Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން

ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން ވިޔަފާރި ކުރެވޭ ގޮތަށް ބިމާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސްފި

ބިން ދޭންވާނީ އެބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ނޮވެމްބަރު 2021 | އަންގާރަ 02:35
ހއ.އިހަވަންދޫ

ހއ.އިހަވަންދޫ

އިގްތިޞާދީ ބޭނުމަށް އެކަށައަޅައި ކަމާބެހޭ މިނިސްޓްރީތަކާ ނުވަތަ ދައުލަތުގެ އިދާރާތަކާ ހަވާލުކުރާ ބިމުން ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން, ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރި އުސޫލުން މުއާމަލާތްކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރެވެ. މި ބިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ފުށުއަރާ ގާނޫނުތައް އިސްލާހު ކުރުމަށް ދީފައިވާ 6 މަސްދުވަސްތެރޭގައި އެއިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ. މިބިލް ދިރާސާކޮށްފައިވަނީ ލާމަރުކަޒީ ކޮމިޓީންނެވެ.

Advertisement - newsAdvertisement

މިއިސްލާހުގެ ބިލްގެ ކޮމިޓީ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވާއިރު ބިލުގައި ބުނެފައިވަނީ އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށަަ އަޅާ ބިންތައް ކަމާބެހޭ މިނިސްޓްރީ ތަކާއި ދައުލަތުގެ އިދާރާތަކާއި ހަވާލުކުރާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިނިސްޓްރީ ތަކާއި ދައުލަތުގެ އިދާރާތަކާ ބިންތައް ހަވާލުކުރުމާއި ވަކިކުރުމާއި ގުޅޭ އުސޫލުތައް މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މިގަވާއިދު ހަދަން ވާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މީގެއިތުރުން ބިމާބެހޭ މުއާމަލާތްކުރާނެ ގޮތް ކަމަށް ބުނެފައިވަނީ ބިން ހަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން ބިން ދޫކޮށް ކުއްޔަށްދީ ބިމާބެހޭ އެހެނިހެން މުއާމަލާތްކުރަންވާނީ މިގާނޫނާއި އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

އަދި އެކި މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިންތައް ބޭނުންކުރަންވާނީ އަދި އެކި ފަރާތްތަކަށް ދޫކުރަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ އެބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ބިމެއް އެކަށައަޅާފައިވާ ބޭނުމަކަށް ނުވަތަ ކަމަކަށެވެ.

ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ބޭނުންކުރަންވާނީ އެކިއެކި ފަރާތްތަކަށް ދޫކުރަންވާނީ ނުވަތަ ކުއްޔަށްދޭންވާނީ އެބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ބިމެއް އެކަށައަޅާފައިވާ ބޭނުމަކަށް ނުވަތަ ކަމަކަށެވެ.

މީގެއިތުރުން އިގްތިޞާދީ ބޭނުމަކަށް އެކަށައަޅައި ކަމާބެހޭ މިނިސްޓްރީތަކާއި ނުވަތަ ދައުލަތުގެ އިދާރާތަކާއި ހަވާލުކުރާ ބިމުން ނުވަތަ ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރި އުސޫލުން މުއާމަލާތްކުރެވޭއިރު ކަމާބެހޭ މިނިސްޓްރީތަކާއި ނުވަތަ ދައުލަތުގެ އިދާރާތަކާއި ހަވާލުކުރެވޭ ބިން ނުވަތަ ކައުންސިލްގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ފަރާތްތަކުން ގާނޫނުއަސާސީ އާއި މިގާނޫނާއި ޚިލާފުނުވާ ގޮތުގެމަތިން ދެ ވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދެވިދާނެކަމަށްވެސް ފާސްކުރި ބިލްގައި ބުނެފައިވެއެވެ.

އެއްވެސް މީހަކު ނުވަތަ ބަޔަކު އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ ބިމެއްގައި ނުވަތަ ބަންޑާރަ ގޯއްޗެއްގައި ހަދާފައިވާ އިމާރާތް އެއްމެދު އިމާރާތަކަށް ބަދަލުކުރުމަށް ބޭނުންނަމަ މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ އިމާރާތެއް އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްކުރަންވާނެކަމަށްވެސް ފާސްކުރި ބިލްގައި ބުނެފައިވެއެވެ.

މިގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އިއްތިފާގުންނެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަނީ

09 މެއި 2017
ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަނީ
05 މެއި 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް

05 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް
05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު