Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓް

ޖަޕާނުން އޮމިކްރޯންގެ އައު 8 ކޭހާއެކު ޖުމްލަ އަަދަދު 12ށް

11 ޑިސެމްބަރު 2021 | ހޮނިހިރު 03:45

އައު ވޭރިއަންޓާއެކު ގިނަ ގައުމުތަކުން އަންނަނީ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންތައް އަވަސް ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ޑިސެމްބަރު 2021 | ހޮނިހިރު 03:45
އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަނީ ވަރަށް ކުޑަ އަލާމާތެއް

އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަނީ ވަރަށް ކުޑަ އަލާމާތެއް

ޖަޕާނުން އޮމިކްރޯންގެ އައު 8 ކޭސް ފެނިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އެ ގައުމުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ އެ ކޭސްތައް ފެނުނީ އެއަރޕޯޓަށް އައިސް، ޓެސްޓުތައް ހެދި މީހުންގެ ކިބައިން ކަމަށެވެ. އޭގެ ތެރެއިން ދޭ ކޭހަކީ އޮމިކްރޯން ފެނުނު މީހެއްގެ ކްލޯޒް ކޮންޓެކްޓުން ކަމަށެވެ. މި ފެނުނު 8 ކޭހާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ދީފައިނުވާއިރު އެމީހުންނަކީ އެމެރިކާ އާއި ދެކުނު އެފްރިކާއިން ދަތުރު ކުރި މީހުން ކަމަށް ދަނީ ބުނަމުންނެވެ.

އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ 57 ގައުމަކުން މިހާތަނަށް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. އައު ވޭރިއަންޓާއެކު ގިނަ ގައުމުތަކުން އަންނަނީ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންތައް އަވަސް ކުރަމުންނެވެ. ސައިންސްވެރިން ދެކޭގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް މިޕެންޑަމިކް ނިމުމަކަށް ގެނައުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފަގީރު ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދީ ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމެވެ.

އޮމިކްރޯން ވޭރިއަންޓާއެކު ދަތުރު ނުކުރުމަށް އަންގާ ގައުމުތަކުން އަންނަނީ ޓްރެވަލް އެޑްވައިޒަރީ ނެރެމުންނެވެ. ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން، ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި، ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ބޮޑު ތަކުލީފުތަކެއް ދިމާވާނެ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.

އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަނީ ވަރަށް ކުޑަ އަލާމާތެއް ކަމަށް، މި ވޭރިއަންޓް އުޅޭކަން ފުރަތަމަ ހޯދި ސައުތް އެފްރިކާގެ ޑޮކްޓަރު، ޑރ. އަންޖެލީކް ކުޓްޒީ ވަނީ ވިދާޅުވެފައެވެ. ޑރ. އަންޖެލީކް ވިދާޅުވީ އައު ވޭރިއަންޓް ޖެހޭ ބަލި މީހުންނަށް ގޭގައި ވެސް ފަރުވާ ދެވިދާނެ ކަމަށެވެ.

ދެކުނު އެފްރިކާއިން ފެނުނު މިވޭރިއަންޓާމެދު ސައިންސްވެރިން އެންމެ ބޮޑަށް ކަންބޮޑުވަނީ މިވޭރިއަންޓްގައި ހުރި މިޔުޓޭޝަންތަކުގެ އަދަދުގެ ސަބަބުންނެވެ. އިނގިރޭސިވިލާތުގެ ހެލްތު އޮފިޝަލަކު ވިދާޅުވީ މިވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން މިޔުޓޭޝަންގެ އަދަދު 30ށް ވުރެ ގިނަ ކަމަށެވެ. ސްޕައިކް ޕްރޮޓީން އަކީ ވައިރަސް އިންސާނާގެ ސެލްތަކަށް ވަނުމަށް ބޭނުންކުރާ އެއްޗެކެވެ. މިއީ ޑެލްޓާ ވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން އަށްވުރެ ދެގުނަ އަދަދެކެވެ. އަދި ކޮވިޑް-19ގެ އަސްލުގައި ހިމެނޭ ސިފަތަކަށް ބޮޑެތި ބަދަލުތަކެއް އައިސް ވައިރަސް ފެތުރޭ ގޮތަށް ބަދަލުތަކެއް ގެނުވާނެ ކަމެކެވެ.

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2018

އައު އަހަރު ފެށުން ފާހަގަ ކުރުމުގެ ތެރޭގައި ފިލިޕީންސްގައި ގިނަ ބަޔަކު ޒަޚަމް ވެއްޖެ

01 ޖެނުއަރީ 2018
އައު އަހަރު ފެށުން ފާހަގަ ކުރުމުގެ ތެރޭގައި ފިލިޕީންސްގައި ގިނަ ބަޔަކު ޒަޚަމް ވެއްޖެ
01 ޑިސެމްބަރު 2017

ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!

01 ޑިސެމްބަރު 2017
ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!
24 ނޮވެމްބަރު 2017

ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟

24 ނޮވެމްބަރު 2017
ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟
23 ސެޕްޓެމްބަރު 2017

އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

23 ސެޕްޓެމްބަރު 2017
އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
29 މެއި 2017

އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ

29 މެއި 2017
އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް