Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުގެ ހަމަ އަގު ހޯދުން

މަހުގެ ހަމަ އަގު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ

ހަމަ އަގު ހޯދުމަށް އެންމެ މުހިންމު ކަމަކީ ކޮލިޓީ ރަނގަޅު ކުރުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2021 | ހުކުރު 18:01
ފިޝަރީޒް މިނިސްޓަރ ހުސައިން ރަޝީދު ހަސަން

ފިޝަރީޒް މިނިސްޓަރ ހުސައިން ރަޝީދު ހަސަން

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، މަހަށް ހަމަ އަގު ހޯދަން ބޭނުން ނަމަ އެންމެ އިސްކަމެއް ދޭން ޖެހޭނީ މަހުގެ ކޮލިޓީ ރަނގަޅު ކުރުމަށް ކަމަށެވެ. ސަބަބަކީ ބޮޑު އަގުގައި ބޭރު ގައުމުތަކަށް މަސް ވިއްކޭނީ، ރަނގަޅު ކޮލިޓީގައި، މަސްވެރިން ބާނާ މަސް ކުންފުނިތަކާ ހަމައަށް ވާސިލުވެގެން ކަމަށް ވާތީއެވެ.

Advertisement - newsAdvertisement

މިހާރު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ބައެއް ދޯނި ފަހަރުން މަސް ބޭނުމަށްފަހު ނަގާ ތައްޓު މަތީގައި ބޭއްވުމުގެ ތެރޭގައި މަސްގަނަޑަށް އަނިޔާވެފައި ހުރެއެވެ. މީގެ އިތުރުން މަސް އައިސް ކުރަން ނުލައި މާގިނައިރު އަވީގައި ބެއްވުމުގެ ސަބަބުން މަސް ހޫނުވެ އަވަހަށް ކުނިވުމަށް މެދުވެރިވެއެވެ. މިނިސްޓަރ ވިދާޅުވީ މަހުގެ ހަމައަގު ހޯދަން ބޭނުންނަމަ ފަރުވާތެރިކަމާއެކު މިކަންތައްތައް ރަނގަޅަށް ބެލެހެއްޓުމަކީ މަސްވެރިން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތައްކަމަށެވެ.

މީގެ އިތުރުން ދަތުރު މަތީގައި މަސް ފިނިކޮށްފައި ބެހެއްޓުމަށް ބޭނުންވާ އައިސް ލިބުމުގައި މަސްވެރިންނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެެ. އެގޮތުން، ބޭނުންވާ ވަގުތު އެކަށީގެންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 13 ރަށެއްގައި އައިސް ޕްލާންޓު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން މިހާރު އައިސް ލިބެން ހުންނަ ވަރަށްވުރެ 400 ޓަނުގެ ކެޕޭސިޓީ އިތުރުވެންދާނެއެވެ.

މަސްވެރިން ބާނާ މަސް ކިރުމަށްފަހު ފައިސާ ނުލިބުމުގެ މައްސަލަ މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. ނަމަވެސް މިހާރު ވަނީ އެމައްސަލަ ހައްލު ކުރެވިފައެވެ. މީގެ އިތުރުން މަސް ކިރުމަށްފަހު މީގެ ކުރިން ފައިސާ އަތަށް ދެމުން އައި އުސޫލު ބަދަލުކޮށް، މިހާރު ވަނީ އޮޑިވެރިޔާގެ އެކައުންޓަށް ފައިސާ ޖަމާ ކުރެވޭނެ ނިޒާމެއް ގާއިމު ކޮށްފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު