Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮމިކްރޯން ވޭރިއަންޓް

އޮމިކްރޯން ވޭރިއަންޓަކީ ކޮންކަހަލަ ވޭރިއަންޓެއްކަމަށް ބުނަން އަދި މާއަވަސް: ޑރ. އެންތަނީ ފައުޗީ

ފެންނަ ކަންކަމަށް ބަލާއިރު ހާލަތު ގޯސްވެދާނެ ކަމަށް ނުފެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 02:27
އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ

އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ

އޮމިކްރޯން ވޭރިއަންޓަކީ ކޮންކަހަލަ ވޭރިއަންޓެއް ކަމަށް ބުނަން އަދި މާ އަވަސް ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ޑރ. ފައުޗީ ވިދާޅުވީ މި ވޭރިއަންޓާއެކު ހާލަތު އެހާ ގޯސްވެދާނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި ފެންނަ ކަންކަމަށް ބަލާއިރު ހާލަތު ގޯސްވެދާނެ ކަމަށް "ނުފެންނަ" ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ފައުޗީ މިހެން ވިދާޅުވެފައިވާއިރު ކުރިޔަށް އޮތް ތަނުގައި އޮމިކްރޯން ވޭރިއަންޓް ވެގެންދާނީ އެންމެ ބޮޑަށް ފެތުރޭ ވޭރިއަންޓަށް ކަމުގައި ޑަބްލިޔުއެޗްއޯގެ އެންމެ އިސް ސައިންޓިސްޓް ސޯމިޔާ ސްވާމިންތަން ވަނީ ވިދާޅުވެފައެވެ.

ރޮއިޓަރސްގެ ނެކްސްޓް ކޮންފަރެންސް ގައި ވާހަކަދައްކަވަމުން ސޯމިޔާ ވިދާޅުވީ އެ ވޭރިއަންޓަށް އެހެން ވެކްސިނެއް ބޭނުންވާނެ ކަމަށް ނުބެލެވޭކަމަށެވެ. ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށް ވުރެ އޮމިކްރޯން ވޭރިއަންޓުން ކުރާ އަސަރު ކުޑަކަމަށް އަދި ނިންމަން މާއަވަސްކަމަށް ސޯމިޔާ ވިދާޅުވިއެވެ. އަދި މިވޭރިއަންޓް އުފެދިފައިވާ ތަނަކީ ދެކުނު އެފްރިކާ ކަމަށް ނިންމުމަކީވެސް އަދި ޔަގީނާ ގާތަށް އެނގޭކަމެއް ނޫންކަމަށެވެ.

އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އަދި އެއްޗެއް ބުނަން އަވަސްކަމަށާއި ނަމަވެސް ކުރިޔަށް އޮތްތަނުގައި މިވޭރިއަންޓަކީ އެންމެ ބޮޑަށް މިހާތަނަށް ފެތުރިފައިވާ ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓަށްވުރެ ބޮޑަށް ފެތުރޭނެ ވޭރިއެންޓެއްކަމަށް ބެލެވޭކަމަށް ސޯމިޔާ ވިދާޅުވިއެވެ. މުޅި ދުނިޔެއިން ފެނިފައިވާ ކޮވިޑްގެ ކޭސްތަކުގެ 99 އިންސައްތަ ކޭހަކީ ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯންގެ ސަބަބުން މާބޮޑަށް ހާސްވެ ކަންބޮޑުނުވުމަށް ވެސް ސޯމިޔާ ވަނީ ގޮވާލައްވާފައެވެ.

އައު ވޭރިއަންޓާއެކު ގިނަ ގައުމުތަކުން އަންނަނީ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންތައް އަވަސްކުރަމުންނެވެ. ގިނަ ސައިންސްވެރިން ދެކޭގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް މިޕެންޑަމިކް ނިމުމަކަށް ގެނައުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފަގީރު ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދީ ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމެވެ. ބޫސްޓަރ ޑޯޒް މުއްސަނދި ގައުމުތަކަށް ދިނުމެއް ނޫނެވެ.

އޮމިކްރޯން ވޭރިއަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮމިކްރޯން ވޭރިއަންޓްގެ އައު 2 ސަބް ވޭރިއަންޓެއް ފެނިގެން ދިރާސާކުރަނީ

އޮމިކްރޯން ވޭރިއަންޓްގެ އައު 2 ސަބް ވޭރިއަންޓެއް ފެނިގެން ދިރާސާކުރަނީ

11 އެޕްރީލު 2022
އޮމިކްރޯންގެ ސަބް ވޭރިއެންޓް އޮމިކްރޯންއަށްވުރެ ނުރައްކާކަމަކަށް ނުފެނޭ: ޑަބްލިޔުއެޗްއޯ

އޮމިކްރޯންގެ ސަބް ވޭރިއެންޓް އޮމިކްރޯންއަށްވުރެ ނުރައްކާކަމަކަށް ނުފެނޭ: ޑަބްލިޔުއެޗްއޯ

02 ފެބުރުއަރީ 2022
އޮމިކްރޯން އާއެކު އެރި ރާޅުގެ ޕީކަށް އަދި ގިނަ ގައުމުތަކުގައި ނުދޭ، ލުއިދިނުމުގައި ސަމާލުވޭ: ޑަބްލިޔުއެޗްއޯ

އޮމިކްރޯން އާއެކު އެރި ރާޅުގެ ޕީކަށް އަދި ގިނަ ގައުމުތަކުގައި ނުދޭ، ލުއިދިނުމުގައި ސަމާލުވޭ: ޑަބްލިޔުއެޗްއޯ

02 ފެބުރުއަރީ 2022
އޮމިކްރޯންގެ ސަބް ވޭރިއެންޓް މާއަވަހަށް ފެތުރޭ

އޮމިކްރޯންގެ ސަބް ވޭރިއެންޓް މާއަވަހަށް ފެތުރޭ

29 ޖެނުއަރީ 2022
ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމުން 95 އިންސައްތަ ސަލާމަތްކޮށްދޭ

ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމުން 95 އިންސައްތަ ސަލާމަތްކޮށްދޭ

28 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު