Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަމުގެ މަޝްރޫއުތައް

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުދޭން ނިންމައިފި

ޖުމްލަ 10 ހުށަހެޅުމެއް ކޮމިޓީން ފާސްކޮށްފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ނޮވެމްބަރު 2021 | ހޯމަ 14:10
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތައް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތައް

ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދަވާ ބޯހިޔާވެހިކަމުގެ މަޝްރޫޢާ ގުޅޭ މައްސަލަ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު އެސްއޯއީ ކޮމިޓީން ނިންމި ގޮތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ 32 މެމްބަރުންގެ ވޯޓުންނެވެ. ޖުމްލަ 10 ހުށަހެޅުމެއް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދިނުމުން، ކުންފުނި އުފައްދާފައި އޮތް މަގްސަދާ އެއްގޮތަށް މަސައްކަތްތައް ކުރުމުގެ ބަދަލުގައި މުޅިން އެހެން ކަމަކަށް ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ޚަރަދު ކުރުމުން ކޭޝްފްލޯ ތާށިވެ، ކުންފުނީގެ މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވޭކަން ފާހަގަކޮށްފައިވެއެވެ. ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ އެންމެ އެދެވޭ ގޮތެއްގައި ލިބޭނީ، ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތްކުރިޔަށް ގެންދިއުމުންކަމަށެވެ.

ހައުސިންގ ޕްރޮޖެކްޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުމަށްފަހު، އެ ހައުސިންގ ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކުންފުނިތަކުގެ ޕްރައިމަރީ ފަންކްޝަންގައި ނުހިމެނޭ ދާއިރާތަކަށް ލޯނު ނަގަންޖެހުމަކީ، ކުންފުނިތަކުގެ މާލީ ޙާލަތަށް އަސަރު ފޯރާނެ ކަމެއް ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފްލެޓްތަކުގެ ހަގީގީ މަންފާއެއް މުވައްޒަފުންނަށް ހޯދައިދިނުމަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފްލެޓްތައް ލިބިދިނުމަށްޓަކައި، އެ ފަރާތްތަކުން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ނުވަތަ ފައިނޭންސްކުރާނޭ ވިހާވެސް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ކުންފުނިތަކަށް ދެންނެވުމާއި، އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މިހާރު މަސައްކަތް ނުނިމޭ ހައުސިންގ ޕްރޮޖެކްޓްތަކުގައި ހުރި މައްސަލަތައް ދެނެގަނެ، އެ ކަންތައްތައް ޙައްލުކުރެއްވުމަށް ދެންނެވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

ނިމޭއިރު ލިބެންޖެހޭ ހުރިހާ ޚިދުމަތްތައް ލިބެން ޖެހޭނެ ކަމަށާއި، އުސޫލުތައް ހުރީ އެންމެ ހަރުދަނާކޮށް ނޫންކަން ފާހަގަކޮށް އުސޫލުތައް ބައްޓަންކުރުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ، ޤައުމީ ބޯހިޔާވެހިކަމުގެ ސިޔާސަތާ އެއްގޮތަށް ފްލެޓްތައް ދޫކުރުމުގެ އުސޫލު ބައްޓަންކުރުމަށް ވަނީ ލަފާދީފައެވެ. އަދި ފްލެޓްތައް ދިނުމުގައި ކުންފުނިތަކުގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ދާއިމީ މުވައްޒަފުންނަށް އިސްކަންދިނުން ހިމެނެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްތައް އެޅުމަށް 15 ފަރާތަކަށް ބިންދޫކޮށްފައިވާއިރު، އޭގެ ތެރެއިން މަސައްކަތް ކުރިއަށްދަނީ އެންމެ 6 ޕްރޮޖެކްޓްގައި ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ނުދާ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދެންނެވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

ކުންފުނީގެ މުވައްޒަފުންނަށް ދޫކުރުމަށްފަހު ބާކީވާ ފްލެޓްތައް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މިންގަނޑަށް ފެތޭ ފްލެޓްތައް ސަރުކާރަށް ނެގުމަށްފަހު، ބާކީވާ ފްލެޓްތައް މާކެޓުގައި ވިއްކުމަށް ދެންނެވުމަށްވެސް ނިންމާފައިވެއެވެ.

ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ހާޒިކޮށް މައުލޫމާތު ސާފުކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު