Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޮޕް ޓެން ޖަލްސާ

"ފަސްޓް ލޭންގުއޭޖް އިންގްލިޝް ޕޭޕަރުގައި އިށީންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުން މުހިންމު"

19 ނޮވެމްބަރު 2021 | ހުކުރު 05:25

ދަރިވަރުންގެ ގާބިލުކަން އެކަމުން ދައްކުވައިދޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 ނޮވެމްބަރު 2021 | ހުކުރު 05:25
ޓޮޕް ޓެން ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވާހަކަދައްކަވަނީ

ޓޮޕް ޓެން ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވާހަކަދައްކަވަނީ

ފުރަތަމަ ބަހަކީ އިނގިރޭސި ބަސް ކަމުގައި ދެކިގެން، ފަސްޓް ލޭންގުއޭޖް އިންގްލިޝް ޕޭޕަރުގައި އިށީންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުން މުހިންމުކަމަށް ގަބޫލުކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، 2019 ވަނަ އަހަރު ގްރޭޑް 10ގެ ދަރިވަރުން ހާސިލްކުރި ކާމިޔާބީތައް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި "ޓޮޕް ޓެން" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ އިނގިރޭސި ކިޔަވައިދެމުން އައިއިރު ރާއްޖޭގެ ދަރިވަރުން އިށީންނަމުން އައީ އިނގިރޭސިވިލާތުގެ ފަސްޓް ލޭންގުއޭޖް އިންގްލިޝް ޕޭޕަރުގައި ކަމަށެވެ. ގިނަ އަހަރުތަކަކަށް މިގޮތަށް ކުރިއަށްގޮސް މިހާރު ދިވެހި ދަރިވަރުން އިށީންނަމުން ދަނީ ސެކަންޑް ލޭންގުއޭޖް އިންގްލިޝް ޕޭޕަރުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރުވެސް ފަސްޓް ލޭންގުއޭޖް އިންގްލިޝް ޕޭޕަރުގައި އިށީންނަން ބޭނުންވާ ދަރިވަރުންނަށް އެކަން ފަހިކޮށްދިނުން މުހިންމު ކަމުގައި ދެކިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ފުރުސަތު ފަހިކޮށްދިނުމަކީ ދަރިވަރުންގެ ގާބިލުކަން ދައްކުވައިދޭނެ ކަމެއް ކަމަށާއި، މިއީ ތޫނުފިލި ކުދިންގެ ކިބައިން ކުރެވޭނެ އުންމީދުތައް މަތިކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ، ދަރިވަރުންނާމެދު މައިންބަފައިންނާއި މުދައްރިސުން ކުރާ އުންމީދަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

ދަރިވަރުންނަށް ކަންކަން ވާނެކަން މުދައްރިސުންނާއި ބެލެނިވެރިން ގަބޫލުކޮށް އެކަން އެ ކުދިންނަށް ދައްކާނަމަ، އެމީހުންގެ އުންމީދާ ހަމައަށް ވާސިލްވެވޭތޯ ދަރިވަރުން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުއްޖަކު ކިޔެވުމަށް ދެރަވާނެކަމަށް ގަބޫލުކުރާނަމަ ތޫނުފިލި ކުދިންވެސް ނެރޭނީ ދެރަ ނަތީޖާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ދަރިވަރުންނާމެދު މުޅި މުޖުތަމައުން ކުރާ އުންމީދުތަކާއި ދެކޭ ގޮތްވެސް މަތިކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ޖީސީއީ އޯލެވެލްއާއި އެސްއެސްސީ އިމްތިހާނުގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން 419 ދަރިވަރަކު ގަދަ 10ގައި ހިމެނިފައި ވާއިރު، އޭގެ ތެރެއިން 28 ދަރިވަރަކު ގައުމީ ގަދަ 10ގެ އެއްވަނައިގައި ހިމެނުނެވެ. މީގެ އިތުރުން ދުނިޔޭގެ އެއްވަނައިގައި ފަސް ދަރިވަރުން ހިމެނުނު އިރު، ޖުމްލަ 42 ދަރިވަރަކު ދުނިޔޭގެ އެކި ވަނަތަކުގައި ހިމެނުނެވެ. އަދި "ހައި އެޗީވްމަންޓް އެވޯޑް" 11 ދަރިވަރަކު ހާސިލްކުރިއެވެ. އަދި ފަސް ދަރިވަރަކު ވަނީ ދުނިޔޭގެ އެއްވަނަ ހޯދާފައެވެ.

ޑރ. އާއިޝަތު އަލީގަދަ 10މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް