Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފެން ލިބުމުގައި ދިމާވާ މައްސަލަ

ކުރެހުމުން ލައްކަ ވާހަކަ: އަމިއްލަ އެދުން ހަމަ ބޮޑީތަ؟

ކުރަހާފައިވަނީ ހދ. ކުޅުދުއްފުށްޓަށް އުފަން މުހައްމަދު މުސްތަފާ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 01:49
މުހައްމަދު މުސްތަފާ ކުރަހާފައިވާ ކުރެހުން،

މުހައްމަދު މުސްތަފާ ކުރަހާފައިވާ ކުރެހުން،

ފެނަކީ ދިރުމެވެ. އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، 450 މިލިއަން ކުޑަކުދިން ހިމެނޭގޮތަށް، 1.42 ބިލިއަނަށް ވުރެ ގިނަ މީހުން، ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރުދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން ވެސް ޖެހެއެވެ. މިއީ ދުނިޔޭގެ ބޮޑު މައްސަލައަކަށްވާއިރު، އެކި ލެވަލްގައި މި މައްސަލަ ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުންދެއެވެ. އެގޮތުން ދާދިފަހުން މިމައްސަލައަށް އަލިއަޅުއްވާލައްވާ އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިވާހަކަފުޅުތަކަށް މާގިނަ ދުވަހެއް ނުވެއެވެ. ފެނުގެ ދަތިކަމާއި ގުޅުން ހުރި ފޮޓޯއެއް އަންވެއިލިންގ ވިޝަންސް 2021ގެ މައުރަޒުން މިވަނީ ފެނިގެން ގޮސްފައެވެ. ފުން އެތައް މާނައެއް އެކުލެވިގެންދާ އެ ކުރެހުމުން މިހާރުގެ ހާލަތު ވެސް ފެނިގެންދެއެވެ. ހަނަފަސް ސަހަރާއެއްގައި ހަލާކުވެފައިވާ ދެ ފެން މީޓަރު ކުރަހާދީފައިވާއިރު، ކަނެއްގައި މީހަކު ހުރެއެވެ. އޭނާގެ އަތުގައި ފެން ބިލް އޮވެއެވެ. އެއީ ގޮތްހުސްވެ ފެން ވަރަށް ބޮޑަށް ބޭނުންވެފައިވާ މީހެއްކަން ހާމަވެގެންދެއެވެ. ނަމަވެސް އެއްވެސް މީޓަރަކުން ފެން ލިބޭނެ ގޮތެއް ނެތްއިރު، ދެމީޓަރުގެ ދޭތެރޭގައި ފެންފުޅިއެއް ތަށިވެފައިވާ މަންޒަރު ކުރަހާފައިވެއެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެ ކުރެހުން ކުރަހާފައިވަނީ ހދ. ކުޅުދުއްފުށްޓަށް އުފަން ޒުވާނެއް ކަމަށްވާ މުހައްމަދު މުސްތަފާއެވެ. އާޓް ގެލަރީގައި ބަހައްޓާފައިވާ އެކުރެހުމުގެ ތިރީގައި ލިޔެލާފައިވެއެވެ.''އެންމެން ކަރުހިއްކުން ފިލުވާދޭ ވަރަށް، އަދި މުޅި މީހާ ތެމޭވަރަށް އެބަހުރި. އެކަމަކު އެއަށްވުރެ ބޮޑަށް އަމިއްލަ އެދުން ގަދަ.''މިހެންނެވެ.

މިކުރެހުމާއި ބެހޭ ގޮތުން ރާއްޖެއެމްވީއަށް މުސްތަފާ ބުނެފައިވަނީ އެއީ ސަރިއަލް އާޓެއް ކަމަށެވެ. މާނަ އެނގެން ބޭނުންވާނަމަ ކުރެހުމާމެދު ވިސްނަން ޖެހޭނެ ކަމަށާއި، ވިސްނި ވަރަކަށް ވަރަށް ފުންމާނަ ތަކެއް ނެގޭނެ ކަމަށް އޭނާ ބުންޏެވެ.

ތެދެކެވެ. ފެނަކީ ގުދުރަތުން އަޅުގަނޑުމެންނަށް ލިބޭ އެއްޗެކެވެ. އެއީ އެއްވެސް އިންސާނަކަށް އުފެއްދޭނެ އެއްޗެއް ނޫނެވެ. ބިމާއި، ކަނޑުގައި ފެން ނުވާނަމަ، ނުވަތަ ވާރޭ ނުވެހޭނަމަ ފެނެއް ނުލިބޭނެއެވެ. ގުދުރަތުގެ މިނިޒާމުގެ ތެރެއިން ފެން ލިބޭއިރު، މުޅި ދުނިޔޭގައި ފެން ވިޔަފާރިއަކަށް ހަދައި ބޮޑު އަގުގައި ވިއްކުމަކީ އަމިއްލަ އެދުން އިސްކުރުންކަމުގައި ބުނެވިދާނެ ނުންތޯއެވެ. ރާއްޖޭގެ ވިޔަފާރިވެރިން ވެސް ފެން ވިއްކަމުންދަނީ އެކިއެކި އަގުތަކުގައެވެ. މިއަދާ ހަމައަށް ވަކި އަގެއް ކަނޑައެޅިފައިނުވާތީ ނުއަގުގައި ފެންފުޅި ވިއްކާ މަންޒަރު ފެނިގެންދެއެވެ. އެގޮތުން މާލެ ސިޓީގައި 300 އެމްއެލް ފެން ފުޅިއެއް ފިހާރައަކުން ލިބެނީ 3 ރުފިޔާއަށެވެ. ކެފޭ/ރެސްޓައުރެންޓުން 5 ނުވަތަ 10 ރުފިޔާއަށް ފެންފުޅި ވިއްކައެވެ. އަތޮޅުތެރޭގެ ރަށްރަށުން 300 އެމްއެލް ފެންފުޅި 4 ރުފިޔާއާއި 5 ރުފިޔާގެ އަގުގައި ވެސް ވިއްކައެވެ.

މީގެ އިތުރުން ހޫނު މޫސުމުގައި އަތޮޅުތެރޭގެ ރަށްރަށުން ފެން ހުސްވެ، މާލެއިން ފެން ފޮނުވަން ވެސް ޖެހެއެވެ. އަދި މި މައްސަލަ ބޮޑުވެ، ފެން ލިބުމުގައި ދަތިވާތީ ހޫނު މޫސުން އަންނަންވާއިރަށް ކުރީއާލައި ފެންނަގައި ރައްކާކުރާ އާއިލާތައް ވެސް މަދެއް ނޫނެވެ. ނަމަވެސް ފެން ރައްކާކުރުމުގެ ނަސީބު އެންމެނަށް ނުލިބިދާނެއެވެ. އެއްދުވަހުން އަނެއް ދުވަހައް މިމައްސަލަ ބޮޑުވަމުންދާއިރު، އަސްލު މައްސަލަ ދެނެގަނެ، އެކަށީގެންވާ ހައްލެއް ގެނައުމަށް ރާއްޖެއިން މަސައްކަތް ކުރުން ބުއްދިވެރިއެވެ. އެހެންނޫން ކަމަށްވާނަމަ، މުސްތަފާގެ އާޓް ދުނިޔެއަށް ދޫކޮށްލި އެ ކުރެހުމުގައި ބުނާ ބީދައިން އެކަންކަން ހައްލުނުކުރާނަމަ ކޮންމެ މީހެއްވެސް ވާނީ އަމިއްލަ އެދުން ބޮޑު މީހަކަށެވެ.

އަންވެއިލިންގ ވިޝަންސްފީޗަރ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފި

އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފި

21 ޖުލައި 2024
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު