Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮމްބަޑްސްޕާރސަން އޮފީހުގެ މަސައްކަތް

މައްސަލަތައް ޖުލައި މަހަށް ނިންމުމަށް މިދަނީ މަސައްކަތް ކުރަމުން - ޗީފް އޮމްބަޑްސްޕާރސަން

ތަޖުރިބާ ލިބިފައި ތިބި މީހުން ނިސްބަތުން މަދު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 ޑިސެމްބަރު 2021 | ހޯމަ 07:00
އަބްދުއްސަލާމް އާރިފް - ޗީފް އޮމްބަޑްސްޕާރސަން

އަބްދުއްސަލާމް އާރިފް - ޗީފް އޮމްބަޑްސްޕާރސަން

ކުރިން ހުށަހެޅިފައިވާ މައްސަލަތަކުގެ އެއްބައި ފެބްރުއަރީއަށް އަދި މިހާރު ހުށަހެޅިފައިވާ މައްސަލަތައް ޖުލައި މަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޗީފް އޮމްބަޑްސްޕާރސަން އަބްދުއްސަލާމް އާރިފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްސަލާމް ވިދާޅުވީ، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތާއި ލިޔެ ކިޔުންތައް ހޯދުމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތައް ހުރި ނަމަވެސް ސަރުކާރުގެ އިދާރާތަކުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމުގައި އެއްބާރުލުން ލިބޭ ކަމަށެވެ. މައްސަލަތައް ނިންމުމަށް ބޭނުންވާ އިންސާނީ ވަސީލަތާއި ފަންނީ ވަސީލަތްތައް ހޯދަމުން އަންނަ ކަމަށާއި، އުންމީދަކީ އެ ވަސީލަތަތަކާއެކު ޖުލައި މަހަށް މަސައްކަތް ނިންމުން ކަމަށެވެ. ދުވަސްވީ ލިޔުންތައް ހޯދުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، އިދާރާތަކުން ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެެ.

Advertisement - newsAdvertisement

މިދާއިރާގައި ތަޖުރިބާ ލިބިފައި ތިބި މީހުން ނިސްބަތުން މަދު ކަމަށާއި، ދާއިރާއިން ތައުލީމު ހާސިލު ކުރާ ކުދިން ގިނަ ނަމަވެސް ތަޖުރިބާ ހުރި މީހުން ނުލިބުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާއިރު، ބައެއް މައްސަލަތަކަކީ ހާދިސާ ހިނގި ތަނުން ނޫނީ ހަގީގަތް ނޭނގޭނެ މައްސަލަތަކެވެ. އެހެންކަމުން ހެކިވެރިންގެ ބަޔާންތައް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، ބައެއް މައްސަލަތަކުގައި، ބަޔާން ނެގުމަށް ދާން ޖެހޭ ސަރަހައްދުތައްވެސް މިހާރު ކަނޑައެޅި އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ.

އެ އޮފީހަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ގޯތިގެދޮރުގެ މައްސަލަތަކެވެ. އެކިއިރު ވަޒީފާ ގެއްލިފައިވާ ފަރާތްތަކުގެ މައްސަލަތަކާއި އޮފީސް އުވާލެވިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ވަކި ފަރާތަކަށް ބަދަލު ދީފައި ހުރި މައްސަލަތައް ވެސް ވަނީ ހުށަހެޅިފައެވެ. އުނގެނުމުގެ ހައްގުގެ އުނިކަމާއި ގުޅިގެން 6 މައްސަލަ ހުށަހެޅިފައިވެއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

ޗީފް އޮމްބަޑްސްޕާރސަން އަބްދުއްސަލާމް އާރިފް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2021

މުއިއްޒު އޮމްބަޑްސްޕާސަންއާއި ބައްދަލުކުރުން، ސުވާލު އުފެދޭ އެތައް ކަމެއް!

13 އޮކްޓޯބަރު 2021
މުއިއްޒު އޮމްބަޑްސްޕާސަންއާއި ބައްދަލުކުރުން، ސުވާލު އުފެދޭ އެތައް ކަމެއް!
15 ސެޕްޓެމްބަރު 2021

ސިފައިންގެ އަމުރަށް 14 އަހަރުގައި ޖަލަށް، ކުށެއް ނެތްކަމަށް ކަނޑައެޅުމުން ވެސް ތައުލީމުން މަޙުރޫމު!

15 ސެޕްޓެމްބަރު 2021
ސިފައިންގެ އަމުރަށް 14 އަހަރުގައި ޖަލަށް، ކުށެއް ނެތްކަމަށް ކަނޑައެޅުމުން ވެސް ތައުލީމުން މަޙުރޫމު!
10 ޖޫން 2021

އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލާނެ އުސޫލު އެކުލަވާލައިފި

10 ޖޫން 2021
އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލާނެ އުސޫލު އެކުލަވާލައިފި
08 ޖޫން 2021

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހެޅުމަށް ހުޅުވާލައިފި

08 ޖޫން 2021
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހެޅުމަށް ހުޅުވާލައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު