Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަމަޟާން 1438

ތަކެތީގެ އަގުތައް އުފެލެނީ ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވުމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިއީ ދިވެހިންނަށް ހައްޤު މިންވަރު ނޫން ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 27 މެއި 2017 | ހޮނިހިރު 21:50
ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނު ވަނީ ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވެފަ

ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނު ވަނީ ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވެފަ

ރަމަޟާން މަހު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދަނީ، ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވެފައިވުމުގެ ސަބަބުންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަސް ފެށިގެން ދިޔައިރު، ބާޒާރުގައި ބައެއް ބާވަތްތައް ލިބެން ނެތްއިރު، ބައެއް ބާވަތްތަކުގެ އަގުތައް ވަނީ ކޮންޓްރޯލްނުވެ މައްޗަށް އަރައިގެންގޮސްފައެވެ.

Advertisement - newsAdvertisement

ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާއިރު އެކަމަށް އިޝާރަތްކުރައްވާ ރައީސް މުޙައްމަދު ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރޯދަމަހު ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިމިހުރީ، ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވެފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ ދިވެހިންނަށް ހައްޤު މިންވަރު ލިބެންޖެހޭ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާ އިރު މިރުހުގެ އަގު އުޅެނީ 100 ގްރާމް 60ރ. އާއި 80ރ. ދެމެދުގައެވެ. ދޮންކޭލުގެ އަގު ހުރީ ވަކެއް 5ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް ހުރީ 20ރ. އަށެވެ. ކަރާގެ އަގު މިހާރު ހުރީ ކިލޯއެއް 15ރ. އާއި 18ރ. އާދެމެދުމުގެ އަގުތަކެއްގައެވެ.

މާރުކޭޓުގައި ކިއުކަމްބާ ހުރީ، ކިލޯއެއް 40ރ. އަށެވެ. ލުނބޯގެ އަގު ކިލޯއެއް 35ރ. އާއި 40ރ. އަށް ހުރި އިރު، ކާށި ހުރީ، 10ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން ބޮޑެތި ކާށި 30ރ. އަށް މާރުކޭޓުން ލިބެން އެބަ ހުއްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު