Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބާތިލްވެއްޖެ

ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 09:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބާތިލް ވެއްޖެއެވެ.

އެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ނުކުރުމަށް ކޮމިޓީންވަނީ ނިންމާފައެވެ. ބިލަަށް ވޯޓަަށް އެހުމުން ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ، 4 މެމްބަރުންނެވެ. ނުފެންނަ ކަމަށް 36 މެމްބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ 6 މެމަބަރުން ތިއްބެވިއެވެ. ބިލު އިސްލާހު ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފެނޭތޯ ނެތި ވޯޓުގައި، ފެންނަ ކަމަށް ވޯޓު ދެއްވީ، 7 މެމްބަރުންނެވެ. ނުފެންނަ ކަމަށް 33 މެމަބަރުން ވޯޓުދެއްވިއިރު ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ 4 މެމްބަރުން ތިއްބެވިއެވެ. އެހެންކަމުން އެހާ ހިސާބުން ބިލު ބާތިލްވީ ކަމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ބުނެފައިވަނީ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ. އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާގައި ބުނެފައިވަަނީ، އިންތިޚާބީ ދާއިރާގެ ނަން ރަސްމީ ލިޔުންތަކުގައި ލިޔަންވާނީ އެ ދާއިރާއެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަމަށެވެ. ލިޔާއިރު އާބާދީގެ ތަރުތީބުން އެންމެ އާބާދީ ބޮޑު ރަށުގެ ނަން އެންމެ ކުރިއަށް އޮންނަ ގޮތަށް ކަމަށާއި، އާބާދީ ބޮޑުރަށް ފިޔަވައި އެހެން ރަށްތަކުގެ ނަން ލިޔަންވާނީ ބްރެކެޓެއްގައި ކަމަށެވެ. އަދި ދާއިރާގެ ނަން ކިޔުމުގައި އާބާދީ ބޮޑު ރަށުގެ ނަން ކުރިއަށް އަންނަ ގޮތަށް ކަމަށެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ، މި އިސްލާހާ ގުޅުންހުރި އެ ގާނޫނުގެ އެހެން މާއްދާތަކާއި، އަދި މުޅި ގާނޫނުގައި އިންތިޚާބީ ދާއިރާތަކާ ގުޅޭގޮތުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް މުޅިންވެސް އިލެކްޝަންސް ކޮމިޝަނަށް މަތިކޮށްފައިވާކަން، އެ ގާނޫނުގެ މާއްދާތަކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އިސްލާހުގައި ހުށަހެޅިފައިވާ ކަންކަމަކީ އެގާނޫނު އިސްލާހުކުރުމަކާ ނުލައިވެސް އިދާރީގޮތުން ކުރެވިދާނެ ކަމެއްކަމަށް ކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭތީ، ބިލަށް އިސްލާހު ހުށަހެޅިފައިވާ ގޮތަށް އެ ބިލު ފާސްކުރަން ނުފެންނަކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ކޮމިޓީން މިގޮތަށް ނިންމުން ބިނާވެފައިވަނީ، ބައިނަލްއަގުވާމީ އެހެނިހެން ޖުރިސްޑިކްޝަންތަކުގައި މި ބާވަތުގެ އިދާރީ ކަންކަމުގައި އަމަލުކުރަމުން ގެންދާގޮތް ބެލުމަށްފަހުގައެވެ. އެގޮތުން، އިންތިޚާބީ ދާއިރާގެ ނަން ޗެމްބަރުގައި ލިޔެ ބެހެއްޓުމުގައި، އެދާއިރާއަށް ނިސްބަތްވާ ހުރިހާ ރަށްތަކެއް އަވަށްތަކެއް ހިމަނައިގެން ރަސްމީކޮށް ބޭނުންކުރުމަކީ އާންމުގޮތެއްގައި އެއްވެސް ގައުމެއްގައި ކުރަމުން އަންނަ ކަމެއް ނޫންކަމަށާއި، އަދި ޗެމްބަރުގައި މެންބަރުންގެ އެރޭންޖްމެންޓު ނުވަތަ މޭޒުގައި މެންބަރުގެ ނަމާއި ދާއިރާ ފާހަގަކޮށްފައި ނުހުންނަކަމަށާއި، އެގޮތަށް ޗެމްބަރުގައި ބޯޑުތައް ބެހެއްޓިފައި ހުންނަ ގައުމުތަކުގައިވެސް ލިޔެފައި ހުންނަނީ ހަމައެކަނި ނަމާއި އެ މެންބަރަކު ނިސްބަތްވާ ދާއިރާ އެކަނިކަން ކޮމިޓީން ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައިވަނީ ބުނެފައެވެ. އަދި ބައެއް ގައުމުތަކުގައި، އެއްވެސް ނަމެއް ނުވަތަ އެއްވެސް ބޯޑެއް ޗެމްބަރ ގައިބެހެއްޓިފައި ނުވާކަންވެސް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

އެންނަމަވެސް މަޖިލީހުގެ ވެބްސައިޓްގައި ދާއިރާގެ ނަން ހިމެނުމާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއް އެނގޭގޮތަށް، އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރުމުން އިސްލާހު ހުށަހެޅި މަގުސަދު ހާސިލްވާނެ ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު