Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

ނޯވޭ ބަލިކޮށް ނެދަލެންޑްސް ވޯލްޑް ކަޕަށް

17 ނޮވެމްބަރު 2021 | ބުދަ 04:29

ޖުމްލަ 13 ގައުމެއް ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ނޮވެމްބަރު 2021 | ބުދަ 04:29
ނެދަލެންޑްސް އާއި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން

ނެދަލެންޑްސް އާއި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ނޯވޭ ބަލިކޮށް އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިވެއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް ޖީގައި ހިމެނޭ ނެދަލެންޑްސްއިން ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ނޯވޭ އަތުން 2-0 ނަތީޖާއަކުން މޮޅުވެގެންނެވެ.

ނެދަލެންޑްސްގައި ކުޅުނު މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ނެދަލެންޑްސްއިން ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފަހު ވަގުތުގައެވެ. އެގޮތުން މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ނެދަލެންޑްސްއިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީސްޓީވެން ބާގްވެއިނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ.

މި މޮޅާއެކު ގްރޫޕް ޖީގެ އެއްވަނަ ނެދަލެންޑްސްއިން ހޯދީ ކުޅުނު 10 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނަ ލިބުނީ 10 މެޗުން 21 ޕޮއިންޓް ހަމަކުރި ތުރުކީއަށެވެ. އެއާއެކު ތުރުކީ ވާދަކުރާނީ ޕްލޭއޮފް ބުރުގައެވެ. އަދި ނެދަލެންޑްސް އަތުން ބަލިވި ނޯވޭ ވަނީ ވޯލްޑް ކަޕަށް ކޮލިފައިނުވެ ކަޓާފައެވެ. އެ ޓީމު ތިންވަނައިގައި އޮތީ 10 މެޗުން 18 ޕޮއިންޓާއެކުއެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ޖާގައެއް ނެދަލެންޑްސްއިން ހޯދިއިރު، އެ ގައުމުން އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ ބްރެޒިލުގައި 2014 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ. އޭރު ނެދަލެންޑްސްގެ ކޯޗަކަށް ހުރީ މިހާރުވެސް އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ލުއީ ވެން ހާލެވެ. އޭނާ ވަނީ އެ ފަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ނެދަލެންޑްސް ގެންގޮސްދީ، އެ މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

އެކަމަކު އެ މުބާރާތަށްފަހު ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަން ދޫކޮށްލިއިރު، އޭނާ އަލުން ނެދަލެންޑްސްއާ ހަވާލުވީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. އަން އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް ނެދަލެންޑްސްގެ ކޯޗުގެ މަގާމާ ވެން ހާލް ހަވާލުވިއިރު، މިއީ ނެދަލެންޑްސްގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވި ތިންވަނަ ފަހަރެވެ.

ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިވިއިރު، މިހާތަނަށް ޖުމްލަ 13 ގައުމެއް ވަނީ މި މުބާރާތަށް ކޮލިފައިވެފައެވެ. އޭގެ ތެރެއިން 10 ގައުމަކީ ޔޫރަޕުގެ ގައުމުތަކެވެ.

ވޯލްޑް ކަޕް ކޮލިފައިން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
22 ނޮވެމްބަރު 2023

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް
21 ނޮވެމްބަރު 2023

ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ

21 ނޮވެމްބަރު 2023
ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ
13 އޮކްޓޯބަރު 2023

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
13 އޮކްޓޯބަރު 2023

ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ

13 އޮކްޓޯބަރު 2023
ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް