Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން

2023 ގެ ކުރިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް، އަމާޒަށްވުރެ އިތުރުވާނެ: އަހުމަދު އަލީ

މި ސަރުކާރު ހަވާލުވީއިރު އިއާދަކުރަނިވި ވަސީލަތުން އުފައްދަމުންދިޔައީ 16.8 މެގަވޮޓުގެ ކަރަންޓު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2021 | ހޯމަ 20:22
މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް އެނަރޖީ އިންޖީނިއަރިން އަހުމަދު އަލީ

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް އެނަރޖީ އިންޖީނިއަރިން އަހުމަދު އަލީ

2023 ވަނަ އަހަރުގެ ކުރިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 20 އިންސައްތައަށް މަތިކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް އެނަރޖީ އިންޖީނިއަރިން އަހުމަދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވިގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަހުމަދު އަލީ ވިދާޅުވީ 2018 ވަނަ އަހަރު މި ސަރުކާރުން މި މަސައްކަތްތަކާ ހަވާލުވީއިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދަމުންދިޔައީ އެންމެ 16.8 މެގަވޮޓުގެ ކަރަންޓު ކަމަށެވެ. އެހެންނަމަވެސް ފާއިތުވި 3 އަހަރުތެރޭ ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކާއި، ކަރަންޓު އުފައްދާ އެހެނިހެން ކުންފުނިތަކާއި، ރިސޯޓުތަކުން ކުރި މަސައްކަތުން މި އަދަދު 36.5 މެގަވޮޓަށް އިތުރުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވޭތުވެދިޔަ 3 އަހަރު އެކަނި 45 އިންސައްތަ އިތުރުކުރެވިފައިވާކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު ބިޑަށް ހުޅުވާލައިގެން އިވެލުއޭޓްކުރުމުގެ މަރުހަލާގައި 11 މެގަވޮޓެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، ޅ. ހިންނަވަރު، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫގައި ގާއިމްކުރާ ސޯލަރ ހަކަތަ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި އިތުރު 10 މެގަވޮޓުގެ ފްލޯޓިން ސޯލަރ ގާއިމްކުރުމަށްވެސް އިއުލާނުކޮށްފައިވާނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

ލ. މުންޑޫ ފިޔަވައި އެ އަތޮޅުގެ އެހެން ހުރިހާ ރަށަކާއި، ޅ. ނައިފަރާއި. ދ. ކުޑަހުވަދޫ ހިމެނޭގޮތަށް ހޮވާލެވިފައިވާ ޖުމްލަ 14 ރަށެއްގައި އިތުރު 11 މެގަވޮޓުގެ ސޯލަރ ޕީވީ ހަރުކުރެވިގެންދާނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ. އިތުރު 20 ރަށެއްގެ ބެޓްރީ އަދި ގްރިޑް އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމުގެ ދަށުން ކ. އއ. އދ. ވ. މ. ފ. ދ. މި އަތޮޅުތަކުގައި ގާތްގަނޑަކަށް 9 މެގަވޮޓުގެ ކަރަންޓު އުފެއްދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު އަލީ ވިދާޅުވީ މިހާރު ކުރަން ނިންމާފައިވާ މި މަސައްކަތްތަކާއެކު 50 މެގަވޮޓު އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ކުރިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 20 އިންސައްތައަށް މަތިކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލްވެވި، މިއަށްވުރެ އިތުރަށްވެސް ހާސިލްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު މަސައްކަތްކުރަމުންދަނީ 2030 ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ކަމަށާއި، މި އަމާޒަށް ވާސިލްވުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން އިތުރު މަސައްކަތްތައްވެސް ކުރުމަށް ނިންމާފައިވާކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމު ގާއިމްކުރުމަށް މިނިސްޓްރީން ވަނީ ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ. މިހާރުވެސް ބައެއް ސަރަހައްދުތަކުގައި މި ނިޒާމު ގާއިމްކޮށް ބޭނުންކުރަމުންދާއިރު، ބައެއް ރަށްރަށުގައި މި ނިޒާމު ގާއިމްކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ. މިގޮތުން ބައެއް ރަށްރަށުގެ ބިޑިން މަރުހަލާ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު