Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ދެކުނު އެމެރިކާ ކޮލިފައިން

ވޯލްޑް ކަޕުގެ ޖާގައެއް އާޖެންޓީނާއަށް

17 ނޮވެމްބަރު 2021 | ބުދަ 04:58

މީގެ ކުރިން ބްރެޒިލް ވަނީ ވޯލްޑް ކަޕުގެ ޖާގައެއް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ނޮވެމްބަރު 2021 | ބުދަ 04:58
އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން

އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ބުދަ ދުވަހުގެ ފަތިހު ކުޅުނު މެޗުން ބްރެޒިލާ އެއްވަރުކޮށް އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ޖާގައެއް އާޖެންޓީނާއިން ކަށަވަރުކޮށްފިއެވެ.

އާޖެންޓީނާ އަކީ ދެކުނު އެމެރިކާ ބައްރުން ވޯލްޑް ކަޕަށް ކޮލިފައިވި ދެވަނަ ޓީމެވެ. އެގޮތުން މީގެ ކުރިން ބްރެޒިލުން ވަނީ އެ މުބާރާތުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ކޮލިފައިންގައި ބުދަ ދުވަހުގެ ފަތިހު އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރިއިރު، މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، މި ފަހަރުގެ ކޮލިފައިންގައި މި ދެ ޓީމު އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ.

އާޖެންޓީނާގައި ކުޅުނު މެޗުގައި ލަނޑެއް ޖަހަން ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ ކުރީކޮޅު ބްރެޒިލުގެ ވިނީޝިއުސް ޖޫނިއާއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށް އޭރިއާ ބޭރުން އާޖެންޓީނާގެ ރޮޑްރިގޯ ޑެ ޕޯލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބްރެޒިލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ދިފާއުކޮށްފައެވެ.

އަދި މި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލުގެ ފްރެޑް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، މެޗު ނިމެން ގާތް ވެފައި ވަނިކޮށް އޭރިއާ ބޭރުން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާއެއްވެސް ބްރެޒިލުގެ ގޯލްކީޕަރު އެލިސަން ވަނީ ހުއްޓުވާފައެވެ.

މި ނަތީޖާއާއެކު އާޖެންޓީނާއަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުވީ ބުދަ ދުވަހުގެ ފަތިހު ކުޅުނު މެޗުން ޗިލީ އަތުން 2-0 ގެ ނަތީޖާއަކުން އެކުއެޑޯ މޮޅުވުމުންނެވެ.

ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕުގެ ޖާގަ ލިބޭއިރު، ކޮލިފައިންގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު 13 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާޖެންޓީނާއަށް 13 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެކުއެޑޯ އަށް 14 މެޗުން ވަނީ 23 ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި ކޮލަމްބިއާ އޮތީ 14 މެޗުން 17 ޕޮއިންޓާއެކުއެވެ.

ވޯލްޑް ކަޕް ކޮލިފައިން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
22 ނޮވެމްބަރު 2023

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް
21 ނޮވެމްބަރު 2023

ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ

21 ނޮވެމްބަރު 2023
ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ
13 އޮކްޓޯބަރު 2023

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
13 އޮކްޓޯބަރު 2023

ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ

13 އޮކްޓޯބަރު 2023
ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް