Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވެން ޑަ ބީކް ޔުނައިޓެޑް ދޫކޮށްލުން

ޖެނުއަރީ މަހު ވެން ޑަ ބީކް ޔުނައިޓެޑް ދޫކޮށްލަނީ

އޭނާއަށް ޔުނައިޓެޑުގައި މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2021 | ހޯމަ 14:48
ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ވެން ޑަ ބީކް

ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ވެން ޑަ ބީކް

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 35 މިލިޔަން ޕައުންޑުގެ އަގަކަށެވެ. އަދި އޭނާ ވަނީ ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް ވެން ޑަ ބީކް ޔުނައިޓެޑުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.

މީގެ ކުރިން އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކި ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވި ނަމަވެސް، ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން އޭނާއަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށ ޔުނައިޓެޑަށް ކުޅެދިން 41 މެޗުގައި ވެން ޑަ ބީކަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑް ދޫކޮށްލަން ވެން ޑަ ބީކް ވަނީ ނިންމާފައެވެ. އަދި އޭނާ ބަދަލުވާން ބޭނުންވަނީ ސްޕެއިން ނުވަތަ އިޓަލީގެ ކުލަބަކަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ވެން ޑަ ބީކަކީ ނިއުކާސަލުން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން ޖެނުއަރީ މަހު ވެން ޑަ ބީކް ގަތުމަށް ނިއުކާސަލުން ބިޑުކުރާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޔުނައިޓެޑް ދޫކޮށްލަން ވެން ޑަ ބީކް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޔުނައިޓެޑުގައި ވެން ޑަ ބީކް ހުރީ އުފަލުން ނޫންކަމަށް ބުނެފައެވެ. އެގޮތުން ގިނަ މެޗުތަކެއް ކުޅެން ވެން ޑަ ބީކުވެސް ބޭނުންވާނެ ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި ވެން ޑަ ބީކަށް އެ ޓީމުގައި ފުރުސަތު އޮންނާނެ ކަމަށްވެސް ސޯލްޝެއާ ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އަޔަކްސް ދޫކޮށް ޔުނައިޓެޑަށް ވެން ޑަ ބީކް ބަދަލުވިއިރު، މީގެ ކުރިން އޭނާ ހޯދުމަށް ރެއާލް މެޑްރިޑާއި ބާސެލޯނާއިންވެސް ވަނީ މަސައްކަތްކޮށްފައެވެ.

ޔުނައިޓެޑުގައި ވެން ޑަ ބީކަށް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މީގެ ކުރިން އޭނާ ވަނީ އަޔަކްސްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެން ޑަ ބީކަކީ އަޔަކްސްއިން 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި އަޔަކްސްއަށް ކުޅެދިން 175 މެޗު 41 ލަނޑު ކާމިޔާބުކޮށްފައިވާ ވެން ޑަ ބީކް ވަނީ އެ ޓީމާއެކު 2018-2019 ވަނަ އަހަރުގެ ނެދަލެންޑްސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޑޮނީ ވެން ޑަ ބީކްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު