Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފައިސާ ޗާޕުކުރުމަކީ ހައްލެއްތަ؟

ފައިސާ ޗާޕްކުރުމަކީ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލަކަށްވުރެ ބޮޑަށް، އިގްތިސާދަށް ކުރިމަތި ވެގެންދާނެ ބޮޑު މައްސަލައެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2021 | ހޮނިހިރު 07:12
ފައިސާ ޗާޕްކުރުމުގެ ހުއްދަ ތިންވަނަ ފަހަރަށް ދޭން ވަނީ ނިންމާފައި

ފައިސާ ޗާޕްކުރުމުގެ ހުއްދަ ތިންވަނަ ފަހަރަށް ދޭން ވަނީ ނިންމާފައި

ގައުމެއްގެ އިގްތިސާދީ ހާލަތު އިނދަޖެހިގެންދާ ދަނޑިވަޅުގައި ފައިސާ ޗާޕް ކުރުމަކީ މަޖުބޫރީ ހާލަތްތަކުގައި ގައުމުތަކުން ނިންމާ ނިންމުމެކެވެ. އެހެންނަމަވެސް އެއީ ވަރަށް ނާދިރު ހާލަތްތަކުގައެވެ. ފައިސާ ޗާޕުކުރުމުން އެންމެ ފުރަތަމަ ނުކުންނަ އެންމެ ބޮޑު މައްސަލައަކީ، އިންފްލޭޝަނެވެ. އިގްތިސާދުގައި އެނބުރޭ ފައިސާގެ އަދަދު އިތުރުވެ، އެއާ އެއްވަރަށް އުފެއްދުންތެރިކަން އިތުރުނުވެ، ތަކެތީގެ އަގު އުފުލިގެން ދިއުމެވެ. މަދު ތަކެތި ފަހާ ގިނަ އަދަދެއްގެ ފައިސާއަށް ދުވަން ޖެހުމެވެ. މާޒީއަށް ބަލާއިރު މިއީ ގައުމުތަކުން ކޮށްފައިވާ ހިތި ތަޖުރިބާއެކެވެ.

ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ދުނިޔޭގެ އިގްތިސާދުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ސަބަބަކަށް ވެފައި އޮތީ, ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް އެކަނި އިގުތިސާދުގެ ބޮޑުބައި ބަރޯސާވެފައި އޮތުމެވެ. ދައުލަތަށް އާމްދަނީ އިތުރު ކުރާނެ އައު ވަސީތްލަތްތަކެއް އިޖާދުކޮށްފައި ނެތުމުގެ ނަތީޖާއެވެ. ކޮވިޑަށް ކުރަން ޖެހުނު ޚަރަދުތަކާއެކު ދައުލަތުގެ ޚަރަދުތައް މެނޭޖް ކުރުމާއެކު ވެއްޓުުނު އަނދަވަޅުން އަރައިގަތުމަށް ކުރި މަސައްކަތުގެ ސަބަބުން ދައުލަތުގެ ދަރަނި މިވަނީ އަތް ނުފޯރާ ފަށަށް އަރާފައެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭން މިނސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި، މިއަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނޭ ކަމަށް ލަފާކޮށްފައިވަނީ 94 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 122 އިންސައްތައެވެ. އަދި ކުރިޔަށް އޮތް 2022 ވަނަ އަހަރު ނިމިގެން ދާއިރު ދައުލަތުގެ ދަރަނި 100 ބިލިއަން ފަހަނައަޅާ މަތިވެގެން ދާނެއެވެ.

ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓު އޯވަރޑްރޯ ކުރަން ނުވަތަ ފައިސާ ޗާޕްކުރަން އެދުނު އެއް އަހަރު ދުވަހުގެ ހުއްދަ ދޭން ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ. އެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރީ މި އަހަރުގެ އެޕްރީ މަހުއެވެ. މާލިއްޔަތު ކޮމިޓީން މިވަނީ އަނެއްކާވެސް އެ މުއްދަތު 3 ވަނަ ފަހަރަށް އިތުރު ކުރުމަށް ނިންމައި, ފައިސާ ޗާޕްކުރެވޭނެ ލިމިޓްކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާ ދީފައެވެ.

ފައިސާ ޗާޕުކުރުމަކީ ރާއްޖޭގެ އިގްތިސާދު ނުރައްކާތެރި ހިސާބަކަށް ވެއްޓިގެން ހިނގައިދާނެ ކަމެއް ކަމަށް އގްތިސާދީ މާހިރުން ވިދާޅުވެއެވެ. ސަބަބަކީ ޑޮލަރަށް ޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި ރާއްޖޭގެ އެތެރޭގައި ދިވެހި ފައިސާ އިތުރުވުމެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 17ރ. އިން މަތީގައެވެ. ގުދުރަތީ ވަސީލަތްތައް ނެތް، ސިނާއީ މަސައްކަތްތެރިކަމެއް ނެތް، އަދި އިންސާނީ ވަސީލަތްތަކުގެ ގޮތުންވެސް ބަލިކަށި ގައުމަކަށް ފައިސާ ޗާޕްކުރުމަކީ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލަކަށްވުރެ ބޮޑަށް، އިގްތިސާދަށް ކުރިމަތި ވެގެންދާނެ ބޮޑު މައްސަލައެކެެވެ. 

ކޮވިޑްގެ މިހާލަތާއެކުވެސް ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ހޯދިދާނެ ކަމަށް ކަމުގެ ތަޖުރިބާކާރުން ދެކިވަޑައިގަންނަވައެވެ. ލޯނު ނަގައިގެން ބޮޑެތި މަޝްރޫއުތައް ނުހިންގައި ހަމަ އެކަނި ރިކަރަންޓް ޚަރަދު މެނޭޖް ކުރުމަށް މަސައްކަތްކުރުން އެއީ މައްސަލައެކެވެ. އެހެންނަމަވެސް ފަތުރުވެރިކަން ރަނގަޅުވެ އިގްތިސާދު ސަލާމަތް ކުރެވިދާނެއެވެ. ހަމައެކަނި ފަތުރުވެރިކަމުން ލިބޭއެއްޗަކުން ކައިގެން ބޮއެގެން އުޅުމުގެ ވިސްނުން ދޫކޮށްލަން ޖެހެއެވެ. އައު ވިސްނުމަކުން ނުވިސްނައި ހަމަ އެކަނި ފައިސާ ޗާޕްކޮށްގެން ދައުލަތުގެ ޚަރަދުތައް މެނޭޖްކުރަން ވެއްޖެނަމަ މާދަމާ އޮތީ ވަރަށް ބަނަކޮށެވެ.

އެމްއެމްއޭފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު