Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރިންސިޕަލުން ހޯދުން

ސްކޫލްތައް ހިންގަން ގާބިލް މީހުން ނުލިބެނީ މުސާރަ ކުޑަވުމުން - މިނިސްޓަރ

24 ނޮވެމްބަރު 2021 | ބުދަ 05:10

އެއް އަހަރު ފަހުން ގާބިލް 20 މީހުން ލިބޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 ނޮވެމްބަރު 2021 | ބުދަ 05:10
ޑރ. އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރ

ޑރ. އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރ

ސްކޫލްތައް ހިންގަން ގާބިލް މީހުން ނުލިބެނީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ސްކޫލްތައް ހިންގަން މީހުން ގެއްލިގެންދަނީ މުސާރަ ކުޑަވުމުގެ ސަބަބުން ކަމަށެވެ. މިކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި، އޭގެތެރެއިން ކުރެވުނު މަސައްކަތުން އެހެން ރަށަކަށް ދަންޏާ އިތުރު އެލަވަންސް ލިބޭ ގޮތަށް މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ. ސްކޫލްތައް ހިންގުމަށް ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އެންމެ ފަހުން ހިންގާފައިވަނީ، 2011ވަނަ އަހަރުއެވެ. މިނިސްޓްރީގެ ފަރާތުން 2020 ވަނަ އަހަރު، މެލޭޝިއާއަށް މީހުން ފޮނުވައިގެން ތަމްރީނު ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ކޮވިޑްގެ ސަބަބުން އެކަން ލަސްވެގެން ދިޔަ ކަމަށާއި، ތަމްރީން ޕްރޮގްރާމަށް ފޮނުވުމަށް މިއަހަރު މީހުން ހޯދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަހަރަކު 20 މީހުން ތަމްރީން ކުރުމަށް ނިންމާފައިވާއިރު، އެއް އަހަރު ފަހުން ގާބިލް 20 މީހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު އެޑިއުކޭޝަން ސިސްޓަމްގެ ތެރޭގައި ދިވެހި 165 ޕްރިންސިޕަލުން އަދި 20 ބޭރު ޕްރިންސިޕްލުން އެބަތިބި ކަމަށާއި، އެކްޓިން ސްކޫލް ހެޑްގެ ގޮތުގައި 28 ދިވެހިން އެބަތިބި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަޑުއްވަރީ ސްކޫލް ޕްރިންސިޕަލަކު ނެތި ކުރިއަށްދާތީ. ޕްރިންސިޕަލް ހަމަޖެހޭނެ ދުވަހެއް އޮޅުން ފިލުވުމަށް މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޕްރިންސިޕަލް ނެތި ކުރިއަށް ދަނީ 15 އޮގަސްޓުގައި ޕްރިންސިޕަލް އިސްތިއުފާ ދިނުމުން ކަމަށެވެ. މީހަކު ހަމަޖެއްސުމަށް ކުރި މަސައްކަތުން ދެ ފަހަރަކު އިއުލާން ކުރުމުންވެސް ޝަރުތު ހަމަވާ މީހަކު ނުލިބުމުން، ތިންވަނަ އިއުލާނާއެކު މިހާރު މީހަކު ލިބިފައިވާ ކަމަށެވެ. އެ ހަމަޖެހުނު ބޭފުޅާ ރާއްޖެ ވަޑައިގަތުމުން އެ ސްކޫލަށް ފޮނުވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބައެއް ރަށްތަކަށް ޕްރިންސިޕަލުން ހޯދަން ދަތިކަމަށާއި، ޕްރިންސިޕަލުން ތަމްރީނު ކުރުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ސިސްޓަމްގައި ތިބި ލީޑިންގ ޓީޗަރުން ފެށިގެން މަތީގެ ޓީޗަރުންނަށް ތަމްރީނު ޕްރޮގްރާމް ތަކެއް ހިންގަމުން އަންނަ ކަމަށެވެ. ވަރަށް ގިނަ ސްކޫލްތަކުގައި މި ޕްރޮގްރާމް ހިންގޭ ކަމަށައި، ތަޖުރިބާ ހޯދުމުގެ ދަތުރުތައްވެސް ކުރިއަށްދާ ކަމަށެވެ.

ވޮޮކޭޝަނަލް އެޑިއުކޭޝަން ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރެވި، ކޮންސެޕްޓް ޕޭޕަރ އެކުލަވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގެ ތެރެއިން ދެ ސަރަހައްދެއްގައި މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވޮކޭޝަނަލް ސެކްޓަރ ގާއިމް ކުރުމަށް ތަކެތި ހޯދަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 9 ހަބް ސްކޫލެއް ގާއިމް ކުރެވިގެންދާނެ ކަމަށާއި، ކޮންމެ ސްކޫލެއް ޚާއްސަ ކުރެވޭނީ ވަކި ނުކުޅެދުންތެރި ކަމަކަށް ކަމަށެވެ. އިންކުލޫސިވް އެޑިއުކޭޝަނަށް މީހުން ތަމްރީން ކުރަމުން އަންނަކަން ފާހަގކުރެއްވިއެވެ. އެެގޮތުން މޮޑެލް ސްކޫލްތަކުގައިވެސް މީހުން ތަމްރީން ކުރުން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މީހުން ރެކްރޫޓް ކުރާއިރު ފެންވަރު ރަނގަޅު މީހުން ގެނައުމަށް މިސަރުކާރުން އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ. ފުރަތަމަ ތިން މަސްދުވަހު ބެލުމަށްފަހު ފެންވަރަށް ބަލައި ފޮނުވާލަން ޖެހޭ ހާލަތުގައި އަނބުރާ ފޮނުވާލާނެ ކަމަށެވެ. މުދައްރިސުންގެ ދަތިކަން އެންމެ ބޮޑަށް އޮތީ ގުރުއާނާއި، ސެކަންޑްރީ ގްރޭޑް ތަކުގައި ކަމަށާއި، ސްކޮލަރޝިޕަށް ހުޅުވާލުމުންވެސް ކުދިން ކުރިމަތި ނުލާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓީޗަރުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް 10 އަހަރަށް ޕްރޮޖެކްޝަނެއް ހެދި، ކުދިން ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މިހާރު ތައުލީމީ ނިޒާމުގައި ތިބީ، 5،807 ދިވެހި ޓީޗަރުންނާއި، 1،708 ބޭރު ޓީޗަރުންގެ އިތުރުން 683 ރިލީފް ޓީޗަރުންނެވެ.

ޑރ. އާއިޝަތު އަލީމިނިސްޓްރީ އޮފް އެޑިއުކޭޝަން ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް