Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއެންޓް

އޮމިކްރޯން ވޭރިއެންޓް މިހާތަނަށް ފެނުނީ 14 ގައުމަކުން

އޮމިކްރޯން ވޭރިއަންޓް ފެނުނު ނަމަވެސް ގައުމުތަކުގެ ބޯޑަރުތައް ބަންދު ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެދިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2021 | ހޯމަ 07:45
މީހެއްގެ ޕީސީއާރް ޓެސްޓް ހަދަނީ

މީހެއްގެ ޕީސީއާރް ޓެސްޓް ހަދަނީ

މިދިޔަ ހަފުތާގައި ސައުތު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއެންޓް "އޮމިކްރޯން" މިހާތަަނަށް ފެނިފައިވަނީ 14 ޤައުމަކުންނެވެ.

ސްޕެކްޓޭޓަރ އިންޑެކްސްގައި ވާގޮތުން އެ ޤައުމުތަކަކީ:

އޮމިކްރޯން ވޭރިއަންޓް ފެނުނު ނަމަވެސް ގައުމުތަކުގެ ބޯޑަރުތައް ބަންދު ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެދިފައެވެ. އޮމިކްރޯން ވޭރިއަންޓާއެކު އެގައުމަށް ދަތުރު ނުކުރުމަށް އަންގާ ގައުމުތަކުން އަންނަނީ ޓްރެވަލް އެޑްވައިޒަރީ ނެރެމުންނެވެ. ދެކުނު އެފްރިކާއިން ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން، ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި، ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ބޮޑު ތަކުލީފުތަކެއް ދިމާވާނެ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.

އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަނީ ވަރަށް ކުޑަ އަލާމާތެއް ކަމަށް، މި ވޭރިއަންޓް އުޅޭކަން ފުރަތަމަ ހޯދި ސައުތް އެފްރިކާގެ ޑޮކްޓަރު، ޑރ. އަންޖެލީކް ކުޓްޒީ ވަނީ ވިދާޅުވެފައެވެ. ޑރ. އަންޖެލީކް ވިދާޅުވީ އައު ވޭރިއަންޓް ޖެހޭ ބަލި މީހުންނަށް ގޭގައި ވެސް ފަރުވާ ދެވިދާނެ ކަމަށެވެ.

ދެކުނު އެފްރިކާއިން ފެނުނު މިވޭރިއަންޓާމެދު ސައިންސްވެރިން އެންމެ ބޮޑަށް ކަންބޮޑުވަނީ މިވޭރިއަންޓްގައި ހުރި މިޔުޓޭޝަންތަކުގެ އަދަދުގެ ސަބަބުންނެވެ. އިނގިރޭސިވިލާތުގެ ހެލްތު އޮފިޝަލަކު ވިދާޅުވީ މިވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން މިޔުޓޭޝަންގެ އަދަދު 30ށް ވުރެ ގިނަ ކަމަށެވެ. ސްޕައިކް ޕްރޮޓީން އަކީ ވައިރަސް އިންސާނާގެ ސެލްތަކަށް ވަނުމަށް ބޭނުންކުރާ އެއްޗެކެވެ.

މިއީ ޑެލްޓާ ވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން އަށްވުރެ ދެގުނަ އަދަދެކެވެ. އަދި ކޮވިޑް-19ގެ އަސްލުގައި ހިމެނޭ ސިފަތަކަށް ބޮޑެތި ބަދަލުތަކެއް އައިސް ވައިރަސް ފެތުރޭ ގޮތަށް ބަދަލުތަކެއް ގެނުވާނެ ކަމެކެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު

28 އޯގަސްޓު 2017
ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު
03 އޯގަސްޓު 2017

ރަޝިއާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން މިހާތަނަށް ގޯސްވެފައި ނުވާހާ މިންވަރަށް ގޯސްވެއްޖެ: ރައީސް ޓްރަމްޕް

03 އޯގަސްޓު 2017
ރަޝިއާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން މިހާތަނަށް ގޯސްވެފައި ނުވާހާ މިންވަރަށް ގޯސްވެއްޖެ: ރައީސް ޓްރަމްޕް
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
23 ޖޫން 2017

ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

23 ޖޫން 2017
ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު