Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ރިސޯޓުތައް ތަރައްގީ ކުރުމަށްޓަކައި އިންވެސްޓަރުން ހޯދުމަށް ފޯރަމެއް ބާއްވަނީ: މައުސޫމް

އިންވެސްޓަރުން ހޯދުމުގެ ފޯރަމް ބާއްވާނީ ދުބާއީގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 16 ނޮވެމްބަރު 2021 | އަންގާރަ 10:46
ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ކަނޑިންމަ ރިސޯޓް

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ކަނޑިންމަ ރިސޯޓް

ރިސޯޓު ހެދުމަށް އެކި ފަރާތްތަކަށް ދެވިފައިވާ ރަށްތަކުގެ ތެރެއިން ރިސޯޓު ނުހަދައި ހުރި ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދުމުގެ ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރިސޯޓުތައް ތަރައްގީ ކުރުމަށް ފައިސާ ހޯދަން ވޯލްޑް ބޭންކާއި މަޝްވަރާ ކުރެއްވި ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރ މައުސޫމް ވިދާޅުވީ ވޯލްޑް ބޭންކުން ފަންޑު ލިބިއްޖެނަމަ އެބޭނުން ކުރާނީ މުޅި ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ. އެގޮތުން ސިނާއަތުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމަށް ޖުމްލަ 108 ފަރާތަކަށް ވަނީ އެކި ރަށްތައް ދޫކުރެވިފައެވެ. މި ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން ޚާއްސަ ފޯރަމެއް މިއަންނަ މަހު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިރަށްތަކުގެ ތެރެއިން އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރައްވާނީ ވަކި ޝަރުތުތަކެއް ހަމަވާ ރިސޯޓުތަކަށް އެކަނި ކަމަށެވެ. އަދި ޝަރުތުތައް ވަރަށް އަވަހަށް ކަނޑައަޅާ އެކަން އަންގާނެ ކަމަށެވެ.

މިއީ ރަށްތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މާލީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. މިފޯރަމުގެ ސަބަބުން ރަނގަޅު އިންޓަރެސްޓް ރޭޓުތަކަކާއެކު ފަންޑު ހަމަޖެހިގެން ދާނެކަމަށް ބެލެވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަކުރާ ގިނަ ގައުމުތަކެއްގެ ބޯޑަރު އަދިވެސް މުޅިން ހުޅުވާލާފައި ނުވާތީ، ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެހެންކަމުން ގިނަ ފްލައިޓްތަކެއް އެއްފަހަރާ ޖެއްސޭނެ އަދި ޚިދުމަތް ދެވޭނެ ގޮތް ހެދުމަށް ދާދި ފަހުން ވަނީ ވެލާނާ އެއަރޕޯޓުގެ އައު އެޕްރޯން މުޅިން ހުޅުވާލާފައެވެ. މިއާއެކު ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ގިނަވެ އެނދުތައް ފުރިގެންދާނެ ކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްރިސޯޓު

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2025

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
10 ޖުލައި 2025

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު