Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިއެންއޭގެ ޕާސިންގ އައުޓް ޕެރޭޑް

އައިއެންއޭގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ބޭރު ގައުމެއްގެ ވަޒީރަކަށް މާރިޔާ!

27 ނޮވެމްބަރު 2021 | ހޮނިހިރު 16:23

މިނިސްޓަރ ވަނީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ޑިފެންސް ކޯޕަރޭޝަން ޕާރޓްނަރޝިޕްގެ މައްޗަށް އަލިއަޅުއްވާލައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ނޮވެމްބަރު 2021 | ހޮނިހިރު 16:23
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވަނީ

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވަނީ

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ، އިންޑިއަން ނޭވަލް އެކެޑަމީ (އައިއެންއޭ)ގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއީ، އިންޑިއާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑެއް، ބޭރު ގައުމެއްގެ ވަޒީރަކު ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ހެނދުނު ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ، އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ޑިފެންސް ކޯޕަރޭޝަން ޕާރޓްނަރޝިޕްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދިފާއީ ކަންކަމުގައި ދެގައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާ އާއި، ދެގައުމާއި, އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އިންޑިއަން ނޭވަލް އެކެޑަމީން ދަސްވެނިވި މިޑްޝިޕްމަނުންނާއި ކެޑޭޓުންނާ މުޚާތަބުކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، އައިއެންއޭ ފަދަ ގަދަރުވެރި، ތާރީޚީ މުއައްސަސާއަކުން ލިބުނު އިލްމާއި ފަންނީ މައުލޫމާތާއި ލީޑަރޝިޕްގެ ހުނަރު ބޭނުންކުރަންވާނީ، މިސަރަހައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަޒުމާއި ވިސްނުމުގައި ކަމަށެވެ. މިޒަމާނަކީ ދޭދޭ ގައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ، އެގައުމުތައް ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާންކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާވެސް ކުރިމަތިލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައިއެންއޭއިން ތަމްރީނުކޮށްދީފައިވާ އެމްއެންޑީއެފް އޮފިސަރުން މިއަދު މަތީ ރޭންކުތަކުގައި ދިވެހި އަސްކަރިއްޔާއަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އައިއެންއޭއަށާއި އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދައުވަތަކަށް އިންޑިޔާއަށް ކުރެއްވި މިދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، އިންޑިއާގެ ނޭވީގެ ސަދަރން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިންގ ފެސިލިޓީތައް ބައްލަވާލައްވާފައެވެ. އަދި އިންޑިއާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާވެސް އެކަމަނާވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިއާގެ ނޭވީގެ ޓްރެއިނިންގ ކޮމާންޑުކަމަށްވާ ސަދަރން ނޭވަލް ކޮމާންޑުންވަނީ، އެމްއެންޑީއެފްއަށް ބޭނުންވާ ހުރިހާ ރޮނގަކުން، ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދެއްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2020

32 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި

09 ނޮވެމްބަރު 2020
32 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި
12 އޮކްޓޯބަރު 2020

ސަރުކާރުން މާލީ އިދާރާތަކަށް ފޯރުކޮށްދީފައިވާ ދައުލަތުގެ އައުޓްސްޓޭންޑިންގް ބެލެންސް ދިމަލެއް ނުވޭ: އޮޑިޓް ރިޕޯޓް

12 އޮކްޓޯބަރު 2020
ސަރުކާރުން މާލީ އިދާރާތަކަށް ފޯރުކޮށްދީފައިވާ ދައުލަތުގެ އައުޓްސްޓޭންޑިންގް ބެލެންސް ދިމަލެއް ނުވޭ: އޮޑިޓް ރިޕޯޓް
13 ސެޕްޓެމްބަރު 2020

"އިންޑިއާ އައުޓް" އޭ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސްގެ ސެލްތަކުން: ރައީސް ނަޝީދު

13 ސެޕްޓެމްބަރު 2020
"އިންޑިއާ އައުޓް" އޭ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސްގެ ސެލްތަކުން: ރައީސް ނަޝީދު
17 ޖުލައި 2020

ޔޫތް މިނިސްޓްރީން 32 ރަށެއްގައި އައުޓްޑޯރ ޖިމް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

17 ޖުލައި 2020
ޔޫތް މިނިސްޓްރީން 32 ރަށެއްގައި އައުޓްޑޯރ ޖިމް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
03 ސެޕްޓެމްބަރު 2019

61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް

03 ސެޕްޓެމްބަރު 2019
61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް
28 ޖުލައި 2019

މިނިވަން ދުވަހާއި ގުޅިގެން ޣިޔާސުއްދިން އިންޓަނޭޝަނަލް ސްކޫލްގެ ޕެރޭޑް ހުޅުމާލެގައި ބާއްވައިފި

28 ޖުލައި 2019
މިނިވަން ދުވަހާއި ގުޅިގެން ޣިޔާސުއްދިން އިންޓަނޭޝަނަލް ސްކޫލްގެ ޕެރޭޑް ހުޅުމާލެގައި ބާއްވައިފި
27 ޖުލައި 2019

މިނިވަން ދުވަހުގެ މުނާސަބަތުގައި ޕެރޭޑް ބާއްވައިފި

27 ޖުލައި 2019
މިނިވަން ދުވަހުގެ މުނާސަބަތުގައި ޕެރޭޑް ބާއްވައިފި
22 މާރިޗު 2019

''އަމީނީ ސަންދަރެސް'' ނަމުގައި އައުޓް ޑޯ ޖިމް ހުޅުވަނީ

22 މާރިޗު 2019
''އަމީނީ ސަންދަރެސް'' ނަމުގައި އައުޓް ޑޯ ޖިމް ހުޅުވަނީ
01 އޮކްޓޯބަރު 2018

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ނިންމުމުގެ ޕެރޭޑް މާދަމާ ހަވީރު

01 އޮކްޓޯބަރު 2018
ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ނިންމުމުގެ ޕެރޭޑް މާދަމާ ހަވީރު
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް