Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓިއުބްލައިޓް

"ޓިއުބްލައިޓް"ގެ ޓްރެއިލާ އާންމު ކުރުމާއެކު އެފިލްމަށް ތައުރީފުކުރާ މީހުން ގިނަވެއްޖެ

މި ފިލްމްގައި ސަލްމާން ޚާނާ އެކު ފެނިގެން ދަނީ ޗައިނީޒް އެކްޓްރެސް ޒޫ ޒޫ އަދި ސޮހައިލް ޚާން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 މެއި 2017 | ހޮނިހިރު 06:38
ޓިއުބްލައިޓުގެ ޕޯސްޓަރެއް

ޓިއުބްލައިޓުގެ ޕޯސްޓަރެއް

ސަލްމާންޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ބުރާސްފަތިދުވަހުގައި އާންމު ކުރުމާއެކު އެފިލްމަކީ ވެސް ވަރަށް ރީތިވާނެ ފިލްމެއް ކަމަށާއި އެފިލްމު ބަލަން ކެތްމަދުވެފައި ތިބި ކަމަށް ބުނެ ތައުރީފު ކުރާމީހުން އިތުރުވެއްޖެއެވެ.

އާންމުންގެ ތަރުހީބާ އެކު "ޓިއުބްލައިޓަކީ" ބޮލީވުޑްގައި ވަރަށް ކާމިޔާބު ވާނޭ ފިލްމެއް ކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ.

މިއަންނަ ކުޑައީރުގައި "ޓިއުބްލައިޓް" އަޅުވަން ހަމަޖެހިފައިވާއިރު ޓްރެއިލާއިން ފެނިގެންދަނީ ލަކްޝްމަން ސިންގް ނުވަތަ ޓިއުބްލައިޓް (ސަލްމާން) އޭނާގެ ބޭބެ ކަމަށްވާ ބާރަތު (ސޮހެއިލް) އިންޑޯ-ޗައިނާ ބޯޑަރުގައި ހަނގުރާމަކުރަން ގޮސް އަނބުރާ ނައުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރާ މަންޒަރެވެ. އަދި ސަލްމާނަށް އޭނާގެ ބޭބެ ހޯދަން އުޅުމުގެ ތެރޭގައި ހާއްސަ އާދަޔާހިލާފު ބާރެއް ލިބިފައިވާކަން އެނގެއެވެ.

ޓްރެއިލާގައި ފިލްމުގެ މަންޒަރުތައް ނަގަމުން ދަނިކޮށް ކުއްލިއަކަށް މަަރުވި ކުރީގެ މަޝްހޫރު އެކްޓަރު އޯމް ޕޫރީ ވެސްް ޓްރެއިލާގައި ފެނިގެންދެ އެވެ. ޕޫރީ މަރުވެފައިވަނީ ކާޑިއެކް އެރެސްޓެއްގެ ސަބަބުންނެވެ. ސަލްމާން މި ޓްރެއިލާ ނެރުމުގެ ހަފްލާގައި ބުނެފައި ވަނީ މި ޓްރެއިލާ ބަލާ ކޮންމެ ފަހަރަކު އޯމް ޕޫރީ ފެނުމުން ވަރަށް ދެރަވާ ކަމަށާއި ޕޫރީއަކީ އޭނާއާ ވަރަށް ގާތް މީހެއް ކަމަށެވެ.

"ޓިއުބްލައިޓް" އަކީ ހިމާލިޔާ ބޯޑަރާ ހެދި އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 އަހަރު ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާއި ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި

18 އެޕްރީލު 2017
"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި
11 އެޕްރީލު 2017

"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި

11 އެޕްރީލު 2017
"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
03 އެޕްރީލު 2017

ސީޒަންގެ ކައުޝީގެ ޓްރެއިލާ ނެރެފި

03 އެޕްރީލު 2017
ސީޒަންގެ ކައުޝީގެ ޓްރެއިލާ  ނެރެފި
03 އެޕްރީލު 2017

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު