Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމުގެ މިނިވަންކަން

މިވީ 3 އަހަރުތެރޭގައި ފަންޑު ފޮށި ބަހައްޓަންޖެހުނު މީޑިއާއެއް ނެތް: ފަލާހު

ޔާމީންގެ ސަރުކާރުގައި އެކި ފަހަރުމަތިން ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2021 | އަންގާރަ 04:23
ރާއްޖެޓީވީގައި ބެހެއްޓި "އަބުރު ފަންޑު" ފޮށި

ރާއްޖެޓީވީގައި ބެހެއްޓި "އަބުރު ފަންޑު" ފޮށި

މި ސަރުކާރަށް 3 އަހަރުވީއިރު ފަންޑު ފޮއްޓެއް ބަހައްޓައިގެން ޖޫރިމަނާގެ ފައިސާ ހޯދަން ޖެހުނު ޓީވީ ސްޓޭޝަނެއް ނެތް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ މީޑިއާގެ މިނިވަންކަމުގެ ވާހަކަ ދެއްކެވުމުގެ ފުރުސަތެއް ރައީސް ޔާމީންއަކަށް ނޯންނާނެ ކަމަށެވެ. ރައީސް ޔާމީންގެވެރިކަމުގައި ގިނަ މީޑިއާތަކެއް ބަންދުކޮށް، ރާއްޖެ ޓީވީ އެތައް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަން ފަލާހު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން ފަންޑު ފޮށި ބަހައްޓާފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މި ސަރުކާރަށް ތިން އަހަރު ވެފައިވާއިރު، މިވީ ދުވަސްތަކުގެ ތެރޭގައި ފަންޑު ފޮއްޓެއް ބަހައްޓައިގެން ޖުރިމަނާ ފައިސާ ހޯދަންޖެހުނު ޓީވީ ސްޓޭޝަނެއް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ. މިއާއެކު ދެ ވެރިކަމެއްގައި ހުރި ތަފާތު ވަރަށް ބޮޑަށް ފެންނަމުން ދާކަމަށް ފަލާހު ވިދާޅުވިއެވެ. މީޑިއާގެ މިނިވަންކަމާއި، ކޯޓުތަކުގެ މިނިވަންކަމުގެ ވާހަކައަކީ އެމްޑީޕީގެ ވެރިކަމެއްގައި އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށް ފަލާހު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދެއްވައި، މިނިވަން ނޫސްވެރިކަން ކުރުމުގެ ފުރުސަތު ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮންލައިން ނޫސްތައް ފިޔަވައި އެހެން ނޫސްތައް އޮންނަންޖެހެނީ "ސަރުކާރުގެ ޖީބުގައި" ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. މިއަދު ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއް އަދި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ ވަރަށް "ޖޯކު" ވާހަކަތަކެއް ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުންދެއެވެ. ވަކިން ޚާއްސަކޮށް އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިންނަށް ކުރިމަތިކުރުވި ކަންކަން ތަހައްމަލު ކުރަންޖެހިފައިވާ ނޫސްވެރިން މިވާހަކަ ދައްކައެވެ.

އެމަނިކުފާނުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ހޯއްދަވައި ދެއްވާފައިވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވެފައިވާއިރު، އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށް ދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ދަށުން ގިނަ ނޫސް މީޑިއާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

އޭގެ އިތުރުން، ކޮންމެ އަހަރަކު އެއްފަހަރު 180 ގައުމު ހިމެނޭގޮތަށް އާންމު ކުރަމުންދާ ޕްރެެސް ފްރީޑަމް އިންޑެކްސަށް ބަލާއިރު، 2013 ވަނަ އަހަރު ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ލިސްޓުގެ 103 ވަނައިގައެވެ. 2018 އާއި ހަމައަށް ރާއްޖެ 17 ދަރަޖަ ދަށަށް ވެއްޓުނެވެ. އޭރު ސަރުކާރުން މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ބޭނުންގޮތަކަށް ގާނޫނުތައްހަދައި އެކި މުއައްސަސާތަކުން އަމަލު ކުރަމުން ދިޔަ ގޮތުގެ ސަބަބުން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުވެސް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށެވެ.

2018 ވަނަ އަހަރު ނެރުނު ލިސްޓްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ. އަދި 2019 ވަނަ އަހަރު އާންމު ކުރި ލިސްޓުގައި ރާއްޖެ 98 ވަނައިގައި އޮތްއިރު، 2020 ވަނަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ އޮތީ 79 ވަނައިގައެވެ. އިތުރު 7 ދަރަޖައިގެ ކުރިއެރުމާއެކު މިއަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ.

ޔާމީންގެ ވެރިކަމުގައި އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށް ދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމަށް ދިމާވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައި ވެއެވެ. އަދި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މީޑީއާތަކަށް ކުރިމަތިވި ގޮންޖެހުންތަކާއި، ގާނޫނުތަކާއި، އިޖުރާއަތުތަކާ ޚިލާފަށް ނޫސްވެރިން ހައްޔަރުކޮށް ދައުވާ ކުރުމަކީ ރާއްޖޭގައި ނޫސްވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

މި ގާނޫނު ބޭނުންކޮށްގެން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންގެ މައްޗަށް އެތައް ދައުވާއެއް ކުރެވިގެން ދިޔައެވެ. ރާއްޖޭގެ މިނިވަން މީޑިއާތަކަށް ރައީސް ޔާމީނުގެ ވެރިކަމުގައި އެތައް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނުކަމަށް އާރުއެސްއެފުން ފާހަގަކޮށްފައިވާއިރު، އެޖައްމިއްޔާއިން މިސާލެއްގެ ގޮތުގައި ނަގާފައިވަނީ 'ރާއްޖެޓީވީ'އެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކޮށް، ރާއްޖެޓީވީގެ މައްޗަށް އަބުރުގެ ދައުވާކޮށް ހަތަރު ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާއިން ޖޫރިމައިނާ ކޮށްފައިވެއެވެ.

އަދި އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަންޖެހުމާއި، ނޫސްވެރިޔާ މުހައްމަދު ރިލުވާން އަބްދުﷲ ގެއްލުވާލުމުގެ އިތުރުން ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ހާދިސާއަކީވެސް ޔާމީންގެ ވެރިކަމުގައި ހިނގައިފައިވާ ކަންތައްތަކެވެ.

އޭގެ އިތުރުން، ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ކުރާ ހުކުމްތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނުލްއުގޫބާތު ބަދަލު ކުރަން އޭރުގެ ސަރުކާރުން ހުށަހެޅި އިސްލާހާމެދުވެސް ނޫސްވެރިން ހިތްހަމަނުޖެހުން ފާޅު ކޮށްފައިވެއެވެ. ވުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދެއްވާފައިވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވުމުން ގިނަ ބަޔަކު މިއަދު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ނަމަވެސް ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ އަބުރުގެ ގާނޫނު އުވާލައްވާފައެވެ. އެއާއިއެކު ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުންތަކެއް ލިބުނުކަން އާރުއެސްއެފް އިންވެސް ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ

ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ

29 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު