Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްތުވާތަކެތި އާންމުވުން

ޑްރަގުގައި ޖެހި "ލާޗާރުބިޗާރު" ވާ މީހުން ގިނަވަނީ

24 ނޮވެމްބަރު 2021 | ބުދަ 06:55

މަސްތުވާތަކެތީގައި ޖެހި ޖީލެއް ދަނީ ހަލާކުވަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ނޮވެމްބަރު 2021 | ބުދަ 06:55
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބައެއް- ފޮޓޯ: މިހާރު، ސަން

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބައެއް- ފޮޓޯ: މިހާރު، ސަން

މަސްތުވާތަކެތީގެ ވަބާއަކީ މި ކުޑަކުޑަ ރާއްޖޭގައި ފެތުރިފައި އޮތް އެންމެ ނުރައްކާތެރި ވަބާއެވެ. މިވަބާގައި ޖެހި، ޖީލެއް ހަލާކުވެގެން ދަނީއެވެ. އަންނަން އޮތް ޖީލުތައް ހަލާކުވެދާނެކަމުގެ ބިރު އުފެދެނީއެވެ. މަސްތުވާތަކެތި ބޭނުންކުރުން މިހާރު ވަނީ އާންމު ކަމަކަށް ވެގެން ގޮސްފައެވެ. މިކަމުގެ ވިޔަފާރިކުރާ މީހުން ގިނަވެ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މިންވަރުވެސް އިތުރުވަނީއެވެ.

ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އާންމުވެފައި އޮންނަ ބަހެއް އޮވެއެވެ. "ލާޗާރުބިޗާރީ" އެވެ. މިބަސް އެކި ގޮތްގޮތަށް ބޭނުންކޮށް އުޅޭއިރު، މަސްތުވާތަކެތި ބޭނުންކޮށްގެން އެއް ބިތުން އަނެއް ބިތަށް ޖެހެމުންދާ މީހުންނަށް އަމާޒުކޮށްވެސް މި ބަސް "ލާޗާރުބިޗާރު" ބޭނުންކުރެއެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން "ލާޗާރުބިޗާރީ"އަށް މަގުމަތީގައި މީހުން ގިނަވާ ވާހަކައެވެ. ހަމައެކަނި ވެރިރަށް މާލެއަށް ބަލައިލިޔަސް މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ގިނެވެގެން އުޅޭ މީހަކު ނުފެންނަ ދުވަހެއް ނުދާނެއެވެ.

ރާއްޖޭގައި މި ވަބާ ފެތުރިފައި އޮތް މިންވަރު ބަލައިލި ކޮންމެ ދިމާލަކުންވެސް ފެނެއެވެ. ޖަލުތަކަށް ބަލައިލި ނަމަވެސް މެއެވެ. މިވަގުތު ޖަލުގައި ތިބި ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. އެހާ ހިސާބުން މިކަން ނިމުނީކީވެސް ނޫނެވެ. ޖަލުގެ ތެރެއިން ވެސް މަސްތުވާތަކެތީގެ ޑީލްތައް ހަދަނީއެވެ. މިހާހިސާބުން މި މުޖުތަމައުން މަސްތުވާތަކެތީގެ މައްސަލަތައް މަދުވެގެންނެއް ނުދެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރުވެސް މަދެއް ނުވެއެވެ.

މިދިޔަ ފާއިތުވި ތިން އަހަރުތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެ، އަތުލައިގަނެވުނު މިންވަރު ހާމަކޮށްދެއްވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ 973 ކިލޯގެ މަސްތުވާތަކެތި ފާއިތުވި ތިން އަހަރުތެރޭގައި އަތުލައިގަނެވިފައިވާކަމަށެވެ. މީގެ ތެރެއިން އަތުލައިނުގަނެވި، ކިހާ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެވެފައި ހުންނާނެތޯ ސުވާލު އުފެދެއެވެ. ޔަގީނުންވެސް އެނގޭ ކަމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމެވެ.

މިފަހަކުން ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ބޭނުންކުރާ ބޮޑެތި އައްޑާތައް ވަނީ ބަންދުކޮށްފައެވެ. އަދި އެތަންތަނުގައި ޑިއުޓީކުރަންވެސް ވަނީ ފަށާފައެވެ. އެހެންކަމުން އެތަންތަނުގައި މަސްތުވާތަކެތި ބޭނުންކޮށް، ނިދައި، ފާހާނާކޮށް އުޅުނު މީހުން މަގުމަތިވީއެވެ. މަގުމަތިން މިގޮތަށް ލާޗާރުބިޗާރީ ވެގެން ގިނަވާ މީހުން ފެންނަ މިންވަރު އިތުރުވީ މިހާހިސާބުންނޭ ބުންޏަސް ދޮގަކަށް ނުވެދާނެއެވެ.

އެހެންނަމަވެސް އެއް ގޮތުުން ނުވަންޏާ އެހެން ގޮތެއް ހޯދާ އުސޫލުން މިހާރު އެމީހުން ޖަމާވަމުންދަނީ ހުޅުމާލެ ފޭސް 2 ސަރަހައްދަށެވެ. މިހާރު އެމީހުން މަސްތުވާތަކެތި ބޭނުންކޮށް، ނިދައި، ފާޚާނާކޮށް ހަދަމުންދަނީ އެ ސަރަހައްދުގައިހުރި ހިޔާ ފްލެޓުތަކުގައެވެ. މިހާރު އެ ސަރަހައްދު ވެފައިވަނީ ކުށުގެ ވެއްޓަކަށެވެ. ހަމައެކަނި ހިޔާ ފްލެޓުތަކެއް ނޫނެވެ. މާލޭގެ ގޭގެއިންވެސް ފަސޭހައިން ވަދެވޭ ގޮތަށް ހުންނަ ތަންތަނަށް އެމީހުން ވަދެއެވެ.

މިއާއެކު މުޅި މުޖުތަމައު މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މިފަދަ މީހުން މަގުމަތީގައި ގިނަވެގެން އުޅޭއިރުވެސް ފުލުހުންނަށް އެކަންކަން ނުހުއްޓުވި، އަތްދަށުން ދޫވެގެންގޮސްފައިވާކަމީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ރިހެބިލިޓޭޓް ކުރި ނަމަވެސް މުޖުތަމައަށް ނިކުންނަ ދުވަސް ނޫން އަނެއް ދުވަހު ފެންނަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ކޮންމެވެސް ތަނަކަށް ވެއްޓިފައި އޮންނަ ތަނެވެ.

އެހެންކަމަށްވާއިރު، މިކަން މިހާބޮޑަށް ބޮއްސުންލައިގެން ގޮސްފައިމިވަނީ މުޅި ނިޒާމުގެ ތެރޭގައި އޮތް މައްސަލައެއްގެ ސަބަބުންކަމަށް މިހާރު ވިސްނެން ފަށައިފިއެވެ. ރައްޔިތުން ބޭނުންވާފަދަ އަމާން މުޖުތަމައެއް ހޯދައިދެވޭނީ މިކަމަށް ދާއިމީ ހައްލެއް ހޯދިގެންނެވެ. މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް ދޭންޖެހޭ ހައްގު އަދަބު އެމީހުންނަށް ދެވިގެންނެވެ.

މަސްތުވާތަކެތިހައުސިންގ މިނިސްޓްރީމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް