައި ހުރި މީހެއް ކަމަށެވެ. ކޮންމެ ހާލެއްގައި ހުރި މީހެއްގެ ފަރާތުން ވިޔަސް މިއީ ފެނިގެންވާނެ ވަރުގެ މަންޒަރެއް ނޫނެވެ.

ކޮންމެއަކަސް މި ހުރިހާ ކަމަކުން ޔަގީންވާ އެއް ކަމެއް އެބައޮތެވެ. ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ. އަދި ގާނޫނުގެ ދަލުގައި ހުރި ކޮންމެވެސް ލޯވަޅަކުން އެމީހުން އަަބަދުވެސް ދެމިގަނެއެވެ. މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ. މީގެ ސަބަބުން މިފަދަ އަމަލުތައް ކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބި، މިފަދަ މައްސަލަތައް އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

މިއާ ޚިލާފަށް ރާއްޖޭގައި ފޭރުމުގެ މައްސަލައިން ފެށިގެން ރިހާކުރު ފުޅިއެއް ވަގަށް ނަގާ މީހާއަށާއި، އަގަށް އެސައިމެންޓް ހަދައިދޭ މީހުންގެ މައްޗަށްވެސް އަންނަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. މީގެ ސަބަބުން މިފަދަ ކުށްތައް ވަނީ މަދުވެސް ވެފައެވެ.

އެކަމަކު ދީނަށް ފުރައްސާރަކުރާ މީހުންގެ މައްޗަށް ކުރެވުނު ހުކުމެއް ނެތެވެ. އެޅުނު ފިޔަވަޅެއްވެސް އޮތީއެއް ނޫނެވެ. މޮޔައަކަސް، ޑުރަގު ބޭނުންކުރާތީ ފަރުވާއަށް ބޭނުންވެފައިވާ މީހެއް ކަމަށް ވިޔަސް، އެމީހުންނަށް ބޭނުންވާ ފަރުވާ ދޭތަނެއްވެސް ނުފެނެއެވެ. ދީނަށް ފުރައްސާރަ ކުރުމުގެ މި މައްސަލައިގައި އެންމެން ތިބީ މާނިދި މަތުރާފައެވެ. މިކަމުގައިވެސް މައްސަލަތައް ދިމާވެ ފިޔަވަޅުނޭޅި ކުށްވެރިން ދޫވަނީ ސާވާތައް ޖޭމްވާތީ ކަމަށް ވެދާނެއެވެ. ފަންނީގޮތުން ހައްލު ހޯދަން ޖެހިފައި އޮތީ އެކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ސަރުކާރުގެ އިޚްލާސްތެރިކަމެއްނެތިގެން ޑްރަގު ބޮޑުން ދޫވަނީ

19 އޮކްޓޯބަރު 2025
ސަރުކާރުގެ އިޚްލާސްތެރިކަމެއްނެތިގެން ޑްރަގު ބޮޑުން ދޫވަނީ
23 ޖޫން 2020

ހައިކޯޓުން ޤާނޫނު މާނަ ކުރި ގޮތުން ހެކި ހުރެވެސް ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫވަނީ؟!

23 ޖޫން 2020
ހައިކޯޓުން ޤާނޫނު މާނަ ކުރި ގޮތުން ހެކި ހުރެވެސް ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫވަނީ؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް