Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބީޗް ވޮލީބޯޅަ ޓުއާ

އެފްއައިވީބީގެ ބީޗް ވޮލީ ޓުއާ އަންނަ އަހަރު ރާއްޖޭގައި

މުބާރާތް އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު 13-16 އަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 06:36
ދާދި ފަހުން ބޭއްވި ގައުމީ ބީޗް ވޮލީ މުބާރާތުގެ ތެރެއިން

ދާދި ފަހުން ބޭއްވި ގައުމީ ބީޗް ވޮލީ މުބާރާތުގެ ތެރެއިން

ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ބީޗް ވޮލީބޯޅަ ޓުއާގެ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދަން ތާވަލުކޮށްފިއެވެ.

މިއީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެފްއައިވީބީގެ ރައީސް އަރީ ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެއްވި ކަމެކެވެ. އެގޮތުން ހޯމަ ދުވަހުގެރޭ އެފްއައިވީބީން އިއުލާންކުރި ކަލަންޑަރުގައިވާ ގޮތުން ބީޗް ވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13-16 އަށް ކުރިއަށްގެންދަން ވަނީ ތާވަލުކޮށްފައެވެ. މިއީ އެފްއައިވީބީން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާނެ ފުރަތަމަ ފަހަރެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ މި މުބާރާތުގައި ވައިލްޑްކާޑް އެންޓްރީއެއްގައި ރާއްޖޭގެ ކުޅުންތެރިންނަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ބީޗް ވޮލީ ޓުއާގައި ފިއުޗާ، ޗެލެންޖާސް އަދި އެލީޓް 16 ގެ ތިން ބައި ކުރިއަށްދާއިރު، ރާއްޖޭގައި ކުރިއަށްދާނީ ޗެލެންޖާސްގެ ބައި ކަމަށްވެސް ރަނޭ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިތުރުން ޗެލެންޖާސް ބައި ދެން ބާއްވާނީ މެކްސިކޯ އާއި، ބްރެޒިލާއި، މިސްރާއި، ޗައިނާ އަދި އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޓުއާގެ މުބާރާތްތައް ދެކުނު އެފްރިކާ އާއި، ޗެކް ރިޕަބްލިކާއި، ލަޓްވިއާ އާއި، ސްވިޓްޒަލެންޑާއި، ޖަރުމަން އަދި ފްރާންސްގައި ކުރިއަށްގެންދިޔުމަށްވެސް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބީޗް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް ޖޫން މަހު އިޓަލީގެ ރޯމުގައި ކުޅެންވެސް ވަނީ ނިންމާފައެވެ.

އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ބީޗް ވޮލީ މުބާރާތެއް ބާއްވާއިރު، އަރީ ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ބީޗް ވޮލީ ކުރިއަރުވަން ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން އެ ދަތުރުފުޅުގެ ތެރެއިން އެފްއައިވީބީއާއެކު ވީއޭއެމުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުރިއަރުވަން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އަދި ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުމުގެ ފެންވަރު މަތިކުރުމާއި، ގްރާސްރޫޓުން ފެށިގެން މަތީ ފެންވަރާ ހަމައަށް ބީޗް ވޮލީބޯޅައިން ކުޅުންތެރިން ތަމްރީނުކުރުމުގެ މަސައްކަތްތަކަށް ކުރިއެރުން ހޯދުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ރާއްޖޭގައި ބީޗް ވޮލީ ފުޅާކުރަން މަސައްކަތްކުރަމުން އަންނައިރު، މީގެ ކުރިން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ ވީއޭއެމުގެ އަމާޒަކީ ލޮސް އެންޖެލެސްގައި 2028 ވަނަ ބާއްވާ އޮލިމްޕިކް ގޭމްސްއަށް ދިވެހިރާއްޖޭގެ ބީޗް ވޮލީ ޓީމެއް ތައްޔާރުކުރުން ކަމަށެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އެފްއައިވީބީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު