Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ހޮންކޮންގުގެ އޭ ލިސްޓްގައި

ރާއްޖެއިން ހޮންކޮންގަށް ދަތުރުކުރުން އެ ގައުމުން މަނާ ކޮށްފި

7 ޑިސެމްބަރު 2021 | އަންގާރަ 04:09

މިހާތަނަށް 46 ގައުމަކުން އޮމިކްރޯން ވޭރިއަންޓު ވަނީ ފެނިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ޑިސެމްބަރު 2021 | އަންގާރަ 04:09
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް

ރާއްޖެއިން ހޮންކޮންގަށް ދަތުރުކުރުން އެ ގައުމުން މަނާ ކޮށްފިއެވެ.

މި މަހުގެ 9 ވަަނަ ދުވަހުން ފެށިގެން އެ ގައުމަށް ރާއްޖެއިން ދަތުރުކުރުން މަނާކޮށް، ރާއްޖެވަނީ އެ ގައުމުގެ އޭ ލިސްޓްގައި ހިމަނާފައެވެ. އޭ ލިސްޓްގައި ހިމަނާފައިވާ ގައުމުތަކަކީ ކޮވިޑް-19ގެ ސަބަބުން އެ ގައުމަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅާ ލިސްޓެކެވެ. ބެލެވޭ ގޮތުގައި ރާއްޖެ އޭ ލިސްޓަށް ލާފައިވަނީ، ރާއްޖެއިން ކޮވިޑްގެ އައު ވޭރިއަންޓް، އޮމިކްރޯން ފެނުމާ ގުޅިގެންނެވެ.

ރާއްޖެއާއި އެކު އަލަށް އޭ ލިސްޓަށް ލާފައިވަނީ، ސެނެގާލް އާއި ޓިއުނީޝިއާއެވެ.

އޭ ލިސްޓްގައި ހިމެނޭ ގައުމުތަކުގައި ތިބި ހޮންކޮންގްގެ ރައްޔިތުން އެނބުރި ގައުމަށް ދިޔުމަށްފަހު އެ ގައުުމުން ކަނޑައަޅާ ވަކިި ހޮޓެލެއްގައި 21 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެެވެ.

އޮމިކްރޯންއަކީ "ވޭރިއަންޓް އޮފް ކޮންސަރން"ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. މިހާތަނަށް 46 ގައުމަކުން މި ވޭރިއަންޓު ވަނީ ފެނިފައެވެ.

އޮމިކްރޯނަށް ރާއްޖެއިން ޕޮޒިޓިވްވީ ރާއްޖެ އައި ސައުތު އެފްރިކާ ފަތުރުވެރިއެކެވެ. މިކަން އެޗްޕީއޭއިން ވަނީ ކަށަވަރުކޮށްފައިވަނީ ޖީނޯމިކް ސީކުއެންސް ހެދުމަށްފަހުއެވެ. މިހާރު ރާއްޖެއިން ބޭރަށް ފޮނުވައިގެން ޖީނޯމިކް ސީކުއެންސް ހަދަމުން އަންނައިރު، ރާއްޖެއިން މި ޓެސްޓް ހެދުމަށް މެޑިފްލެކްސް ލެބޯޓްރީން ވަނީ ތައްޔާރުވެފައެވެ. އެކަމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެތަނުން އަންނަނީ މަަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް