Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުދައްޔުގެ މަރުގެ މައްސަލަ

އުދައްޔުގެ މަރުގެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފި

27 ނޮވެމްބަރު 2021 | ހޮނިހިރު 07:35

18 އަހަރުނުވާ ކުއްޖާގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ޖުވެނައިލް ކޯޓަށް ހުށައެޅި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ނޮވެމްބަރު 2021 | ހޮނިހިރު 07:35
ހައި ކޯޓު- ހައިކޯޓުން ވަނީ ޖުވެނައިލް ކޯޓުގެ ނިންމުން ބާތިލުކޮށްފައި

ހައި ކޯޓު- ހައިކޯޓުން ވަނީ ޖުވެނައިލް ކޯޓުގެ ނިންމުން ބާތިލުކޮށްފައި

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުޑަކުއްޖާ ގޭބަންދަށް ބަދަލު ކުރުމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލު ކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ 18 އަހަރުނުވާ ކުއްޖާގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ޖުވެނައިލް ކޯޓަށް ހުށައެޅިއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ޖުވެނައިލް ކޯޓުން އޭނާ ގޭބަންދަށް ބަދަލު ކޮށްފައިވަނީ ކުޑަކުދިން ބަންދު ކުރުމަށް ޤާނޫނުގައި ލާޒިމުކުރާ، އަދި ހުއްދަކުރާ މިންވަރުގެ އެކަށީގެންވާ ޖަލެއް މި ވަގުތު ރާއްޖޭގައި ނެތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަކަށް ރިއާޔަތްކޮށެވެ. އެގޮތުން ބައެއް މައްސަލަތަކުގައި ހިމެނޭ ކުޑަކުދިން ޖަލު ބަންދުން ދޫކޮށްލާފައިވާއިރު، އައްސޭރި ޖަލުގައި އެއްވެސް މައްސަލައަކާ ގުޅިގެން ކުޑަކުދިން ބަންދު ނުކުރުމަށް އެޗްއާރްސީއެމް އިން ވަނީ ކަރެކްޝަންސްއަށްވެސް އަންގާފައެވެ.

އޭނާ ޝަރުތުތަކާއެކު ގޭބަންދަށް ދޫކޮށްލީ ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން އަމަލު ކުރާނެގޮތުގެ ގަވާއިދުގެ 65 ވަނަ މާއްދާގެ (ކ) އަށް ރިއާޔަތްކޮށް ގާޒީއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުންނެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ބުރާސްފަތި ދުވަހު ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓުގައި އެ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމަކީ 30 ދުވަހުގެ ތެރޭގައި އެކަންކަން ރަނގަޅުކުރުމަށްފަހު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި، ހިއުމަން ރައިޓްސް ކޮމިޝަނާ ދެމެދު ވާހަކަ ދެއްކިގެން ޙައްލު ނުކުރެވޭނެ ކަންތައްތަކެއްކަމަށް ޝަރީއަތަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަރުކަޒުތައް ގާއިމު ކުރަންޖެހެނީ 20 މެއި 2022 ގެ ކުރިން ކަމަށްވާއިރު، އަދި އެ މުއްދަތު ފާއިތުނުވާކަން ވެސް ޝަރީއަތުން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ އަމަލުގެ ބާވަތަށާއި، އެ އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، މިއީ އަނިޔާވެރިކަން ހިމެނޭގޮތަށް ކޮށްފައިވާ ކުށުގެ ޢަމަލެއްކަން އެނގެން އޮތުމުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދަށް ރިއާޔަތްކޮށް ބަލާއިރު މިފަދަ ޢަމަލެއް ކުރިކަމުގެ ތުހުމަތުކުރެވޭ ފަރާތެއް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ބަލަންޖެހޭކަމަށް ޙުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ވަނީ ޖުވެނައިލް ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

8 ފެބުރުވަރީ 2021 ދުވަހުގެރޭ ގއ. މާމެންދޫގައި، ހިންގި މާރާމާރީގައި، އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވެފައިވާއިރު، އޭނާ ވަޅުލާފައިވަނީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ފޭސް ދޭއްގައި، މަރާލާފައި ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާވެސް، ދާދި ފަހުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެގޮތުން ކުޑަކުދިން ބަންދުކޮށްފައި ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ރާއްޖޭގައި ނެތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަކަށް ރިއާޔަތްކޮށް، ޖުވެނައިލް ކޯޓުން އެކުއްޖާވެސް ގޭބަންދަށް ބަދަލުކުރީއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް