Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްގަމު ދަތުރުފަތުރުގެ ގާނޫނު

ގަރާޖެއް ނެތި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ އިސްލާހުގެ ބިލް ބާތިލް ވެއްޖެ

ނުފެންނަ ކަމަށް 43 މެމަބަރުން ވޯޓު ދެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ނޮވެމްބަރު 2021 | ހޯމަ 09:13
ހުޅުމާލޭގެ މަގެއްގައި ވެހިކަލް ޕާކް ކޮށްފައި

ހުޅުމާލޭގެ މަގެއްގައި ވެހިކަލް ޕާކް ކޮށްފައި

ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލް ބާތިލްވެއްޖެއެވެ.

ބިލަށް ވޯޓަށް އެހުމުން ބިލު ފާސްކުރަން ފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 43 މެމަބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ 3 މެމަބަރުން ތިއްބެވިއެވެ. އަނބުރާ ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 4 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ، 40 މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ 2 މެމަބަރުން ތިއްބެވިއެވެ. އެއާއެކު ބިލު ބާތިލް ކަމަށްވަނީ ކަނޑައަޅާފައެވެ.

ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. ކޮމިޓީން ނިންމީ، އެ އިސްލާހު ފާސް ނުކުރުމަށާއި، މިހާރު ޕާކްކުރުމަށް ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކޮށްދިނުމަށާއި، އެކަމުގައި ހުރި މާލީ އުދަގޫތައް ފިލުވައިދިނުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ.

ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ބުނެފައިވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހެޅުން ލާޒިމެއް ނޫން ކަމަށެވެ.

މި އިސްލާހާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޚިޔާލު ވެސް ކޮމިޓީން ވަނީ ހޯދާފައެވެ.

ކޮމިޓީން މީގެކުރިން ވަނީ އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ނިންމާފައެވެ. އެކަމަކު މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ހިމެނޭ ގޮތަށް އެމްޑީޕީގެ ބައެއް މެންބަރުން އެ އިސްލާހަށް ދެކޮޅު ހެއްދެވުމުން އިސްލާހު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިދިޔަ އޭޕްރީލް 29 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލިސްވެހިކަލްޓްރާންސްޕޯޓް މިނިސްޓްރީމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު